[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަވްޟާއި އޭގެ ޞިފަތައް

صفة_حوض

އަލް ޙަވްޟަކީ ޤިޔާމަތްދުވަހު ކީރިތި  ރަސޫލުﷲ صلى الله عليه وسلم އަށް ސުވަރުގެއިން ދެއްވާނެ ކަމަށް ބަޔާންވެފައިވާ ކައުޘަރޭ ނަމަކަށް ކިޔާ ފެންއާރުން އޮހެމުން އަންނަ ފެނުން ހެދިފައިވާ، މަޙުޝަރުގެ މައިދާނުގައި، އޮންނަ ބޮޑު ފެންގަނޑެކެވެ.

އަލްޙަވްޟަށް އީމާންވުމަކީ މުސްލިމުންގެ ޢަޤީދާގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިއީ ކީރިތި ރަސޫލާ صلى الله عليه وسلم ދެއްވި ބޮޑެތި ނިޢުމަތްތަކުގެ ތެރެއިން ހިމެނޭ ނިޢުމަތެކެވެ. ޚާއްސަކޮށް އެކަލޭގެފާނުގެ އުއްމަތުގެ އެކަލޭގެފާނާށް ތަބަޢާވީ މީހުންނަނަށް ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ. ޞައްހަ ދަލީލުތަކުން ސާބިތުވާގޮތުގައި ރަސޫލުﷲ صلى الله عليه وسلم އަށް ޤިޔާމަތްދުވަހުން އެކަލޭގެފާނުގެ އުއްމަތުގެ މީހުން ހަވްޟުން ފެންބޯނެވެ. އެތަނުގެ ފެން، ކިރަށްވުރެ ހުދުކަން ގަދަވެގެން ވެއެވެ. އަދި މާމުޔަށްވުރެ މީރުކަން އިތުރުވެގެން ވެއެވެ. އަދި ގޮމަކަސްތޫރިއަށްވުރެ އޭގެ ވަސް މީރުވެގެން ވެއެވެ. އަދި ގިނަގުނަ ކަމާއި ފުރިހަމަކަމުގައި އަދި އެއާރުގެ ކަންވާރުތައް(ތަށިތައް) ވާހުށީ އުޑުގެ ތަރިތައް ފަދައިންނެވެ.

عن عبد الله بن عمرو رضي الله عنه أنه قال :

قَالَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ : “‏ حَوْضِي مَسِيرَةُ شَهْرٍ وَزَوَايَاهُ سَوَاءٌ مَاؤُهُ أَبْيَضُ مِنْ اللَّبَنِ وَرِيحُهُ أَطْيَبُ مِنْ الْمِسْكِ وَكِيزَانُهُ كَنُجُومِ السَّمَاءِ مَنْ شَرِبَ مِنْهَا فَلَا يَظْمَأُ أَبدا ” ‏ ‏ ‏ ‏ ما رواه البخاري ( 6093 ) ومسلم ( 4244)

މާނައީ : “ޢަބްދުﷲ ބުނު ޢަމްރު ބުނު އަލްޢާސްގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ޙަވްޟުގެ ބޮޑު މިނަކީ ހަތަރު ފަރާތުން ކުރެ ކޮންމެ ފަރާތެއްގައިމެ މަސްދުވަހުގެ ރާސްތާއެވެ. އެ ޙަޥްޟުގެ ފެނުގެ ކުލަ ކިރަށްވުރެ ހުދުކަން ގަދައެވެ. އޭގެވަސް މިސްކުގެ ވަހަށްވުރެ މީރެވެ. އެއިން ފެން ބުއިމަށްޓަކައި ވާ ޖޯޑު ތަކުގެ ޢަދަދު އުޑުގެ ތަރިތަކަށް ވުރެ ގިނައެވެ. އެ ޙަވްޟުން ބޮއެފިމީހަކު އޭގެ ފަހުގައި  ދުވަހަކުވެސް ކަރެއް ނުހިއްކާނެއެވެ.”

ޤިޔާމަތްދުވަހު މިއުއްމަތުގެ މީހުން ޙަވްޟު ކާރިއަށް ޖަމާވެ އުޅޭއިރު އެތަނުން ބަޔަކު ފައްސާލެވޭނެއެވެ. އެއީ ކީރިތި ރަސޫލާ صلى الله عليه وسلم  އަށް ތަބަޢާ ނުވިމީހުންނެވެ. އާޚިރަތްދުވަހުގައި އެއިން މަޙްރޫމު ކުރެވޭ ހުއްޓެވެ. އެމީހުންނަކީ މުރުތައްދުވި މީހުންނާއި ބިދުޢަވެރިން ކަމަށް ޤުރުޠުބީއާއި ބައެއް އެހެން ބޭކަލުން ވިދާޅުވެއެވެ.

عن أنس – رضي الله عنه – عن النبي – صلى الله عليه وسلم – قال: ( ليردن علي ناس من أصحابي الحوض، حتى إذا عرفتهم، اختلجوا دوني، فأقول: أصحابي، فيقال لي: لا تدري ما أحدثوا بعدك)

މާނައީ : އަނަސްގެފާނުގެ އަރިހުން ކިރިތި ރަސޫގެ ހަދީޘްފުޅުކުރައްވާފައިވެއެވެ. “ހަމަޔަޤީނުންވެސް ތިމަންކަލޭގެފާނުންގެ އުއްމަތުގެ ބަޔަކު ހަވްޟަށް އަންނަ ހުއްޓެއެވެ. ދެން އެއީ ކޮންބައެއްކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަތުމުން އެމީހުން ޙަވްޟަށް އައުން މަނާކުރެވޭ ހުއްޓެއެވެ. އެހިނދު ތިމަންކަލޭގެފާނު ވިދާޅުވާހުށީމުއެވެ. އެއީ ތިމަންކަލޭގފަނުގެ އުއްމަތުގެ މީހުންނެވެ. އެހިނދު ދެންނެވޭނެއެވެ. ކަލޭގެފާނަށްފަހު އެމީހުން ދީނުގައި ބިދުޢަ އުފެއްދިކަމަށް ކަލޭގެފާނަށް އެނގިވަޑައިއެއް ނުގަންނަވައެވެ.” މި ހަދީޘްގައި ބަޔާންކުރެވިފައި “ބިދުޢ” މި ބަހުގެ މާނައަކީ ކިރިތި ޤުރުއާނާއި ސުންނަތުން ސާބިތު ނުވާކަމެއް ދީނުގައި އަލަށް އުފެއްދުމެވެ.

نَسْأَلُ اللهَ العَافِيَةَ وَالسَّلاَمَة.

وصلى الله وسلم على نبينا محمد وعلى آله وصبه أجمعين. والحمد لله رب العالمين.