[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 13 –

  1. އަބޫ ޢުމަރު އިބްނު ޢަބްދުލްބައްރު ވިދާޅުވިއެވެ. އެކަލޭގެފާނު صلى الله عليه وسلم ބަޔާންކޮށްދެއްވާފައިވަނީ ދެގޮތަކަށެވެ.

 

ފުރަތަމައީ: ކީރިތި ޤުރުއާނުގައި އިޖުމާލީކޮށް އައިސްފައިވާ ކަންތައްތައް ބަޔާންކޮށްދެއްވުން.

އެއީ މިޘާލަކަށް ފަރުޟުފަސްނަމާދާއި އޭގެ ވަގުތާއި އޭގައި ސަޖިދަކުރުމާއި ރުކޫޢުކުރުމާ އަދިވެސް އެނޫން ޙުކުމްތަކެވެ. ހަމައެފަދައިން ޒަކާތާއި އޭގެ ނިޞާބާއި އަދާކުރަންޖެހޭ ވަޤުތާއި ޒަކާތް ވާޖިބުވާ ބާވަތްތަކާ އަދި ޙައްޖުގެ އަޅުކަންވެސްމެއެވެ. މީސްތަކުން ޙައްޖުކުރަމުން ދިޔައިރު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((خُذُوا عَنِّي مَنَاسِكَكُمْ)) [1]

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ޙައްޖުގެ އަޅުކަންތައް ދަސްކުރައްވާށެވެ.”

 

ދެވަނައީ: ޤުރުއާނުގައިވާ ޙުކުމްފުޅުތަކުގެ އިތުރަށް އެހެން ޙުކުމްތައް ބަޔާންކުރެއްވުން.

އެއީ މިޘާލަކަށް އަންހެނަކާ އޭނާގެ ބައްޕަ ފަރާތު ނުވަތަ މަންމަފަރާތު ބޮޑުދައިތައާއި ކައިވެނިކުރުން ޙަރާމްކަން ބަޔާންކުރެއްވުމެވެ. އަދި ހިމާރާ، ފޭރާދަތުން ޝިކާރަކުރާކުރާ ޖަނަވާރު ކެއުން ޙަރާމްކަން ބަޔާންކޮށްދެއްވުމެވެ. އަދި މިނޫނަސް ވަރަށް ގިނަކަންތައްތައް މީގައި ހިމެނެއެވެ.

އަދި ހަމަކަށަވަރުން ﷲ ގެ ފޮތަށް ތަބާވުމަށް އަޅުގަނޑުމެންނަށް އަމުރުކުރައްވާފައިވާފަދައިން އެއިލާހުވަނީ ނަބިއްޔާ صلى الله عليه وسلم އަށް ތަބާވުމަށްވެސް އަމުރުކުރައްވާފައެވެ. އެގޮތުން މަގުފުރެދިފައިވާ ބައެއް މީހުން ބުނެ އުޅޭހެން “ﷲ ގެ ފޮތާ އެއްގޮތްވާކަމެއްގައި އެކަލޭގެފާނަށް ތަބާވާށެވެ.”، މިފަދައިން ﷲ ތަޢާލާ ވަޙީކުރައްވާފައި ނުވެއެވެ. [2]  

= ނުނިމޭ =

_________________________________

[1] هذا جزءٌ من حديث جابر في ذكر حجة رسول الله صلى الله عليه وسلم، انظر: صحيح مسلم – كتاب الحج ٢ / ٩٤٣ ح: ٣١٠

[2] جامع بيان العلم وفضله ٢ / ١٩٠

 

އެހެނިހެން ބައިތައް