[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ، د 9 –ހިޖުރަކުރުން )

thauheedh 5

ހިޖުރަކުރުމަކީ: ޝިރުކުގެ ރަށް ދޫކޮށް އިސްލާމުންގެ ރަށަކަށް ބަދަލުވުމެވެ.

ޝިރުކުގެ ރަށުން އިސްލާމުންގެ ރަށަށް ހިޖުރަކުރުމަކީ މިއުންމަތުގެ މައްޗަށް ފަރުޟު ވެގެންވާ ކަމެކެވެ. އަދި އެއީ ޤިޔާމަތް ޤާއިމްވެއްޖައުމަށް ދާނދެން ދެމިއޮންނާނެކަމެކެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ.

إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَـٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا ﴿٩٧﴾إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا ﴿٩٨﴾ فَأُولَـٰئِكَ عَسَى اللَّـهُ أَن يَعْفُوَ عَنْهُمْ ۚ وَكَانَ اللَّـهُ عَفُوًّا غَفُورًا ﴿٩٩﴾([1]

މާނައީ: “ހަމަކަށަވަރުން އެއުރެންގެ ނަފުސުތަކަށް އަނިޔާވެރިވެގެން ތިބޭ ޙާލުގައި، މަލާއިކަތުން، އެއުރެންގެ މަރުހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައި ހެއްޔެވެ. އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި ހިޖުރަކުރުމަށް ﷲ ގެ ބިން ތަނަވަސްވެގެން ނުވޭހެއްޔެވެ. ފަހެ، (ޤިޔާމަތްދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކައެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. [97] (ދަތުރުފަތުރު ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ އަދި(ހިޖުރައަށް) ދާނެ މަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ.[98] އެއުރެންގެ ކިބައިން ﷲ ޢަފޫކުރެއްވުން ގާތްވެގެންވެއެވެ. ގިނަގިނައިން ޢަފޫކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.[99]”

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ބަސްފުޅެވެ.

يَا عِبَادِيَ الَّذِينَ آمَنُوا إِنَّ أَرْضِي وَاسِعَةٌ فَإِيَّايَ فَاعْبُدُونِ ﴿٥٦﴾([2])   

މާނައީ: “އޭ އީމާންވެގެންތިބި ތިމަންއިލާހުގެ އަޅުތަކުންނޭވެ ހަމަކަށަވަރުން، ތިމަންއިލާހުގެ ބިން ތަނަވަސްވެގެންވެއެވެ. ފަހެ، ހަމައެކަނި ތިމަންއިލާހަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ.”

ބަޣަވީ ރަޙިމަހުﷲ ވިދާޅުވިއެވެ.

“މިއާޔަތް ބާވައިލެއްވުނު ސަބަބަކީ މައްކާގައި ހިޖުރަނުކޮށް ތިއްބެވި މުސްލިމުންނާ މެދުގައެވެ. ފަހެ، ﷲ ތަޢާލާ މިބައިމީހުންނަށް އީމާންކަމުގެ ނަމުން ނިދާއިއްވަވާފައިވެއެވެ.”

ހިޖުރަކުރުމަށް ސުންނަތުން ވާރިދުވެފައިވާ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިހަދީޘެވެ.

((لاَ تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا))([3])

މާނައީ: “ތައުބާގެ ދޮރު ބަންދުވެއްޖައުމަށް ދާނދެން ހިޖުރަކުރުން ބަންދުނުވާ ހުށްޓެވެ. އަދި ހުޅަނގު ފަރާތުން އިރު އަރައިފުމަށް ދާނދެން ތައުބާ ބަންދުނުވާ ހުށްޓެވެ.”

ފިލާވަޅުގެ އިރުޝާދުތައް

* މުސްލިމަކު މިބިންމަތީގައި އުޅޭއިރު އޭނާގެ އެންމެ ބޮޑު މަޤްޞަދަކީ ހަމައެކަނި ﷲ އަށް އަޅުކަންކޮށް އަދި އެއިލާހަށް ޝަރީކުނުކުރުމެވެ. އެހެންކަމުން އިސްލާމްދީނުގެ ޝިޢާރުތައް ފާޅުނުކުރެވޭ ރަށްރަށުގައި އުޅޭ މުސްލިމުން ކުރެ ކުޅާދަނަކަން ލިބިގެންވާ މީހުންގެ މައްޗަށް ﷲ ތަޢާލާވަނީ ހިޖުރަކުރުން ފަރުޟުކުރައްވާފައެވެ. އެއީ ޝިރުކުގެ ރަށް ދޫކޮށް އިސްލާމުންގެ ރަށަކަށެވެ.

* ހިޖުރަކުރުމުގެ ހަމައެކަނި ބޭނުމަކީ އެމީހެއްގެ ނަފްސު އެރަށަކަށް ބަދަލުވުމެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އެކަމުގެ ޙަޤީޤި މަޤްޞަދަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމާއި އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((… وَالْمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ))[4]

މާނައީ: “… އަދި ޙަޤީޤީ މުހާޖިރަކީ ﷲ ނަހީކުރެއްވިކަންތައްތައް ދޫކޮށްލާ މީހާއެވެ.”

ސުވާލުތައް

  1. ހިޖުރައަކީ ކޮބާ ހެއްޔެވެ؟
  2. އަންނަނިވި ޖަވާބުތަކުން ޞައްޙަ ޖަވާބު ޚިޔާރުކުރާށެވެ.

ހިޖުރަކުރުމުގެ ޙުކުމަކީ:

– ސުންނަތެކެވެ. [ ]

– ހުއްދަކަމެކެވެ. [ ]

– ފަރުޟެކެވެ. [ ]

  1. ހިޖުރަކުރުމަށް ސުންނަތުގައި ވާރިދުވެފައިވާ ދަލީލު ލިޔާށެވެ.
  2. ހިޖުރަކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟

___________________________________________

([1]) [النساء: ٩٧ – ٩٩]

([2]) [العنكبوت: ٥٦].

([3]) [رواه أبو داود (2479) وصححه الألباني في إرواء الغليل(1208) ]

[4] رواه البخاري في صحيحه

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް