މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.
وَعَاشِرُوهُنَّ بِالْمَعْرُوفِ [سورة النساء ١٩]
މާނައީ: “ތިޔަބައިމީހުން ތިޔަބައިމީހުންގެ އަބީންނަށް އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ”.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
((إِنَّ أَكْمَلَ المؤمِنينَ إيمانًا أَحْسَنُهُم خُلقًا وَأَلطَفُهُم بأِهلِه)) [مسند أحمد، وقال شعيب الأرنؤوط حديث صحيح لغيره]
މާނައީ: “މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވާ ބަޔަކުކަން ކަށަވަރީ، އެބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރނަގަޅު އަދި އެބައެއްގެ އަނބިންނަށް އެންމެ އޯގާތެރި ބައެކެވެ.”
އެހެން ޙަދީޘެއްގައި ވެއެވެ.. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. :
((خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي)) [رواه الترمذي وصححه الألباني]
މާނައީ: “ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. އަދި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ އަނބީންނަށް އެންމެ ހެޔޮ މީހާއެވެ”.
= ނުނިމޭ =
_________________________