[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 9

nifaq

  1. ބަލިމަޑުކަމެއް ހިތުގައިވުން

ﷲ ތަޢާލާ ވަޙިކުރައްވައިފައިވެއެވެ.

(( فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ۖ وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ ))

މާނައީ: “އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.”

އިބުނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ.

 “ހަމަކަށަވަރުން ޝުބުހަތަކާއި ޝަހްވަތްތަކުގެ ބަލިތަކުން އެބައިމީހުންގެ ހިތްތައް ބަލިކަށިވެ ހަލާކުވެގެންދިޔައެވެ. އަދި ނުބައި ޤަޞްދުތައް އެބައިމީހުންގެ ބޭނުންތަކާއި ނިޔަތްތަކުގެ މައްޗަށް ގަދަވެ އެކަންތައްތައް ފަސާދަކުރިއެވެ. އަދި އެބައިމީހުންގެ ފަސާދަ އެބައިމީހުން ހަލާކުގެ ތެރެއަށް އެއްލާލިއެވެ. އަދި ދަންނަމީހުންނާއި ޑަކްޓަރުންވެސް އެބައިމީހުންނަށް ފަރުވާކުރުމުގައި ނުކުޅެދުނެވެ.

 ﷲ ތަޢާލާ ވަހީކުރައްވައިފައިވެއެވެ.

(( فِي قُلُوبِهِم مَّرَضٌ فَزَادَهُمُ اللَّـهُ مَرَضًا ))

މާނައީ: ” އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. “

މިލިޔުމުގެ އެހެނިހެން ބައިތައް