ނިފާޤުގެ ތަޢުރީފް
ޢަރަބިބަހުގައި ނިފާޤް
ބަހުގެ ގޮތުން ބަލާއިރު (نفق) މިބަހުން ޞައްޙަ ދެ އަޞްލެއް (މާނައެއް) ޢަރަބި ބަހުގައި ނެގެއެވެ. އެއިން ދަލީލުކޮށްދޭ އެއް މާނައަކީ އެއްޗެއް މެދުކެނޑި އަދި ފިލައި ދިޔުމަށެވެ. އަނެއް މާނައަކީ އެއްޗެއް ފޮރުވި އަދި ވަންހަނާވުމެވެ.
އެގޮތުން މިބަސް ނެގިފައިވަނީ النفق އިންނެވެ. އޭގެ މާނައަކީ ބިމުގެ އަޑީގައި ފޮރުވިފައިހުންނަ ހޮރެވެ. އަދި ނިފާޤަށް ނިފާޤް ކިޔެނީވެސް އެހެންވެގެންނެވެ. މުނާފިޤުމީހާ އޭނާގެ ކުފުރު ފޮރުވައިފައިވާތީއެވެ.
ހަމައެހެންމެ ނިފާޤުގެ ސާފު ޝަރުޢީ އިޞްތިލާޙެއް ޢަރަބީންގެ ތެރޭގައި ޚާއްޞަ މާނައެއްގައި ބޭނުންކުރެވިފައެއް ނުވެއެވެ. އެއީ އޭގެ އަޞްލު މާނަ ޢަރަބި ބަހުގައި އެނގިގެންވާ އެއްޗަކަށް ވީމަކަމުގައި ވެދާނެއެވެ.
ޝަރުޢީގޮތުން ނިފާޤް
ހެޔޮކަންކަން ފާޅުކޮށް އަދި ނުބައިކަންކަން ސިއްރުކުރުމެވެ.
އިބުން ޖުރައިޖުގެ ކިބައިން ނަޤްލުކުރެވިފައިވާ ބަސްފުޅެއްގައި ވެއެވެ. “މުނާފިޤުންގެ ބަހާއި އަމަލާއި ދިމާނުވާނެއެވެ. އަދި ސިއްރާއި ފާޅުވެސް މެއެވެ. އަދި ވަންނަތަނާއި ނުކުންނަތަންވެސް މެއެވެ. އަދި ފެންނަން ހުންނަ ކަންކަމާއި ފޮރުވިފައިވާ ހުންނަ ކަންކަންވެސް މެއެވެ.”
=ނުނިމޭ=