[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (18)

ޖިންނީން ލައްވާ މިފަދަ ކަންކަން ކުރުވާ މީހުންގެ ދަޢުވާއަކީ ސުލައިމާނުގެފާނު ވެސް ހަމަ އެފަދައިން ޖިންނީން ލައްވާ ކަންކަން ކުރުވިއެވެ. ސުލައިމާނުގެފާނު އަވަހާރަވުމުން ޖިންނީން ސިޙުރާއި ކުފުރުގެ ފޮތްތައް ލިޔެ އެކަލޭގެފާނުގެ ގޮނޑިކޮޅުގެ ދަށަށް ލުމަށްފަހު، ސުލައިމާނުގެފާނު ޖިންނީން ލައްވާ ކަންކަން ކުރުވަނީ އެފަދައިންކަމަށް އެސޮރުމެން ބުނިކަމަށް ސަލަފުންގެ އެތައް ޢިލްމުވެރިން ޛިކުރު ކުރައްވަފައިވެއެވެ. ފަހެ، މިގޮތުން އަހުލުކިތާބީން ސުލައިމާނުގެފާނަށް ބަދުބަސް ރައްދުކުރިއެވެ.

އަދި އަނެއް ބަޔަކު ބުންޏެވެ. އެއީ ޙައްޤުކަމުގައި ނުވާނަމަ ސުލައިމާނުގެފާނު އެފަދައިން ކަންތައް ނުކުރެއްވީހެވެ. މިދެބައިމީހުންވެސް ވަނީ މަގުފުރެދިފައެވެ. އެއްބަޔަކު ސުލައިމާނުގެފާނަށް ބަދުބަސް ބުނެގެންނެވެ. އަދި އަނެއްބައިމީހުން ސިޙުރަށް ތަބާވެގެންނެވެ.

އެގޮތުން ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

﴿وَلَمَّا جَاءَهُمْ رَسُولٌ مِّنْ عِندِ اللَّـهِ مُصَدِّقٌ لِّمَا مَعَهُمْ نَبَذَ فَرِيقٌ مِّنَ الَّذِينَ أُوتُوا الْكِتَابَ كِتَابَ اللَّـهِ وَرَاءَ ظُهُورِهِمْ كَأَنَّهُمْ لَا يَعْلَمُونَ [١٠١] وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ۚوَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ [١٠٢] وَلَوْ أَنَّهُمْ آمَنُوا وَاتَّقَوْا لَمَثُوبَةٌ مِّنْ عِندِ اللَّـهِ خَيْرٌ ۖ لَّوْ كَانُوا يَعْلَمُونَ [١٠٣]﴾ [سورة البقرة ]

މާނައީ: “އަދި އެއުރެންނާއެކުގައިވާ ފޮތް ތެދުކުރައްވާ ރަސޫލަކު ﷲގެ ޙަޟްރަތުން އެއުރެންގެ ގާތަށް ވަޑައިގަތްހިނދު، ފޮތް ލިބުނު މީހުންގެ ތެރެއިން ބަޔަކު ﷲގެ ފޮތް އެއުރެންގެ ފުރަގަހަށް އެއްލައިލިއެވެ. (އެއީ ﷲ ބާވައިލެއްވި ފޮތެއްކަންވެސް) އެއުރެން ނުދަންނަ ކަހަލައެވެ. [101] އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވާ އުޅުނު ތަކެއްޗަށް އެއުރެން ތަބާވިއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު އެޝައިޠާނުން ކާފިރުވިއެވެ. އެއުރެން މީސްތަކުންނަށް ސިޙުރު އުނގަންނައިދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި މާރޫތާ ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް އެއުރެން ތަބާވިއެވެ. ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ، (އެ ދަސްކޮށްގެން) ކާފިރުނުވާށޭ ވިދާޅުވެ (ނަސޭހަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާއާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅުނެވެ. ﷲގެ އިޛުނަފުޅާ ލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެއެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކާލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ. [102] ހަމަކަށަވަރުން، އެއުރެން އީމާންވެ ތަޤުވާވެރިވިނަމަ، ﷲގެ ޙަޟްރަތުން (އެއުރެންނަށް) ހުރި ޘަވާބުގެ ހެޔޮކަން މާބޮޑެވެ. އެއުރެން އެކަން ދަންނަ ކަމުގައިވި ނަމައެވެ. [103]”

(ﷲގެ އިޛުނަފުޅާ ލައިގެން މެނުވީ) އެއިން ގެއްލުމެއް ނުދެވޭނެކަމާ އަދި ފައިދާއެއްވެސް ނުކުރާނެކަން އެއިލާހު އެވަނީ ބަޔާންކޮށްދެއްވާފައެވެ. ފައިދާއަކީ: ޚާލިޞު ހެޔޮކަމެވެ. ނުވަތަ އެކަމެއްގައި ހެޔޮކަން ބޮޑުވެގެންވާ ކަންކަމެވެ. އަދި ގެއްލުމަކީ: އެއީ ޚާލިޞް ނުބައިކަމެވެ. ނުވަތަ އެކަމެއްގައި ނުބައިކަން ބޮޑު ކަންކަމެވެ. އެހެންކަމުން މިކަމުގެ ނުބައިކަމީ ޚާލިޞް ނުބައިކަމެވެ. ނުވަތަ އެކަމުގައި ނުބައިކަން ބޮޑުވެގެންވާ ކެމެކެވެ.

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.