[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 34

17760

4.ރަސޫލު ﷲ صلى الله عليه وسلم ގެ މައްޗަށް ދޮގު ހެދުން:

އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

(من كذَبَ عليَّ متعمِّدًا فلْيتبوأْ مقعدَه من النار)1

މާނައީ: “ތިމަން ކަލޭގެފާނުގެ މައްޗަށް ގަސްތުގައި ދޮގު ހަދައިފި މީހާ އޭނާގެ ޖާގަ ނަރަކައިން ހޯދައިފިއެވެ.”

އަދިވެސް އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

(إن كذبا علي ليس ككذب على أحد فمن كذب علي متعمدا فليتبوأ مقعده من النار)2

މާނައީ: “ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ މައްޗަށް ދޮގުހެދުމަކީ ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ މައްޗަށް ދޮގުހެދުން ކަހަލަ ކަމެއް ނޫނެވެ. ތިމަން ކަލޭގެފާނުގެ މައްޗަށް ގަސްތުގައި ދޮގު ހަދައިފި މީހާ އޭނާގެ ޖާގަ ނަރަކައިން ހޯދައިފިއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

(لا تكذِبوا عليَّ فإنه من يكذبْ عليَّ يلِجِ النَّارَ)3

މާނައީ: “ތިޔަބައިމީހުން ތިމަން ކަލޭގެފާނުގެ މައްޗަށް ދޮގު ނަހަދާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް ދޮގު ހަދައިފިމީހާ ނަރަކަޔަށް ވަންނާނެތެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

(من تَقَوَّل علَيَّ ما لم أقُلْ، فَلْيَتَبَوَّأْ مقعدَه مِنَ النَّارِ)4

މާނައީ: ތިމަންކަލޭގެފާނު ނުބުނާ ބަހެއް ތިމަންކަލޭގެފާނުގެ މައްޗަށް ބުނެ ދޮގު ހަދައިފިމީހާ އޭނާގެ ޖާގަ ނަރަކައިން ހޯދައިފިއެވެ.”

 =ނުނިމޭ=

 މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                                                                                      

[1] رواه البخاري

[2] رواه البخاري و مسلم

[3] رواه البخاري و مسلم

[4] رواه البخاري