ނަރަކައިގައި އެންމެ ގިނައީ އަންހެނުން
ﷲ ތަޢާލާ އެއްކައުވަންތަކަމަށް ހެކިވި ފާފަވެރީންގެ ތެރެއިން އެންމެ ގިނައިން ނަރަކަޔަށް ވަންނާނެ ބަޔަކީ އަންހެނުންނެވެ. އިބްނު ޢައްބާސް رَضِيَ اللَّهُ عَنْهُ ގެ ކިބައިން އައިސްފައިވެއެވެ. އިރުކޭތަ ހިފުމުން ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވި ޚުޠުބާގައި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((. . .أُرِيتُ النَّارَ، فَلَمْ أَرَ مَنْظَرًا كَاليَوْمِ قَطُّ أَفْظَعَ، وَرَأَيْتُ أَكْثَرَ أَهْلِهَا النِّسَاءَ))1
މާނައީ: ތިމަން ކަލޭގެފާނަށް ނަރަކަ ދެއްކެވުނެތެވެ. އަދި އެއަށްވުރެ ހަޑިމުޑުދާރު މަންޒަރެއް ތިމަން ކަލޭގެފާނު ދުވަހަކުވެސް ނުދެކެމެވެ. އަދި އެތަނުގެ ގިނަ މީސްތަކުންނަކީ އަންހެނުންކަމުގައި ވަނިކޮށް ދެކިވަޑައިގަތީމެވެ.”
އަދި އަބޫ ސަޢީދުލް ޚުދްރީ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
((يَا مَعْشَرَ النِّسَاءِ تَصَدَّقْنَ فَإِنِّي رَأَيتُكُنَّ أَكْثَرَ أَهْلِ النَّارِ فَقُلْنَ: وَلِمَ ذَلِك يَا رَسُولَ اللَّهِ؟ قَالَ: «تُكْثِرْنَ اللَّعْنَ، وَتَكْفُرْنَ العَشِيرَ. . .))2
މާނައީ: އޭ އަންހެން ބޭކަނބަލުންނޭވެ. ތިޔަކަނބަލުން ޞަދަޤާއި ދޭށެވެ. ހަމަކަށަވަރުން ނަރަކައިގައި ގިނަ މީހުންނަކީ އަންހެން ކަނބަލުންކަމުގައި ވަނިކޮށް ތިމަން ކަލޭގެފާނު ދެކިވަޑައިގަތީމެވެ. އެކަބަލުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކީއްވެތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ތިޔަކަނބަލުން މީސްތަކުންނަށް ލަޢުނަތްދީ ގޮވާލެއް ގިނަކަމުންނެވެ. އަދި ފިރިމީހާގެ އިޙްސާންތެރިކަމަށް ކާފިރުވާ ކަމުންނެވެ.”
އަދި އުސާމާ ބުން ޒައިދު رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
((. . .وَقُمْتُ عَلَى بَابُ النَّارِ فَإِذَا عَامَّةُ مَنْ دَخَلَهَا النِّسَاءُ))3
މާނައީ: “އަދި ތިމަން ކަލޭގެފާނު ނަރައިކައިގެ ދޮރު މަތީގައި ހުއްޓުނީމެވެ. އެހިނދު އެތަނުގެ ގިނަ އަހުލުވެރިންނަކީ އަންހެނުން ކަމުގައި ވަނިކޮށް ދެކިވަޑައިގަތީމެވެ.”
އަދި ޢިމްރާން ބުން ޙުސައިން رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.
((إِنَّ أَقَلَّ سَاكِنِي الْجَنَّةِ النِّسَاءُ))4
މާނައީ: “ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މަދުބަޔަކީ އަންހެނުންނެވެ”
ކޮންމެ ސުވަރުގެ ވަންތަވެރިއެއްގެ އެއް އަންބަކަށްވުރެ ގިނައިން އަނބިން ތިބޭކަމަށް ވާރިދުވެގެން އައިސްފައިވާ ވުމާއި މިޙަދީޘްއާއި ތަޢާރުޟްވުމެއް ނުވެއެވެ. އެހެނީ ނަރަކައިގައި ގިނަ މީހުންނަކީ އަންހެން ކަނބަލުންކަމުގައި އައިސްފައިވާ ޙަދީޘްގެ މުރާދަކީ އާދަމުގެ ދަރީންގެ ތެރެއިންނެވެ. އެހެންނަމަވެސް ސުވަރުގޭގައި ކޮންމެ މީހަކަށް ލިބިގެންވާ އަނބީންގެ އަދަދު ގިނަވަނީ އެބައިމީހުންގެ އަނބީންނަކީ ޙޫރުލް ޢީނުން ކަމުގައި ވުމުންނެވެ.
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه البخاري و مسلم
[2] رواه البخاري و مسلم
[3] رواه البخاري و مسلم
[4] رواه البخاري و مسلم