ﷲ ސުބުހާނަހޫވަތަޢާލާ އަލް ވާޤިޢާ ސޫރުތުގައި ވަހީކުރަށް ވަނީ
وَالسَّابِقُونَ السَّابِقُونَ (10)
:“އަދި ކުރިއަރައި ދިޔަމީހުންނަކީ ކުރިއަރައި ދިޔަމީހުންނެވެ.”
أُولَئِكَ الْمُقَرَّبُونَ (11)
“ކުއްތަންކުރެވިގެންވާ ބަޔަކީ އެބައިމީހުންނެވެ.”
ކުއްތަން ކުރެވިގެންވަނީކޮންތާކުތޯއެވެ ..އެބައިމީހުންނަކީ އެއިލާހާއި އެންމެ ކުއްތަން ކުރެވިގެންވާ މީހުން.
فِي جَنَّاتِ النَّعِيمِ (12)
“ނިޢުމަތުގެ ސުވަރުގެ ތަކުގައެވެ.”
ثُلَّةٌ مِنَ الْأَوَّلِينَ (13)
“އިސްވެދިޔަ މީހުންގެ ތެރެއިން ގިނަބައެކެވެ.”
وَقَلِيلٌ مِنَ الْآَخِرِينَ ( 14)
“ފަހުގެ މީހުންގެ ތެރެއިން މަދުބައެކެވެ.” سورة الواقعة
” سابقون ” ކުރިއަރައި ދިޔަމީހުންނަކީ ކޮބައިތޯ؟ ކޮންބައެއް ތޯ؟ އެބައިމީހުންނަކީ ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޞަޙާބީންނެވެ. އަދި އެބޭކަލުންނަށްފަހު ވަޑައިގެންނެވި ތާބިޢީންނެވެ. އެބޭކަލުންވަނީ އަޅުގަނޑުމެންނަށްވުރެ ދެ ކަމެއްގައި ކުރިއަރައި ގޮސްފައެވެ. އެބަމީހުންނަކީ ” سابقون ” އެހެނީ އެބައިމީހުން ދިރި އުޅުނީ އަޅުގަނޑުމެންނަށްވުރެ ކުރީގައެވެ. އަދި އެބައިމީހުން ވަނީސުވަރުގެ ޙާޞިލުކުރުމުގައި އަޅުގަނޑުމެންނަށްވުރެ ކުރިއަރައި ގޮސްފައެވެ. ސުވަރުގެ އެދިގެން ގަދައަޅައި މަސައްކަތް ކުރުމުގައި މަރުވެ ގޮސްފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށްމަދު ބައެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ ހެޔޮކަންތައްތަކަށް އެދިގެން މަސައްކަތް ކުރާމީހުންނަށް ވަނީ ތަޢުރީފުގެ ބަސްވަހީ ކުރަށްވާފަ. ދުނިޔޭގެ ކަންތައްތަކުގައި ވާދަކުރާ މީހުންނަކަށް ނޫން. އެކަކު އަނެކަކަށް ވާދަކޮށް ހެޔޮކަންތައްތަކުގައި ކުރިއަރައިދާ މީހުންނަށް. ސުވަރުގޭގެ އެންމެ މަތީދަރަޖަ ޙާޞިލު ކުރުމުގައި ކުރިއަރާދާ މީހުން. މުއުމިނު އިންސާނާ އެދޭނީ ހުރިހައި އެންމެންނަށްވުރެ ކުރިއަރައި ގޮސް، އަލްފިރުދައުސުލް އަޢުލާ ޙާޞިލުކުރުމަށް. އާދެ!ސުވަރުގޭގެ އެންމެ މަތީދަރަޖަ ކަމުގައިވާ އަލްފިރުދައުސުލް އަޢުލާ ޙާޞިލު ކުރުމަށް.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވަނީ “ތިޔަބާމީހުން ސުވަރުގެއަށް އެދޭހިނދު އަލްފިރުދައުސަށް އެދޭށެވެ.”
އެހެނީ އެއީމުއުމިނުންގެ ސިފައެއް. އެބައިމީހުންނަކީ ” سابقون ” مسبقون ” ” يتسا بقون “. އެބައިމީހުން ހެޔޮކަންތަކުގައި އެކަކު އަނެކަކަށް ވުރެކުރި އަރައި ދިއުމަށް މަސައްކަތް ކުރޭ
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެމީހެއްގެ ވާހަކަ ކިޔައި ދެއްވާފައި ވޭ. އެދެމީހުން ހުރިހައި ހެޔޮކަމެއްގައި އެކަކު އަނެކަކާ ވާދަ ކޮށްފައިވޭ. އެދެމީހުން ﷲއަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވި. އެދެމީހުން ނަމާދު ކުރުމުގައި އެކަކު އަނެކަކަށް ވުރެ ކުރިއަރައި ދިއުމަށް މަސައްކަތް ކުރި. އެކަކު އަނެއްކަކާއި ރޯދަހިފުމުގައި ވާދަ ކުރި. އެކަކު ދެދުވަހު ރޯދަ ހިފިކަން އެނގިއްޖެނަމަ އަނެކަކު ތިން ދުވަހު ރޯދަ ހިފި. އެކަކު ހޯމަ، ބުރާސްފަތިދުވަހު ރޯދަ ހިފިކަން އެނގިއްޖެނަމަ އަނެކަކު ދެދުވަހުން އެއްދުވަހު ރޯދަހިފި. އެއް އަޚާ ޞާދަގާތެއް ކޮށްފިނަމަ އަނެއް އަޚާ އެއަށް ވުރެ ގިނައިން ޞަދަގާތް ކުރި.
އެއްދުވަހަކު އެދެމީހުން ޖިހާދަށް ނުކުތް. މުސްލިމުން ގެދޮރުން ބޭރުކޮށް އެބައި މީހުންނަށް އަނިޔާވެރި ވަމުންދިޔަ ދުޝްމަނުން ތަކަކާއި ހަނގުރާމަ ކުރަން ދިޔަ. މިއީ ސުވަރުގޭގެ އެންމެ މަތީދަރަޖަ ޙާޞިލު ކުރަން ލިބުނު ފުރުޞަތެއް ކަމުގައި ދެކިގެން. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ނިކަމެތިން ރައްކާތެރިކޮށްދޭ މީހުންދެކެ ލޯބިވެ ވޮޑިގަންނަވާ. އެދެމީހުން ހަނގުރާމައިގެ މައިދާނަށް ނުކުމެ ދުޝްމަނުންނާއި ހަނގުރާމަ ކުރަމުން ގެންދިޔަ. އެދެމީހުން އެކަކު އަނެކަކަށް ގެއްލުނު. އަދި އެތަނުން އެކަކު ދުޝްމަނުންގެ އަތްދަށުގައި ހަތްޔަރު ވި. ދުޝްމަނުން އޭނާއަށް އަނިޔާކުރަމުން ގެންދިޔަ. އަދި އެބައިމީހުން އަނިޔާކުރަން ފަށާއިރަށް ހިނިތުންވޭ. ދެން މުޝްރިކުން އޭނާ އާއި ސުވާލު ކުރި. “ތިޔަހެނީ ކީއްވެ؟ ތިޔަވަނީ އަހަރެމެންގެ އަތްދަށުގައި ހަތްޔަރު ވެފަ. އަދި އަހަރެމެން މިދަނީ ގަދަފަދަ އަނިޔާތައް ކުރަމުން.” އޭނާ ބުނި. “އަހަރެން މިހެނީ އަހަރެން މަރުވެގެން މިދަނީ ޝަހީދެއް ގޮތުގައި ކަމަށްވާތީ. އަދި މިކަމުގައި އަހަރެންގެ އަޚާއަށްވުރެ އަހަރެން ކުރިއަރައި ގޮސްފީން.” ދެން އެމީހުންބުނި. “ކަލޭމެން މުސްލިމުންނަކީ ކޮންކަހަލަ ބައެއް ؟ އަހަރެމެން ހައްޔަރު ކުރި ކަލޭފަދަ އެހެން މުސްލިމަކުވެސް އޭނާމަރުވުމުގެ ކުރިން ބުނީ ހަމަ ތިފަދައިން.” ދެން އޭނާ ރޯން ފެށި. އަދި މަރުވި. ﷲ ސުބުހާނަހޫވަތަޢާލާ ވަހީ ކުރެއްވި އެދެމީހުން ސުވަރުގޭގައި ބައްދަލުވިއޭ.
“المسبقون إلى الجنة”
ސުވަރުގެ އެދޭމީހުން، ސުވަރުގެ ލިބިގަތުމަށްޓަކައި މަސައްކަތް ކުރޭ. ލޮބުވެތި އަޚުންނާއި އުޚުތުން. އެސުވަރުގެ ލިބިގަތުމަށްޓަކައި ގަދައަޅައި މަސައްކުރައްވާ! ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވަނީ ” ދުނިޔެއަކީ މުއުމިނާގެ ހުރަގެއެވެ. އަދި ކާފިރުންގެ ސުވަރުގެއެވެ.”
މަޞްދަރު : ބިލާލް އަސަދް ގެ those who desire paradiseގެ ދިވެހި ތަރުޖަމާގެ ތަންކޮޅެއް.