[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 18

womens rights

އިސްލާމްދީނުގައި އަނބިންނާ އަދި ދަރިންގެ މައްޗަށް ޚަރަދުކުރުން ވާޖިބުވެފައި އޮންނަނީ ފިރިމީހާގެ މައްޗަށެވެ. އަދި އެބައިމީހުންނަށް ރައްކާތެރިކަން ދިނުމަކީވެސް ފިރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.

((الرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ وَهْوَ مَسْئُولٌ عَنْهُمْ، وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهىَ مَسْئُولَةٌ عَنْهُمْ)) [رواه البخاري ومسلم]

މާނައީ:”ފިރިހެނަކީ އޭނާގެ ގޭގެ އަހުލުވެރިންގެ ބެލެހެއްޓުން ތެރިޔާއެވެ. އޭނާއަށް އެމީހުންނާމެދު ސުވާލުވެވޭނެއެވެ. އަދި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގެއާއި ދަރިންގެ ބެލެއްޓުންތެރިޔާއެވެ. އޭނާ އެކަންކަމާމެދު ސުވާލުވެވޭނެއެވެ.”

މިޙަދީޘުންވެސް އެނގިގެންދަނީ ފިރިހެނުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ އަންހެނުންގެ ބޮލުގައި އެޅިފައިވާ ޒިންމާއަށްވުރެން ބޮޑުކަމެވެ. އެއީ މުޅި އާއިލާގެ ހުރިހާ ކަމެއް، ހުރިހާ ޚަރަދެއް ބެލެހެއްޓުމުގެ ޒިންމާވަނީ ފިރިމީހާގެ ކޮނޑުގައި ކަމެވެ. އަދި އަންހެނާއަށް ވަނީ އޭނާގެ ފިރިމީހާގެ މުދަލަށް ރައްކާތެރިވެ އެމުދާ ބެލެހެއްޓުމާއި ދަރިން ބެލެއްޓުމެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް