[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 6 –ދީނުގެ ހަރުފަތްތަކަށް ސުންނަތުން ދަލީލު )

thauheedh 5

ސުންނަތުގެ ދަލީލަކީ ޖިބްރީލުގެފާނުގެ މަޝްހޫރު ޙަދީޘެވެ.

عَنْ عُمَرَ رَضِيَ اللهُ عَنْهُ أَيْضًا قَالَ: ” بَيْنَمَا نَحْنُ عِنْدَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ، إذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ، شَدِيدُ سَوَادِ الشَّعْرِ، لَا يُرَى عَلَيْهِ أَثَرُ السَّفَرِ، وَلَا يَعْرِفُهُ مِنَّا أَحَدٌ حَتَّى جَلَسَ إلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ . فَأَسْنَدَ رُكْبَتَيْهِ إلَى رُكْبَتَيْهِ، وَوَضَعَ كَفَّيْهِ عَلَى فَخِذَيْهِ، وَقَالَ: يَا مُحَمَّدُ أَخْبِرْنِي عَنِ الْإِسْلَامِ. فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ((الإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.)) قَالَ: صَدَقْت . فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ! قَالَ: فَأَخْبِرْنِي عَنِ الإِيمَانِ. قَالَ: ((أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.)) قَالَ: صَدَقْتَ. قَالَ: فَأَخْبِرْنِي عَنِ الإِحْسَانِ. قَالَ: ((أَنْ تَعْبُدَ اللهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ)). قَالَ: فَأَخْبِرْنِي عَنِ السَّاعَةِ. قَالَ: ((مَا الْـمَسْئُولُ عَنْهَا بِأَعْلَمَ مِنَ السَّائِلِ.)) قَالَ: فَأَخْبِرْنِي عَنْ أَمَارَاتِهَا؟ قَالَ: ((أَنْ تَلِدَ الأَمَةُ رَبَّتَهَا، وَأَنْ تَرَى الْحُفَاةَ الْعُرَاةَ الْعَالَةَ رِعَاءَ الشَّاءِ يَتَطَاوَلُونَ فِي الْبُنْيَانِ.)) قال: ثُمَّ انْطَلَقَ، فَلَبِثْنَا مَلِيًّا، ثُمَّ قَالَ: يَا عُمَرُ أَتَدْرِي مَنِ السَّائِلُ؟. قُلْتُ: اللهُ وَرَسُولُهُ أَعْلَمُ. قَالَ: ((فَإِنَّهُ جِبْرِيلُ أَتَاكُمْ يُعَلِّمُكُمْ دِينَكُمْ))”.([1])   

ޢުމަރު ރަޟިޔަﷲ ގެ ކިބައިން ރިވާވެގެންވެއެވެ.

“ރަސޫލު ﷲ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ގެ އަރިހުގައި، ތިމަން ބޭކަލުން އެއްދުވަހަކު ތިއްބަވަނިކޮށް، އެތަނަށް ބޭކަލަކު ވަޑައިގެންފި އެވެ. އެ ބޭކަލެއްގެ ހެދުންކޮޅުގައި ވަނީ، ގަދަވެގެންވާ ހުދުކުލަ އެވެ. އަދި އެބޭކަލެއްގެ އިސްތަށިފުޅުގައި ވަނީ، ގަދަވެގެންވާ ކަޅުކުލަ އެވެ. ދަތުރެއް ކުރެއްވި ކަމުގެ އެއްވެސް ޢަލާމާތެއް، އެބޭކަލެއްގެ ކިބައިގައި ނުވެ އެވެ. އަދި ތިމަންމެންގެ ތެރެއިން އެކަކަށްވެސް، އެއީ، ކޮން ބޭކަލެއްކަން އެނގިވަޑައެއް ނުގަނެއެވެ. ތިމަންމެން ބަލަހައްޓަވައިގެން ތިއްބަވަނިކޮށް، އެބޭކަލަކު ވަޑައިގެން، އެބޭކަލަކުގެ ދެކަކޫފުޅު، އިތުރު އެކަލޭގެފާނުގެ ދެ ކަކޫފުޅުގައި ޖައްސަވައިގެން އިށީނދެވަޑައިގެންފިއެވެ. އަދި އެބޭކަލެއްގެ ދެ އަތްތިލަފުޅު، އެބޭކަލެއްގެ ދެ ފައިންޕުޅުގެ ފަލަމަސްގަނޑުގެ މަތީގައި ބާއްވަވާފައި ވިދާޅުވިއެވެ.

“އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” ﷲ ގެ ރަސޫލާ، (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ)، ޙަދީޘްކުރެއްވިއެވެ. “އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.”

ޢުމަރުގެފާނު ވިދާޅުވި އެވެ. “އެބޭކަލަކުގެ ކަންތަކާމެދު ތިމަން ބޭކަލުން ޢަޖާއިބުވެވަޑައިގެން ތިއްބެވީމު އެވެ. އެއީ، އެބޭކަލަކު، އިތުރު އެކަލޭގެފާނުގެ އަރިހުން އައްސަވައި، އިތުރު އެކަލޭގެފާނު ދެއްވާ ޖަވާބަކީ ތެދުކަމުގައި ވިދާޅުވާތީއެވެ.”

