[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 23

womens rights

އިސްލާމްދީނުގައި ކައިވެނި ރޫޅާލުމުގެ ބާރު ހަމައެކަނި އޮންނަނީ ފިރިމީހާގެ އަތްމައްޗަކުއެއް ނޫނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ދިރިޅުމުގައި އަންހެނާއަށް ކޮންމެފަދަ އަނިޔާއެއް ކުރި ނަމަވެސް، އޭނާއަށް ލިބިދޭންޖެހޭ ކިތަންމެ ޙައްޤެއް ނިގުޅައިގަނެވިފައިވީ ނަމަވެސް، ނުބައި ނުލަފާ ފިރިއެއްގެ ކިބައިން އަންހެނަކަށް އަމިއްލައަށް ސަލާމަތް ވެވޭނެ ގޮތެއް އިސްލާމްދީނުގައި ނުވާކަމުގައެވެ. ނަމަވެސް އެއީ އިސްލާމްދީނުގައި އެކަން އޮތް ގޮތެއް ނޫނެވެ.

އަންހެނާއަށް އޭނާގެ ޙައްޤުތައް ނުލިބޭނަމަ އަދި ފިރިމީހާ އަނިޔާވެރިވާނަމަ، އަދި ﷲ އަށް އުރެދި ފާފަވެރިވާ ފަދަ ކަމެއް ހިނގާނަމަ، އެކަމެއް އިޞްލާޙުކުރުމަށް މަސައްކަތްކޮށް ކުރިމަގެއް ނުފެނިއްޖެނަމަ، ވަރިއަށް އެދުމަކީ އޭނާއަށް ހުއްދަކަމެކެވެ. އަދި ޚުލްޢު ވަރިއަކުން ވަރިވުމަކީވެސް އޭނާއަށް އޮތް އިޚްތިޔާރެކެވެ. ޚުލްޢުވަރިއަކީ ފިރިމީހާ އަނބިމީހާއަށް ދިން ރަން ކައިވެނި ރޫޅާލުމަށްޓަކައި އަނބުރާ އޭނާއަށް ރައްދުކުރުމެވެ. އެހިސާބުން އޭނާއަށް ވަރިވެވުނީއެވެ. އެހެންކަމުން އިސްލާމްދީނުގައި ކައިވެނި ރޫޅާލުމުގެ ބާރު ދެމީހުންނަށްވެސް ލިބިގެން ވެއެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް