މިކަމުގައި ސަލަދުންގެ ފުށުން އައިސްފައިވާ އަޘަރުތައް ވަރަށް ގިނައެވެ.
ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ އާޔަތްތަކުގެ ތެރެއިންވާ ބިންހެލުމާއި، އިރުކޭތަ ހިފުމާއި، ގަދަ ވަޔާއި، ފެންބޮޑުވުމާއި، މިފަދަ އެހެންކަންކަން ހިނގުމުން ވާޖިބުވެގެންވަނީ ﷲ ތަޢާލާއަށް ތައުބާވުމަށް އަވަސްވެގަތުމެވެ. އަދި އެކަމުން ދިންނެވުން އެދި އެއިލާހަށް ދުޢާކުރުމެވެ. އަދި އެއިލާހުގެ ޛިކުރުކުރުން ގިނަކޮށް ފާފަ ފުއްސެވުން އެދިދެންނެވުމެވެ. އެއީ އިރުކޭތަ ހިފުމުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިފަދައިންނެވެ.
((فَإِذَا رَأَيْتُمْ شَيْئًا مِنْ ذَلِكَ، فَافْزَعُوا إِلَى ذِكْرِهِ وَدُعَائِهِ وَاسْتِغْفَارِهِ)) [11]
މާނައީ: “ފަހެ، ތިޔަބައިމީހުންނަށް އެފަދަކަމެއް ފެނުމުން ﷲ ގެ ޛިކުރުކުރުމާއި އެއިލާހަށް ދުޢާކުރުމާއި ފާފަ ފުއްސެމުމަށް އެދި ދަންނަވާށެވެ.”
އަދި ފަޤީރުންނާއި މިސްކީނުންނަށް ރަޙުމްކޮށް އެބައިމީހުންނަށް ޞަދަޤާތް ދިނުންވެސް މުސްތަޙައްބުވެގެންވެއެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްގައިވާފަދައިންނެވެ.
((ارْحَمُوا تُرْحَمُوا)) [12]
މާނައީ: “ރަޙުމްކުރާށެވެ. އޭރުން ތިޔަބައިމީހުންނަށް ރަޙުމަތްލައްވާނެއެވެ.”
((الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ، ارْحَمُوا مَنْ فِي الأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ)) [13]
މާނައީ: “(އެހެންމީހުންނަށް) ރަޙުމްކޮށް އޯގާތެރިވާ މީހުނަށް، ރަޙުމާންވަންތަ އިލާހު އޯގާތެރިވެވޮޑިގަންނަވައެވެ. ބިމުގައިވާ މީހުންނަށް ތިޔަބައިމީހުން އޯގާތެރިވާށެވެ. އޭރުން އުޑުތަކުގެ މަތީގައިވާ އިލާހު ތިޔަބައިމީހުންނަށް އޯގާތެރިވެވޮޑިގަންނަވާނެއެވެ.”
އަދިވެސް އެކަލޭގެފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިންނެވެ.
((مَنْ لا يَرْحَمُ لا يُرْحَمُ)) [14]
މާނައީ: “(އެހެން މީހުންނަށް) ރަޙުމު ނުކުރާ މީހަކަށް، ރަޙުމެއް ނުލިބޭނެއެވެ.”
އަދި ބިންހެލުން އައުމުން ޞަދަޤާތްކުރުމަށް ޢުމަރު ބުން ޢަބްދުލްޢަޒީޒް رحمه الله، އެކަލޭގެފާނުގެ އަމރުންނަށް ލިޔުއްވާކަމަށް އެކަލޭގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
އެންމެހާ ނުބައި ކަންކަމުން ދިންނެވުމާއި ސަލާމަތްކަން ލިބުމުގެ ސަބަބުތަކުގެ ތެރޭގައި، ތަންދޮރުނުދަންނަ މީހުންގެ އަތުގައި ވެރިން ހިފައި، އެބައިމީހުންނަށް ޙައްޤަށް އަމުރުކޮށް، އެބައިމީހުންގެ ތެރޭގައި ﷲގެ ޝަރީޢަތުން ޙުކުމްކޮށް، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކޮށްހެދުމަށް އަވަސްވެގަތުން ހިމެނެއެވެ. އެއީ ﷲ عز وجل ގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
﴿ وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ وَيُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ﴾ [15]
މާނައީ: “މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙުމަތް ލައްވާހުށްޓެވެ. ހަމަކަށަވަރުން، ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ އިލާހެވެ.”
އަދިވެސް ﷲ عز وجل ވަޙީކުރައްވާފައިވެއެވެ.
﴿ …وَلَيَنْصُرَنَّ اللَّهُ مَنْ يَنْصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ * الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ﴾ [16]
މާނައީ: “… ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ މީހަކަށް، އެއިލާހު ނަޞްރުދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ﷲ އީ، ބާރުވެރިވަންތަ، ޢަޒީޒްވަންތަ އިލާހުކަން ކަށަވަރެވެ. * އެއުރެންނީ، ބިމުގައި ތިމަންއިލާހު އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ.”
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿ … وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجًا * وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ … ﴾ [17]
މާނައީ: “… އަދި ﷲ އަށް ތަޤުވާވެރިވާމީހާ ދަންނާށެވެ! އެއިލާހު އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. * އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެއިލާހު އޭނާއަށް ރިޒްޤުދެއްވާނެތެވެ. އަދި ﷲ އަށް ވަކީލުކުރާމީހާ ދަންނާށެވެ! ފަހެ، އޭނާއަށް އެއިލާހު ފުދެއެވެ…”
އަދި މިމާނައިގައިވާ އާޔަތްތައް ވަރަށް ގިނައެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.
((وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ)) [18]
މާނައީ: “އޭނާގެ އަޚާގެ ޙާޖަތްތައް ފުއްދައިދިނުމުގައިވާ މީހާގެ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ.”
އަދިވެސް އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރައްވާފައިވެއެވެ.
((مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ)) [19]
މާނައީ: “ދުނިޔަވީ ދަތިކަމެއް މުއުމިނެއްގެ ކިބައިން އެއްކިބާކޮށްދީފިމީހަކަށް، ޤިޔާމަތްދުވަހުގެ ދަތިކަންތަކުގެ ތެރެއިން ދަތިކަމެއް އޭނާގެ ކިބައިން ﷲ އެއްކިބާކޮށްދެއްވާނެއެވެ. އަދި އުނގަލުގުގައިވާ މީހަކަށް ފަސޭޙަކޮށްދީފިމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ﷲ އޭނާއަށް ފަސޭޙަކޮށްދެއްވާނެއެވެ. އަދި މުސްލިމެއް ނިވާކޮށް ފަރުދާކޮށްދީމީހަކަށް، ދުނިޔެއާއި އާޚިރަތުގައިވެސް ﷲ އެމީހަކު ނިވާކޮށް ފަރުދާކޮށްދެއްވާނެއެވެ. އަދި އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައިވާހާ ހިނދަކު، އެއަޅަކަށް ވާގިވެރިވެވޮޑިގެންނެވުމުގައި ﷲ ވޮޑިގެންވެއެވެ.”
ހަމަކަށަވަރުން ﷲ ތަޢާލާ އަކީ އެންމެހާ މުސްލިމުންގެ ކަންތައްތައް އިޞްލާޙުކޮށްދެއްވާ ފަރާތެވެ. އެއިލާހު އެބައިމީހުން ދީނުގައި ފިޤުހުވެރިކުރައްވާށިއެވެ. އަދި އެކަމުގެމަތީގައި ޤާއިމުވެ ތިބުމުގެ ތައުފީޤުވެސް ދެއްވަވާނދޭވެ. އަޅުގަނޑުމެންނަށް އޮތީ އެންމެހާ ފާފަތަކުން ތައުބާވުމެވެ. އެއިލާހު މުސްލިމުންގެ އެންމެހާ ވެރިން އިޞްލާޙުކުރައްވާށިއެވެ. އަދި ޙައްޤަށް އެބައިމީހުންނަށް ނަޞްރުދެއްވާށިއެވެ. އަދި ބާޠިލުކަންކަމުން އެބައިމީހުން ދުރުކުރައްވާށިއެވެ. އަދި އަޅުތަކުންގެ މައްޗަށް ﷲ ގެ ޝަރީޢަތަށް ޙުކުމްކުރުމުގައި ވާޤިވެރިވެވަޑައިގަންނަވާފާނދޭވެ. އަދި ނުބައިކަންބޮޑު ފިތުނައާއި ޝައިޠާނާގެ ވަސްވާސްތަކުން އެބައިމީހުންނާއި އެންމެހާ މުސްލިމުން ސަލާމަތްކުރައްވާފާނދޭވެ. އެއިލާހީ އެކަންކަމަށް ކުޅަދުންވަންތަވެވޮޑިގެންވާ ފަރާތެވެ.
وصلى الله وسلم على نبينا محمد وآله وصحبه، ومن تبعهم بإحسان إلى يوم الدين.
ސުޢޫދީ ޢަރަބިއްޔާގެ މުފްތީ
އަދި ޢިލްމުވެރިންގެ މަޖިލިހާއި ޢިލްމީ ބަހުޘްތައްކޮށް ފަތުވާދޭ އިދާރާގެ ރައީސް
ޢަބްދުލްޢަޒީޒް ބުން ޢަބްދުﷲ ބިން ބާޒް
=ނިމުނީ=
________________________________________________
[11] رواه البخاري في الجمعة برقم 999، ومسلم في الكسوف برقم 1518.
[12] رواه أحمد في مسند المكثرين برقم 6255.
[13] رواه الترمذي في البر والصلة برقم 1847.
[14] رواه البخاري في الأدب برقم 5538، ورواه الترمذي في البر والصلة برقم 1834.
[15] سورة التوبة الآية 71.
[16] سورة الحج الآيتان 40 – 41.
[17] سورة الطلاق الآيتان 2 – 3.
[18] رواه البخاري في المظالم والغصب برقم 2262، ومسلم في البر والصلة والأدب برقم 4677 واللفظ متفق عليه.
[19] رواه مسلم في الذكر والدعاء والتوبة برقم 4867، ورواه الترمذي في البر والصلة برقم 1853.