އެބޭކަލަކު ވިދާޅުވިއެވެ. “އީމާންކަމަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ކަލޭގެފާނު ތިޔަވިދާޅުވީ ތެދު ބަސްފުޅެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “އިޙުސާންތެރިކަމަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. “އެއީ، އެއީ ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަންކުރުމެވެ. އެގޮތަށް އަޅުކަން ނުކުރެވޭނަމަ އެ އިލާހު ތިބާ ދެކެވޮޑިގެންވާކަން އެނގިހުރެ އަޅުކަންކުރުމެވެ.” އެބޭކަލަކު ވިދާޅުވި އެވެ. “ޤިޔާމަތްވާނެ ވަގުތަކީ ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އައްސަވާ ފަރާތަށް އެކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިގެނެއް ނުވެއެވެ.” އެބޭކަލަކު ވިދާޅުވިއެވެ. “ޤިޔާމަތްވުމުގެ ޢަލާމާތްތަކަކީ، ކޮބައިކަން، ތިމަންނާއަށް ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ!” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.”

ޢުމަރުގެފާނު ވިދާޅުވިއެވެ. “ދެން އެބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. އެއަށްފަހު، އެކަމާމެދު ފިކުރުފުޅު ކުރައްވަން ތިމަންނާ އިންނަވަނިކޮށް، އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭ! ޢުމަރެވެ! އެއީ ކޮން ބޭކަލެއްކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟”” ތިމަން ދެންނެވީމެވެ. “އެއީ ކޮން ބޭކަލެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވަނީ، އެކަލާނގެ ރަސޫލާއެވެ.” އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެއީ، ޖިބުރީލުގެފާނެވެ. އެކަލޭގެފާނު އެ ވަޑައިގެންނެވީ، ތިޔަ ބޭކަލުންނަށް، ތިޔަ ބޭކަލުންގެ ދީން އުނގަންނަވައި ދެއްވުމަށްޓަކައެވެ.” (ރިވާކުރެއްވީ މުސްލިމް)

ފިލާވަޅުގެ އިރުޝާދުތައް

* ޖިބްރީލުގެފާނުގެ ޙަދީޘަކީ މަތިވެރި ޙަދީޘެކެވެ. އެޙަދީޘްގައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނުހަނު ފުރިހަމަ ގޮތުގައި ބަޔާންކޮށްދެއްވާފައިވަނީ އިސްލާމްދީނުގެ ތިން ހަރުފަތެވެ. އެއީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމެވެ. އެހެންކަމުން މުސްލިމު އަޅާގެ މައްޗަށް އޮތީ މިޙަދީޘް ދަސްކޮށް އޭގެ މާނަ ދެނެގަތުމެވެ.

* ﷲ ތަޢާލާގެ ރަޙުމަތުން އިސްލާމްދީނަކީ އެހެންދީންތަކާ ފިކުރުތަކާ ޚިލާފަށް ސާފުސީދާ ދީނެކެވެ. އެހެންދީންތަކާ ފިކުރުތަކަށް ތަބާވާ މީހުންއުޅެނީ ދެކޮޅުނުޖެހުމާއި އަނދިރިކަމުގެ ތެރޭގައެވެ.

* ޖިބްރީލުގެފާނަކީ ﷲ ގެ ޙަޟްރަތުގައި މަތިވެރިވެގެންވާ މަލާއިކަތްބޭކަލެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޙީއާއިގެން ވަޑައިގންނަވަނީ އެކަލޭގެފާނެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބުބޭކަލުންނަށް ޢާންމުކޮށް ޖިބްރީލުގެފާނު ފެނިވަޑައިނުގަންނަވައެވެ. ނަމަވެސް މިޙަދީޘްގައިވާ ޙާދިޘާ ހިނގިދުވަހު އިންސާނެއްގެ ސޫރައިގައި ފެނިވަޑައިގަތެވެ.

* ޤިޔާމަތުގެ ވަގުތު ދެނެވޮޑިގެންވަނީ  ހަމައެކަނި ﷲ ތަޢާލާއެވެ. އެއްވެސް މަލާއިކަތަކަށް އަދި ނަބީބޭކަލަކަށް އެކަމުގެ ޢިލްމު ލިބިވަޑައިގެންނުވެއެވެ.

ސުވާލުތައް

  1. އަންނަނިވި ކަންތައްތައް ޖިބްރީލުގެފާނުގެ ޙަދީޘުން ބަޔާންކޮށްދޭށެވެ.

– އިސްލާމްކަމުގެ ދަލީލު

– އީމާންކަމުގެ ދަލީލު

– އިޙްސާންކަމުގެ ދަލީލު

  1. ޖިބްރީލުގެފާނުގެ ޙަދީޘުގައި އައިސްފައިވާ ޤިޔާމަތުގެ ޢަލާމާތްތައް ބަޔާންކުރާށެވެ.
  2. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލުދެންނެވުމަށް ޖިބްރީލުގެފާނު ވަޑައިގެންނެވީ ކީއްވެ ހެއްޔެވެ؟
  3. ޞަޙާބީ ބޭކަލުން ހައިރާންވެވަޑައިގެންނެވީ ކީއްވެ ހެއްޔެވެ؟
  4. މި ޙަދީޘް މަތިވެރި ޙަދީޘްއަކަށްވީ ކީއްވެ ހެއްޔެވެ؟
  5. އަންނަނިވި ބަސްފުޅުގެ މުރާދަކީ ކޮބާ ހެއްޔެވެ.

“އައްސަވާ ފަރާތަށް އެކަން އެނގިވަޑައިގެންފައިވާ ވަރަށްވުރެ ބޮޑަށް، އެއްސެވޭ ފަރާތަށް އެކަން އެނގިގެނެއް ނުވެއެވެ.”

________________________________

([1]) [رَوَاهُ مُسْلِمٌ]

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް