[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 3

vari

سبب النزول

 “وأخرج البخاري والترمذي عن ( مَعْقل بن يسار ) رضي الله عنه أنه زوّج أخته رجلاً من المسلمين على عهد النبي صلى الله عليه وسلم فكانت عنده ما كانت ثم طلّقها تطليقة لم يراجعها حتى انقضت العدة ، فهويها وهويته ثم خطبها مع الخُطَّاب فقال له : يا لكع أكرمتك بها وزوّجتك فلطّقتها! والله لا ترجع إليك أبداً قال : فعلم الله حاجته إليها وحاجتها إلى بعلها فأنزل الله { وَإِذَا طَلَّقْتُمُ النسآء فَبَلَغْنَ أَجَلَهُنَّ فَلاَ تَعْضُلُوهُنَّ . . . } “[1](سورة البقرة:232) الآية فلما سمعها ( معقل ) قال : سمعاً لربي وطاعة ثم دعاه فقال : أزوّجك وأكرمك.”[2]

މާނައީ: “مَعْقل بن يسار رضي الله عنه ގެ އަރިހުން އިމާމް ބުޚާރީއާއި އިމާމް ތިރުމިޛީ ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި مَعْقل އެކަލޭގެފާނުގެ އުޚްތަކު މުސްލިމުންގެ ތެރެއިން މީހަކާ ކައިވެނިކޮށްދެއްވިއެވެ. އެކަނބުލޭގެ އޭނާއާ ކައިވެނިކޮށްގެން ދުވަސްކޮޅަކު އުޅުނެވެ. ދެން އެއަށްފަހު އޭނާ އެކަނބުލޭގެ ވަރިކުރިއެވެ. އަދި ޢިއްދާގެ މުއްދަތު ހަމަވިއިރުވެސް އެކާވެނި ރުޖޫޢަނުކުރެއެވެ. ފަހެ (ޢިއްދާ ހަމަވުމަށްފަހު) މިދެމީހުން އެކަކު އަނެކަކާ ކާވެނިކުރަން ހިތާހިތާ ބޭނުންވެއްޖެއެވެ. ދެން އެއަށްފަހު މިދެމީހުން ކައިވެނިކުރުމަށް އެއްބަސްވެ ޚިޠުބާވެއްޖެއެވެ. އެހިނދު އެފިރިހެންމީހާ އަށް مَعْقل ބުންޏެވެ. “އޭމިހިރަމީހާއެވެ. ކަލެއަށް އަހަރެން އެކަނބުލެއަށްޓަކައި ހެޔޮކޮށްހިތީމެވެ. އަދި އެކަނބުލޭގެއާ ކައިވެނިކޮށްދިނީމެވެ. ފަހެ ކަލޭ އެކަނބުލޭގެ ވަރިކުރީއެވެ. ﷲ ގަންދީބުނަމެވެ! ދެން އެކަނބުލޭގެ ދުވަހަކުވެސް ކަލޭގެ ކައިރިއަކަށް ނުދާނެއެވެ.” ދެންފަހެ އެފިރިހެންމީހާއާއި އަންހެންމީހާ އެކަކު އަނެކަކަށް ބޭނުންވެފައިވާ މިންވަރު ﷲ ދެނެވޮޑިގެންވިއެވެ. ފަހެ އެއަށްފަހު ﷲތަޢާލާ އާޔަތް ބާވާލެއްވިއެވެ.

“وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَلَا تَعْضُلُوهُنَّ أَنْ يَنْكِحْنَ أَزْوَاجَهُنَّ إِذَا تَرَاضَوْا بَيْنَهُمْ بِالْمَعْرُوفِ” “[3](سورة البقرة:232) الآية  މާނައީ: ” އަދި، ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ عدّة ހަމަވެއްޖެނަމަ، އެކަނބަލުންގެ ފިރީންނާ، އެކަނބަލުން ކާވެނިކުރުމަށް ހުރަސް ނާޅާށެވެ! އެއީ، ހެޔޮގޮތުގައި، (އިނދެގެން އުޅުމަށް) އެއުރެންގެ މެދުގައި، ރުހި އެއްބަސް ވެއްޖެނަމައެވެ.” ދެން ފަހެ މި އާޔަތް ބާވާލެއްވި އަޑުއިވުނުހިނދު (مَعْقل) ވިދާޅުވިއެވެ. އަހަރެންގެ ވެރި ރައްބުގެ ބަސްފުޅު އަހަރެން އަހާފީމެވެ. އަދި ކިޔަމަންވެއްޖައީމެވެ. އެއައްފަހު އެފިރިހެންމީހާ ގެންނަވާ ވިދާޅުވިއެވެ. އަހަރެން ކައިވެނިކޮށްދީފީމެވެ. އަދި އަހަރެން ކަލެއަށް ހެޔޮކޮށް ހިތައިފީމެވެ.”    

=ނުނިމޭ=

________________________________

[1]  تفسير الشوكاني

[2]  أخرج البخاري والترمذي

[3]  تفسير الشوكاني

މިލިޔުމުގެ އެހެން ބައިތައް