[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޝަރީޢަތުގައި ވަރި ޝަރުޢުކުރެއްވުން 4

vari

الأحكام الشرعية (މިއާޔަތްތަކުން ނެގޭ ބައެއް ޝަރުޢީ ޙުކުމްތައް)

 

ފުރަތަމަ ޙުކުމް:

ވަރިކުރެވުނު އަންހެނާގެ ޢިއްދާއާއި މާބަނޑު އަންހެނާގެ ޢިއްދާއާ އަދި ޙައިޟުން ކެނޑިފައިވާ އަންހެނުނުންގެ ޢިއްދާ.

ﷲ ތަޢާލާވަނީ ވަރިކުރެވޭ އަންހެނުންނަށް ޢިއްދާގައި އިނުން ވާޖިބުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

(والمطلقات يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلاَثَةَ قرواء) [سورة البقرة:228]

މާނައީ: “އަދި ވަރިކުރެވިފައިވާ އަންހެނުން އެކަނބަލުންގެ ނަފުސުތަކަށްޓަކައި ތިން “قرواء” އިންތިޒާރުކުރާ ހުށިކަމެވެ.”

މި އާޔަތުގައިމިވާ ވަރިކުރެވުނު އަންހެނާގެ މުރާދަކީ، ބާލިޣުވެ ޖިމާޢުވެފައިވާ އަންހެނުންގެ ވާހަކައެވެ. މާބަނޑު އަންހެނުންނާއި ޙައިޟުން ކެނޑިފައިވާ އަންހެނުންގެ ވާހަކައެއްނޫނެވެ.  އަދި ހަމަކަށަވަރުން ޖިމާޢުނުވެ ވަރިކުރާ އަންހެނުންނަކަށް ޢިއްދައެއް ނުވެއެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

“ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍ تَعْتَدُّونَهَا ” ( الأحزاب: 49)

މާނައީ: “ދެން އެއަށްފަހު އެކަނބަލުންނާ ޖިމާޢުވުމުގެކުރިން ވަރިކޮށްފިކަމުގައިވާނަމަ، އެކަނބަލުން ގުނާ އަދަދުކުރާނެ ޢިއްދައެއް ނުވެއެވެ.”

އަދި މާބަނޑުވެފައިވާ މީހުންގެ ޢިއްދާއަކީ އެކަނބަލުން ވިހެއުމެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.

“وَأُوْلاَتُ الأحمال أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ”  (الطلاق:4)

މާނައީ: “އަދި މާބަނޑު އަންހެނުންގެ عدّة އަކީ، އެކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ.”

އަދި ޙައިޟުނުވާ އަންހެނުންނާއި ޢިއްދާއިން ކެނޑިފައިވާ އަންހެނުންގެ ޢިއްދާއަކީ ތިން މަސްދުވަހެވެ. އެއީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

“واللائي يَئِسْنَ مِنَ المحيض مِن نِّسَآئِكُمْ إِنِ ارتبتم فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ واللائي لَمْ يَحِضْنَ” (الطلاق:4) މާނައީ: “އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة  އާއި އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ.”

ފަހެ، މިއާޔަތްތަކުން އެނގި ބަޔާންވެގެންވަނީ، ޖިމާޢުވެފައި ވަރިކުރާ އަންހެނާގެ ޢިއްދާއަކީ ޙާއްޞަވެގެންވާ ޢިއްދައެއްކަމެވެ. އަދި މިއާޔަތްތަކުގައިވާ ޢިއްދާގައިވާ އަންހެނުންގެ މުރާދަކީ ޖިމާޢުވެފައި ވަރިކުރެވޭއަންހެނުންގެ ވާހަކައެވެ. އަދި އެއީ ވަރިކުރެވިފައިވާ، ބާލިޣުނުވާ ކުޑަކުއްޖާއާއި ޙައިޟުން ކެނޑިފައިވާ އަންހެނުންނާއި މާބަނޑު އަންހެނުންގެ ވާހަކައެއްނޫނެވެ.

=ނުނިމޭ=

____________________________________________

މިލިޔުމުގެ އެހެން ބައިތައް