[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣީބަބުނުމުގެ ޙަޤީޤަތާއި އޭގެ ނުރައްކާތެރިކަން! – 7

qeeba

وعن عمرو بن شعيب عن أبيه عن جده، أنهم ذكروا عند رسول الله  رجلاً، فقالوا: لَا يَأْكُلُ حَتَّى يُطْعَمَ، وَلا يَرْحَلُ حَتَّى يُرْحَلَ لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: اغْتَبْتُمُوهُ، فَقَالُوا: إِنَّمَا حَدَّثْنَا بِمَا فِيهِ، قَالَ: حَسْبُكَ إِذَا ذَكَرْتَ أَخَاكَ بِمَا فِيهِ)) [صحيح الترغيب والترهيب]

މާނައީ : ޢަމްރު ބުން ޝުޢައިބު އެކަލޭގެފާނުގެ ބައްޕާފުޅާއި، ކާފާފުޅުގެ އަރިހުން ރިވާކުރެއްވި އެވެ. އެދެބޭކަލުން ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ގެ އަރިހުގައި ފިރިހެނެއްގެ ވާހަކަ ޛިކުރު ކުރައްވަމުން، ވިދާޅުވިއެވެ. : އޭނާ އަށް ކާން އެރުވުމުން ނޫނީ އޭނާ ނުކައެވެ. އަދި ބަޔަކު ދަތުރު ހަދައި ތަނަކަށް ގެންގޮސްފުމަށް ދާންދެން އޭނާ ދަތުރެއް ނުކުރެއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ތިޔަބައި މީހުން އޭނާގެ ޣީބަ ބުނެފިއެވެ.” އެބޭކަލުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންބޭކަލުން މި ދެންނެވީ އޭނާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކައެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ އަޚާގެ ކިބައިގައި ހުރިކަމެއްގެ ވާހަކަދެއްކުން ތިބާއަށް (ޣީބައަކަށް) ފުދެއެވެ.”

=ނުނިމޭ=

_________________________________

(މިއީ މަދާރުލްވަތަންގެ މަޖައްލާ ފާކިހަތުލް މަޖާލިސް، ޢަދަދު 146، އަސްލަކަށް ބަލައިގެން ކޮށްފައިވާ ތަރުޖަމާއެއް)

މިލިޔުމުގެ އެހެންބައިތައް