[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ، د 12 – އިސްލާމްދީން )

thauheedh 5

ދެވަނަ އަޞްލު: ދަލީލުތަކާ އެކު އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުން

އެއީ ތައުޙީދާއެކު ﷲއަށް ކިޔަމަންތެރިވުމާއި، އެއިލާހަށް ބޯލަނބައި ކިޔަމަން ގަތުމުގައި ގަދައަޅައި މަސައްކަތްކުރުމާއި، ޝިރުކާއި އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.

މީގެ ތިން ހަރުފަތެއް ވެއެވެ. އެއީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމެވެ.

އަދި މިއިން ކޮންމެ ހަރުފަތެއްގައި ރުކުންތަކެއް ވެއެވެ.

ފިލާވަޅުގެ އިރުޝާދުތައް

* މީސްތަކުން ތަބާވާ ދީންތައް ވަރަށްވެސް ގިނައެވެ. ނަމަވެސް ޙައްޤު ދީނަކީ އެންމެ ދީނެކެވެ. އެއީ އިސްލާމްދީނެވެ. އެހެން ދީންތަކަކީ ބާޠިލުދީންތަކެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [آل عمران، الآية: ٨٥]

މާނައީ: “އަދި ދީނެއްކަމުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ، އޭނާގެ ކިބައިން އެކަން ޤަބޫލުނުވެވޭ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާނީ ގެއްލިހަލާކުވެގެންވާ މީހުންގެ ތެރެއިންނެވެ.”

* އަހަރުމެން އިސްލާމްދީން ދެނެގަންނަނީ ކީރިތި ޤުރުއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކުންނެވެ.

* އެންމެހާ ޢާލަމްތަކުގެ މައްޗަށް (އެބަހީ: އިންސީންނާއި ޖިންނީންގެ މައްޗަށް) ވާޖިބުވެގެންވަނީ އިސްލާމްދީނަށް ވަދެ އެހެނިހެން ދީންތައް ދޫކޮށްލުމެވެ. ނޫންނަމަ އެމީހެއް ދާންހުރި ތަނަކީ ނަރަކައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَا يَسْمَعُ بِي أَحَدٌ مِنْ هَذِهِ الْأُمَّةِ يَهُودِيٌّ، وَلَا نَصْرَانِيٌّ، ثُمَّ يَمُوتُ وَلَمْ يُؤْمِنْ بِالَّذِي أُرْسِلْتُ بِهِ، إِلَّا كَانَ مِنْ أَصْحَابِ النَّارِ)) [رواه مسلم ١٥٣]

މާނައީ: “އެފަރާތެއްގެ އަތްޕުޅުގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ފަރާތް ގަންދީ ޙަދީޘްކުރައްވަމެވެ. މި އުންމަތުގެ އެއްވެސް މީހަކު، އެއީ ޔަހޫދީއެއް ކަމުގައިވިޔަސް އަދި ނަޞާރާއެއް ކަމުގައިވިޔަސް، ތިމަންކަލޭގެފާނުގެ ޚަބަރު އިވި(އެބަހީ: ރިސާލަތު ފޯރާ)، އެއައިގެން ތިމަންކަލޭގެފާނު ފޮނުއްވުނު އެއްޗަށް (އެބަހީ: އިސްލާމްދީނަށް) އީމާންނުވެ މަރުވެއްޖިއްޔާ، އެމީހަކު ވާހުށީ ނަރަކައިގެ އަހުލުވެރިންގެ ތެރެއިންނެވެ.”

* މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމަކީ ވާޖިބެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ) [ سورة النحل ١٢٥]

މާނައީ: “ޙިކުމަތާއި، ރިވެތި ވަޢުޡާއެކު، ކަލޭގެފާނުގެ ވެރިރައްބުގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! “

ސުވާލުތައް

  1. ޙައްޤުދީނަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
  2. ދީނުގެ ހަރުފަތްތައް ބަޔާންކުރާށެވެ.
  3. އަންނަނިވި ހުސްތަންތަން ފުރާށެވެ.

އެއީ ތައުޙީދާއެކު ﷲއަށް ކިޔަމަންތެރިވުމާއި، އެއިލާހަށް ބޯލަނބައި ކިޔަމަން ގަތުމުގައި _____________________، ____________________ ބަރީއަވުމެވެ.

  1. (އާނއެކެވެ.) ނުވަތަ (ނޫނެކެވެ.) ބޭނުންކޮށްގެން ޖަވާބުދޭށެވެ.

– ސުވަރުގެއަށް ވާސިލުވުމުގެ މަގަކީ އިސްލާމްދީނެވެ. (          )

– އެހެން ދީންތައް އޭގެ އަހުލުވެރިން ހަލާކުގެ ތެރެއަށް ވައްޓާލާނެއެވެ. (          )

– އިސްލާމްދީން ދެނެގަނެވޭނީ ޤުރުއާނާއި ސުންނަތުންނެވެ. (           )

_____________________________

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް