[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢައުރަ ނިވާކުރުމުގައި ފަރުވާކުޑަކުރުން 2

aura nivaakurun faruvaakuda

 

* ނަބަވީ ސުންނަތުން ޢައުރަ ނިވާކުރުމަށްވާ ބައެއް ދަލީލުތައް

ޢައުރަ ނިވާކުރުމާގުޅޭގޮތުން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން ޙަދީޘްތައް ވާރިދުވެގެން އައިސްފައިވެއެވެ.

– عَنْ بَهْزِ بْنِ حَكِيمٍ، عَنْ أَبِيهِ، عَنْ جَدِّهِ، قَالَ: قُلْتُ يَا رَسُولَ اللَّهِ عَوْرَاتُنَا مَا نَأْتِي مِنْهَا وَمَا نَذَرُ؟ قَالَ: ((احْفَظْ عَوْرَتَكَ إِلَّا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُك)) قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِذَا كَانَ الْقَوْمُ بَعْضُهُمْ فِي بَعْضٍ؟ قَالَ: ((إِنِ اسْتَطَعْتَ أَنْ لَا يَرَيَنَّهَا أَحَدٌ فَلَا يَرَيَنَّهَا)) قَالَ: قُلْتُ: يَا رَسُولَ اللَّهِ إِذَا كَانَ أَحَدُنَا خَالِيًا؟ قَالَ: ((اللَّهُ أَحَقُّ أَنْ يُسْتَحْيَا مِنْهُ مِنَ النَّاسِ)) [رواه أبو داود ، وحسنه الألباني]

މާނައީ: ބަހްޒު ބިން ޙަކީމް އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން އެކަލޭގެފާނުގެ ކާފާފުޅު ވިދާޅުވިކަމަށް ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ޢައުރަ ނިވާކުރާއިރު ފޮރުވާނީ އަދި ދޫކޮށްލާނީ ކޮންތަނެއް ހެއްޔެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަނބިމީހާ ނުވަތަ ތިބާއަށް މިލްކުވެގެންވާ އަޅު އަންހެނާ ފިޔަވާ އެހެން މީހުންގެ ކިބައިން ތިބާގެ ޢައުރަ ރައްކާތެރިކުރާށެވެ.” ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެންގެ ތެރެއިން އެއްބަޔަކު އަނެއްބަޔެއްގެ ތެރޭގައިވާއިރު ކިހިނެތްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “ތިބާއަށް ކުޅަދާނަވެގެންވާނަމަ އެބައިމީހުންގެ ތެރެއިން މީހަކަށް ފެނުނަ ނުދޭށެވެ.” ވިދާޅުވިއެވެ. “ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެންގެ ތެރެއިން މީހަކު އެކަނި ވާނަމަ ކިހިނެތްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނަށްވުރެ ﷲ އަށް ލަދުވެތިވުން ޙައްޤުކަން ބޮޑެވެ.”

– ((غَطِّ فَخِذَكَ فَإِنَّ الْفَخِذَ عَوْرَةٌ)) [صححه الالباني في صحيح الجامع]

މާނައީ: “ފަލަ މަސްގަނޑު ނިވާކުރާށެވެ. ފަހެ، ހަމަކަށަވަރުން ފަލަ މަސްގަނޑަކީ ޢައުރައެކެވެ.”

– ފަހެ، މީހަކު ބުނެފާނެއެވެ. “މީހަކު އެކަނި ހުންނައިރު އޭނާގެ ޢައުރަ ކަޝްފުކުރުން ހުއްދަވާނެ ހެއްޔެވެ؟” ޢިލްމުވެރިންވަނީ މިސުވާލަށް ޖަވާބު ދެއްވާފައެވެ. އެއީ އެކަމަށް ޙާޖަތެއް އޮތްނަމަ އެކަން ހުއްދަ ވެގެންވެއެވެ. އެއީ މިޘާލަކަށް ޤަޟާ ޙާޖާކުރުމަށް ނުވަތަ ޢައުރަ ގުނަވަން ވަށައިގެންވާ އިސްތަށިތައް ބޭލުމަށް ނުވަތަ އަނބިމީހާއާއެކު ޖިމާޢުވުމަށެވެ. އެކަމަށް ޙާޖަތެއް ނެތްކަމަ އޮތީ ރަސޫލުﷲ صلى الله عليه وسلم އާއެފަދައިން ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވި ބަސްފުޅެވެ.

((اللَّهُ أَحَقُّ أَنْ يُسْتَحْيَا مِنْهُ مِنَ النَّاسِ)) [رواه أبو داود ، وحسنه الألباني]

މާނައީ: “މީސްތަކުންނަށްވުރެ ﷲ އަށް ލަދުވެތިވުން ޙައްޤުކަން ބޮޑެވެ.”

 

=ނުނިމޭ=

_________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

މިލިޔުމުގެ އެހެންބައިތައް