[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 12 –

* ﴿لَقَدْ مَنَّ اللَّـهُ عَلَى الْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ وَإِن كَانُوا مِن قَبْلُ لَفِي ضَلَالٍ مُّبِينٍ﴾ [آل عمران : ١٦٤]

މިއާޔަތް ފަދައިން (الكتاب والحكمة) އައިސްފައިވާ އާޔަތްތައް ޛިކުރުކުރެއްވުމަށްފަހު އިމާމުއް ޝާފިޢީ ވިދާޅުވިއެވެ.

” ފޮތުގެ ވާހަކަ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. – އެއީ ކީރިތި ޤުރުއާނެވެ. – އަދި ޙިކުމަތުގެ ވާހަކަވެސްމެއެވެ. ޤުރުއާނުގެ ޢިލްމުގެ އަހުލުވެރިންގެ ކުރެ އެބަޔަކާމެދު ތިމަންކަލޭގެފާނު ރުހިވަޑައިގަންނަވާ ބޭކަލުންތަކެއް، ޙިކުމަތުގެ މުރާދަކީ އެއީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތްކަމަށް ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. އެހެނީ ޤުރުއާނަކީ ޛިކުރެކެވެ. އެއާ ވިދިގެން އެވަނީ ޙިކުމަތުގެ ވާހަކަ ވަޙީކުރައްވާފައެވެ. އަދި މީސްތަކުންނަށް ޤުރުއާނާ ޙިކުމަތް އުނގަންނަވައި ދެއްވުމަކީ އެއިލާހުގެ ފަޟްލުވަންތަކަންކަމަށް ވަނީ ވަޙީކުރައްވާފައެވެ. والله أعلم އެހެންކަމުން މިތަނުގައި ޙިކުމަތުގެ މުރާދަކީ ރަސޫލާ صلى الله عليه وسلم ގެ ސުންނަތް ފިޔަވާ އެހެން އެއްޗެއްކަމަށް ބުނުން ހުއްދަވެގެންނުވެއެވެ. އެހެނީ އޭގެ ވާހަކަ އައިސްފައި އެވަނީ الكتاب އާ ވިދިގެންނެވެ. އަދި ހަމަކަށަވަރުން ﷲ ތަޢާލާވަނީ ރަސޫލާ صلى الله عليه وسلم އަށް ކިޔަމަން ގަތުމަކީ ލާޒިމުކަމެއްކަމުގައި ލައްވާފައެވެ. އަދި އެކަލޭގެފާނުގެ އަމުރުފުޅަށް ތަބާވުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެއްކަމުގައިވެސް ވަނީ ލައްވާފައެވެ. އެހެންކަމުން ﷲ ގެ ފޮތާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތް ފިޔަވާ އެހެން ބަހަކީ ތަބާވުން ލާޒިމު އެއްޗެކޭ ބުނުން ހުއްދަވެގެން ނުވެއެވެ.” [1]

 

= ނުނިމޭ =

_____________________________

[1]  انظر: الرسالة ص: ٧٦ – ٧٧

އެހެނިހެން ބައިތައް