[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 25

womens rights

ދުނިޔޭގެ ބައެއް ތަންތަނުގައި އަންހެނުން ވަރިކުރުމަށްފަހު އެއަންހެނާއާ މެދު ކަންތައްތައް ކުރަންޖެހޭ ގޮތެއް ނޯވެއެވެ. އަދި އެއަންހެނާއަށް ރައްކާތެރިކަން ދީ ޚަރަދުތައް ހަމަޖައްސާނެ ގޮތެއްވެސް ނޯވެއެވެ. އެއަންހެނާ އެންމެފަހުން ބޭކާރު މީހަކަށްވެ މުޖުތަމަޢުގައި ބާކީވެ ގިނަވެއެވެ. އުޅޭނެތަނެއް ނުލިބި ޚަރަދުކުރާ ފައިސާ ނުލިބި، ދަރިންނާއެކު ބިކަވެގެން ދެއެވެ. އަދި މީގެ ސަބަބުން ބައެއް އަންހެނުން ހަށި ވިއްކުމުން ފައިސާ ހޯދަން ފަށައެވެ. މިއީ އެއަންހެނާއަށް އެކަށީގެންވާ ދަރަޖަ ތޯއެވެ؟

ނަމަވެސް އިސްލާމްދީނުގައި ކައިވެނި ރޫޅާލުމުން އަދި އެކަން އެނިމުނީއެއް ނޫނެވެ. ވަކި ދުވަސްވަރެއް ވަންދަން އެއަންހެނާއަށް ބޯހިޔާވަހިކަމާއި ޚަރަދު ދޭންޖެހެއެވެ. އަދި ދަރިއަކު ހުރިނަމަ އެދަރިއަކަށް ކުރަން ޖެހޭނެ ހުރިހާ ޚަރަދެއް އެއަންހެނާއަށް ދޭންޖެހެއެވެ.

يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ ۖ وَاتَّقُوا اللَّـهَ رَبَّكُمْ ۖ لَا تُخْرِجُوهُنَّ مِن بُيُوتِهِنَّ وَلَا يَخْرُجْنَ إِلَّا أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَتِلْكَ حُدُودُ اللَّـهِ ۚ وَمَن يَتَعَدَّ حُدُودَ اللَّـهِ فَقَدْ ظَلَمَ نَفْسَهُ ۚ لَا تَدْرِي لَعَلَّ اللَّـهَ يُحْدِثُ بَعْدَ ذَٰلِكَ أَمْرًا [سورة الطلاق]

މާނައީ:”އޭ ނަބިއްޔާއެވެ! ތިޔަބައިމީހުން އަނބިން ވަރިކުރާނަމަ، ފަހެ، އެކަނބަލުންގެ ޢިއްދައަށް (ފެށޭގޮތުގައި ސުންނީ ވަރިޔަކުން) ތިޔަބައިމީހުން އެކަނބަލުން ވަރިކުރާށެވެ! އަދި ތިޔަބައިމީހުން ޢިއްދަ ގުނާހަމަކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް، ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ތިޔަބައިމީހުން އެކަނބަލުންގެ ގެތަކުން އެކަނބަލުން ނުނެރޭށެވެ! އަދި އެކަނބަލުންވެސް ނުނިކުންނަ ހުށިކަމެވެ! ފާޅުވެ ހުތުރުކަން ބޮޑުވެގެންވާ ފާފަޔެއް އެކަނބަލުން ގެނެސްފިއްޔާ މެނުވީއެވެ. އަދި އެއީ، اللَّه ކަނޑައަޅުއްވާފައިވާ އިންތަކެވެ. އަދި اللَّه ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ އަމިއްލަ ނަފްސަށް އެމީހާ އަނިޔާވެރިވެއްޖެކަން ކަށަވަރެވެ. އެއަށްފަހު (އެބަހީ: ވަރިކުރުމަށްފަހު) اللَّه އެހެންގޮތެއް މެދުވެރިކުރައްވައިފާނެކަންވެސް ތިބާޔަކަށް ނޭނގެތެވެ.”

أَسْكِنُوهُنَّ مِنْ حَيْثُ سَكَنتُم مِّن وُجْدِكُمْ وَلَا تُضَارُّوهُنَّ لِتُضَيِّقُوا عَلَيْهِنَّ ۚ وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ فَإِنْ أَرْضَعْنَ لَكُمْ فَآتُوهُنَّ أُجُورَهُنَّ ۖ وَأْتَمِرُوا بَيْنَكُم بِمَعْرُوفٍ ۖ وَإِن تَعَاسَرْتُمْ فَسَتُرْضِعُ لَهُ أُخْرَىٰ [سورة الطلاق]

މާނައީ: ތިޔަބައިމީހުންގެ ތަނަވަސްކަން ހުރިވަރަކުން ތިޔަބައިމީހުން އުޅޭ ތަނެއްގައި އެކަނބަލުން (އެބަހީ: ވަރިކޮށްފައި، ޢިއްދަ ގައި ތިބޭ އަންހެނުން) ބައިތިއްބާށެވެ! އަދި އެކަނބަލުންނަށް ދަތިކުރުމަށްޓަކައި، ތިޔަބައިމީހުން އެކަނބަލުންނަށް ގެއްލުން ނުދޭށެވެ! އަދި މާބަނޑު އަންހެނުން ކަމުގައި އެކަނބަލުން ވެއްޖެނަމަ، ފަހެ، އެކަނބަލުން ދަރި ވިހައިފުމަށް ދާނދެން ތިޔަބައިމީހުން އެކަނބަލުންނަށް ޚަރަދުކުރާށެވެ! ފަހެ، ތިޔަބައިމީހުންނަށްޓަކައި (ތިޔަބައިމީހުންގެ ދަރިންނަށް) އެކަނބަލުން ކިރުދީފިނަމަ، ފަހެ، ތިޔަބައިމީހުން އެކަނބަލުންނަށް، އެކަނބަލުންގެ އުޖޫރަދޭށެވެ! އަދި ތިޔަބައިމީހުންގެ މެދުގައި ހެޔޮގޮތުގައި އެކަކު އަނެކަކާ މަޝްވަރާކުރާށެވެ! އަދި ތިޔަބައިމީހުންނަށް ދަތިވެއްޖެނަމަ، އޭނާޔަށްޓަކައި، ފަހެ، (އެކުއްޖާޔަށް) އެހެން އަންހެނަކު ކިރުދޭނީއެވެ.”

އެހެންކަމުން މުޅި ހުރިހާ ދިރިއުޅުމުގެ ޙާލަތެއްގައިވެސް އަންހެނާ ވަނީ އިސްލާމްދީނުގައި ހިމާޔަތްކުރެވިގެންނެވެ. އަދި އޭނާގެ ކަންކަން ދަތިނުވާނޭހެން ބަލާނެ މީހަކު އައްޔަންކުރައްވާފައެވެ.

ނަމަވެސް އެހެން ބައެއް މަޖުތަމަޢުތަކުން ފެނިގެންދަނީ ވަރިކުރުމަށްފަހު އަންހެނާއަށް ވަރަށް ނިކަމެތި އަނިޔާއާއި ދުއްތުރާ ދޭތަނެވެ. އެމީހުންނީ އެއްވެސް އަގެއް ޙައިޞިއްޔަތެއް ނެތް ބައެއްފަދައިން ޢަމަލުކުރާތެނެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް