[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 19

 

ޙަޤީޤަތަށް ބުނާނަމަ، އިސްލާމްދީނުގައި ދެމީހުންނަށް ޢަދުލުވެރިކަމާއެކު ދެ ވަޒީފާ ހަވާލުކޮށްފައިވަނީއެވެ. އެމީހުންނަށް ދިރިއުޅުމުގެ ކަންކަން ފަހިކުރުމުގައި، ﷲ ގެ ރިޒުޤު ހޯދުމަށް އަދި އެހެނިހެންވެސް ބޭނުންތައް ފުއްދުމުގައި ފިރިމީހާ މަޝްޣޫލުވަނީއެވެ. އަނބިން އެމީހުންގެ ފިރިންގެ މުދަލާ ދަރިން ރައްކާތެރިކޮށް ބަލަހައްޓަނީއެވެ. ކޮންފަދަ ރިވެތި އުސޫލެއްތޯއެވެ.

އިސްލާމްދީން އަންގަނީ ދެމަފިރިންވެސް އުފަލުގައި އުޅުމަށެވެ. އޯގާތެރިކަމާއެކު ދެމީހުންވެސް އެކަކު އަނެކަކަށް ދިރިއުޅުމުގެ ކަންކަމުގައި ކުރިއަށް ދިއުމަށް އެހީތެރިވުމަށެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا يَحِلُّ لَكُمْ أَن تَرِثُوا النِّسَاءَ كَرْهًا ۖ وَلَا تَعْضُلُوهُنَّ لِتَذْهَبُوا بِبَعْضِ مَا آتَيْتُمُوهُنَّ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّـهُ فِيهِ خَيْرًا كَثِيرًا ﴿١٩﴾  [سورة النساء]

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް ޙަލާލުވެގެންވާ ކަމެއްނޫނެވެ. އަދި، ފާޅުވެގެންހުރި ހުތުރުކަން ބޮޑުވެގެންވާ ފާފައެއް އެކަނބަލުން ގެނެސްގަންނަ ކަމުގައިވަންޏާ މެނުވީ އެކަނބަލުންނަށް ތިޔަބައިމީހުން ދީފައިވާ ތަކެތީގެ ތެރެއިން ބަޔެއް އަތުލައިގަތުމަށްޓަކައި އެކަނބަލުންނަށް ދަތިނުކުރާށެވެ! އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ (ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި، އެ އެއްޗެއްގައި اللَّه ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް