ދެދަތްޕިލާ ދެމެދުގައިވާ އެއްޗަށް ރައްކާތެރިވޭ!
ދެދަތްޕިލައިގެ ދެމެދުގައިވާ އެއްޗަކީ ދުލެވެ. ދުލަކީ ﷲ ޞުބުހާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އަދި އިންސާނާ ކިބައިގައި ލައްވާފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ގުނަވަނެކެވެ. މި ގުނަވަނަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ވަރުގަދަ މަސްކޮޅެވެ. މި ވަރުގަދަ މަސްކޮޅު ލައްވަވާފައިވަނީ އެ ބޭނުން ކޮށްގެން އެއިލާހަށް ޙަމްދުކޮށް ޝުކުރު ކުރުމަށެވެ. މި ދުލުގެ އެހީގައި އަޅުގަނޑުމެންނަށް ކީރިތި ޤުރުއާން ކިޔަވައި ޒިކުރުކޮށް އަދި ޙައްޤުބަސް ބުނުމެވެ. އަދި…