[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 2 – މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުން )

thauheedh 5

ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާކަމުގައި ހެކިވުމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ﴾([1])

މާނައީ: “ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިކަން ކަށަވަރެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ.”

އަދި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާކަމުގައި ހެކިވުމުގެ މާނައަކީ އެކަލޭގެފާނު ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެކަލޭގެފާނު ދެއްވާފައިވާ ޚަބަރުތައް ތެދުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމާއި، ޝަރުޢުކުރައްވާފައިވާ ގޮތަށް މެނުވީ ﷲ އަށް އަޅުކަން ނުކުރުމެވެ.

ފިލާވަޅުގެ އިރުޝާދުތައް

* މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

– ﷲ ތަޢާލާ، އެކަލޭގެފާނު ފޮނުއްވީ އެންމެހާ މީސްތަކުންގެ ގާތަށް ޙައްޤުދީނާއިގެންކަމަށް އީމާންވުން.

– އެކަލޭގެފާނު ގެނެސްދެއްވި އެންމެހާ ޚަބަރެއް ތެދުކުރުން. އެއީ ﷲ ތަޢާލާއާއި މަލާއިކަތުންނާއި ނަބީބޭކަލުންނާއި އާޚިރަތްދުވަހާ އަދި މީނޫނަސް ޚަބަރުތައް ތެދުކުރުމެވެ.

– އެކަލޭގެފާނުގެ ޝަރީޢަތަށް ފުރިހަމައަށް ތަބާވުން.

– ދީނަށް އުނިއިތުރު ގެނެސް، ބިދުޢަތައް ހެދުމުން ދުރުހެލިވުން.

ސުވާލުތައް

  1. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގައި ހިމެނެނީ ކޮން ކަންތައްތަކެއް ހެއްޔެވެ؟
  2. އަންނަނިވި ހުސްތަންތަން ފުރާށެވެ.

ފޮނުއްވީ – މީސްތަކުންގެ – ތެދުކުރުމެވެ – ﷲ – ނަބީބޭކަލުންނާއި

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގައި ހިމެނިގެންވާ ކަންތައްތަކުގެ ތެރޭގައި: ﷲ ތަޢާލާ، އެކަލޭގެފާނު _____________ އެންމެހާ _____________  ގާތަށް ޙައްޤުދީނާއިގެންކަމަށް އީމާންވުން ހިމެނެއެވެ. އަދި މިއީމާންކަމުން ލާޒިމުވަނީ އެކަލޭގެފާނު ގެނެސްދެއްވި އެންމެހާ ޚަބަރެއް ___________________ . އެއީ ________ ތަޢާލާއާއި މަލާއިކަތުންނާއި _________________ އާޚިރަތްދުވަހާ ބެހޭގޮތުން އަދި މީނޫނަސް އެކަލޭގެފާނު ގެނެސްދެއްވި ޚަބަރުތަކެވެ.

______________________

([1]) [التوبة: ١٢٨]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް