[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 5 –ތިންވަނަ ހަރުފަތް: އިޙްސާންކަން )

އިޙްސާންކަމުގައިވަނީ އެންމެ ރުކުނެކެވެ. އެއީ ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަންކުރުމެވެ. އެގޮތަށް އަޅުކަން ނުކުރެވޭނަމަ އެ އިލާހު ތިބާ ދެކެވޮޑިގެންވާކަން އެނގިހުރެ އަޅުކަންކުރުމެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ.

﴿إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ﴾ ([1])

މާނައީ: “ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތަޤުވާވެރިވި މީހުންނާ އެކުގައެވެ. އަދި އިޙްސާންތެރިންނާވެސް އެކުގައެވެ.”

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ.

وَتَوَكَّلْ عَلَى الْعَزِيزِ الرَّحِيمِ﴿٢١٧﴾ الَّذِي يَرَاكَ حِينَ تَقُومُ ﴿٢١٨﴾ وَتَقَلُّبَكَ فِي السَّاجِدِينَ﴿٢١٩﴾ إِنَّهُ هُوَ السَّمِيعُ الْعَلِيمُ ﴿٢٢٠﴾([2])

މާނައީ: “އަދި ޢަޒީޒުވަންތަ، ރަޙީމުވަންތަ އިލާހަށް ކަލޭގެފާނު ވަކީލު ކުރައްވާށެވެ! [217] އެއިލާހީ، ކަލޭގެފާނު (ނަމާދަށް) ތެދުވެވަޑައިގަންނަވާހިނދު، ކަލޭގެފާނު ދެކެވޮޑިގެންވާއިލާހެވެ. [218] އަދި ސަޖިދަކޮށް ނަމާދުކުރާ މީހުންގެ ތެރޭގައި ކަލޭގެފާނު ޙަރަކާތްތެރިވެ ވަޑައިގަންނަވާތީވެސްމެއެވެ. [219] ހަމަކަށަވަރުން، އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. [220]”

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ.

﴿وَمَا تَكُونُ فِي شَأْنٍ وَمَا تَتْلُو مِنْهُ مِن قُرْآنٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ… ﴾ ([3])

މާނައީ: “ކަލޭގެފާނު ކޮންމެ ކަމެއްގައި އުޅުއްވިޔަސް، އަދި ކަލޭގެފާނު ޤުރުއާނުން ކޮންމެ އެއްޗެއް ކިޔަވާވިދާޅުވިޔަސް، އަދި ތިޔަބައިމީހުން ކޮންމެ ޢަމަލެއް ކުރިޔަސް، އެ ޢަމަލުގެ ތެރޭގައި ތިޔަބައިމީހުން އުޅޭހިނދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ހެކިވެވޮޑިގެންވާ ކަމުގައި މެނުވީ ނުވަމެވެ.”

 

ފިލާވަޅުގެ އިރުޝާދުތައް

* ތިބާކުރާ ޢަމަލުތައް ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވާކަމާ އަދި އެކަންކަން ލިޔުއްވޭކަން ޔަޤީންނުކުރާހާ ހިނދަކު އިޙްސާންތެރިއެއް ނުވެވޭނެއެވެ.

* އިޙްސާންތެރިކަންވަނީ ދެ ކަމެއްގައެވެ.

– ނިޔަތް : އެއީ ދެއްކުންތެރިކަމާއި ނިފާޤުކަމުން އެ ސަލާމަތްކުރުމެވެ.

– ޢަމަލު : އެއީ ޝަރީޢަތުގައި އައިސްފައިވާގޮތަށް، ވަރުގަދަ ޢަޒުމަކާއެކު އެކަން ކުރުމެވެ.

ސުވާލުތައް

  1. ދީނުގެ ތިންހަރުފަތް ބަޔާންކުރާށެވެ.
  2. އިޙްސާންކަމަކީ ކޮބާ ހެއްޔެވެ؟
  3. އިޙްސާންކަން ހިމެނިގެންވަނީ ކޮން ކަންތައްތަކެއްގަ ހެއްޔެވެ؟
  4. އިޙްސާންކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
  5. ފާފަކުރުންމަތީ ދެމިހުންނަ މީހަކު ތިބާއަށް ފެނުމުން، އޭނާއަށް ނަސޭހަތްދިނުމުން އޭނާ ބުންޏެވެ. “މީސްތަކުންނަށް މިކަމެއް ނުފެންނާނެއެވެ. އަދި މިކަމެއް ނުވެސް އެނގޭނެއެވެ.”

ފަހެ ޖަވާބުގައި އޭނާއަށް ބުނާނީ ކީކޭ ހެއްޔެވެ؟

___________________________________

([1]) [النحل: ١٢٨]

([2]) [الشعراء: ٢١٧ – ٢٢٠]

([3]) [يونس: ٦١]

 

مادة التوحيد ٥  ގެ އެހެނިހެން ބައިތައް