[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بُلُوغُ اَلْمَرَامِ ގެ كِتَابُ اَلصِّيَامِ (5 ވަނަ ބައި)- ޙަދީޘް ނަންބަރު: 528 އަދި 529

بُلُوغُ اَلْمَرَامِ مِنْ أَدِلَّةِ اَلْأَحْكَامِ  - غلاف4

528 ވަނަ ޙަދީޘް:

528- وَعَنِ اِبْنِ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا (( أَنَّ أَعْرَابِيًّا جَاءَ إِلَى اَلنَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ فَقَالَ: إِنِّي رَأَيْتُ اَلْهِلَالَ، فَقَالَ: أَتَشْهَدُ أَنْ لَا إِلَهَ إِلَّا اَللَّهُ ؟  قَالَ: نَعَمْ، قَالَ: أَتَشْهَدُ أَنَّ مُحَمَّدًا رَسُولُ اَللَّهِ ؟ قَالَ: نَعَمْ ، قَالَ: فَأَذِّنْ فِي اَلنَّاسِ يَا بِلَالُ أَنْ يَصُومُوا غَدًا ))  رَوَاهُ اَلْخَمْسَةُ، وَصَحَّحَهُ اِبْنُ خُزَيْمَةَ، وَابْنُ حِبَّانَ، وَرَجَّحَ النَّسَائِيُّ إِرْسَالَهُ.

اِبْنُ عَبَّاسٍ رَضِيَ اَللَّهُ عَنْهُمَا ގެ ކިބައިން ރިވާވެގެން ވެއެވެ. اَلنَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَގެ އަރިހަށް އަޢުރާބީއެއް އައިސް ދެންނެވިއެވެ. ”ތިމަންނައަށް ހަނދުފެނިއްޖެއެވެ.” އެހިނދު ހަދިޘްކުރެއްވިއެވެ. { ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަމަށް ތިބާ ހެކިވަމުހެއްޔެވެ؟}  އޭނާ ދެންނެވިއެވެ. ” އާނއެކެވެ.” ހަދިޘްކުރެއްވިއެވެ. { مُحَمَّد صَلَى اللَّهُ عَلَيْه وَسَلَّمَ އީ ﷲގެ ރަސޫލާކަމަށް ތިބާ ހެކިވަމުހެއްޔެވެ؟} އޭނާ ދެންނެވިއެވެ. ” އާނއެކެވެ. ” ހަދިޘްކުރެއްވިއެވެ. { އޭ ބިލާލެވެ. މާދަމާ ރޯދަ ހިފުމަށް މީސްތަކުންނަށް ގޮވާލައްވާށެވެ. }

މިޙަދީޘް ފަސްބޭފުޅުން ރިވާކުރެއްވިއެވެ. الإِمَامُ اِبْنُ خُزَيْمَةَ އަދި الإِمَامُ ابْنُ حِبَّانَ  ޞައްޙަ ކުރައްވާފައިވެއެވެ. މުރުސަލު ހަދީޘްއެއްކަމަށް النَّسَائِيُّ ރާޖިޙްކުރެއްވިއެވެ.

(ނޯޓް: މުރުސަލު ޙަދީޘަކީ ރަސޫލާ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘްކުރެއްވިޔޭ ވިދާޅުވެ ޞަޙަބީއެއް ނުހިމެނޭގޮތައް ތާބިޢީ ބޭކަލަކު ރިވާކުރައްވާ ޙަދީޘްތަކެވެ. މިފަދަ ޙަދީޘްތަކަކީ ޟަޢީފު (ބަލި) ޙަދީޘްތަކެވެ.

މިޙަދީޘް މީ ޞައްޙަ ނުވަތަ ބަލި ޙަދީޘްއެއްތޯ ވަނީ ޙަދީޘް ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދިފައެވެ. މަތީގައި ވާފަދައިން الإِمَامُ اِبْنُ خُزَيْمَةَ އާއި الإِمَامُ ابْنُ حِبَّانَ އަދި  الإِمَامُ الحاكم  ޞައްޙަ ކުރައްވާފައިވެއެވެ. އަދި الإِمَامُ الذهبي ވެސް އެކަމާއި އެއްބަސްވެލައްވައެވެ. އެޔާއިޚިލާފަށް ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ މިހަދީޘް ރިވާކުރެވިފައިވަނީ ސަނަދުގައި މެދުކެނޑުމެއްވެ މުރުސަލު ޙަދީޘްއެއްގެ ގޮތުގައި ކަމަށެވެ. الإِمَامُ الحاكم ގެ ބަސްފުޅަށް އިޝާރާތްކުރައްވާ الشَيْخُ الأَلْباَنِي ވިދާޅުވެފައި ވެއެވެ. ” އެބަސްފުޅާއި މެދު ވިސްނުން ހުއްޓެވެ. އެހެނީ ހަދީޘްގެ ސަނަދުގައިވާ ރާވީ سَمَّاكُ بن حَرْب އަކީ ޙަދީޘްގެ ސަނަދު ނުވަތަ މަތަން ގެނައުމުގައި ތަރައްދުދުވާ ބޭފުޅެކެވެ. އަދި މިޙަދީޘްއަކީ މުރުސަލު ޙަދީޘެއްކަމަށް ހަދީޘް ނެރުއްވާ ޢިލްމުވެރިންގެ ޖަމާޢަތަކުން ރާޖިޙްކުރައްވާފައި ވެއެވެ.”

އެހެންކަމުން މިއީ ޟަޢީފު ޙަދީޘެކެވެ.

މަސްދަރު:

  • خُلَاصَةُ الْكَلَاِم فِي تَخْرِيْجِ أَحَادِيْثِ بُلُوْغِ الْمَرَام؛ ލިޔުއްވިالشَيْخُ خَالِدُ بْنُ ضَيْفِ الله الشَلَاحِي
  • تَوْضِيْحُ الْأَحْكَامِ مِنْ بُلُوْغِ الْمَرَامِ؛ ލިޔުއްވީ اَلشَّيْخُ عَبْدُالله بْنُ عَبْدُالرَّحْمن البَسَّام)

529 ވަނަ ޙަދީޘް:

529- وَعَنْ حَفْصَةَ – أُمِّ اَلْمُؤْمِنِينَ – رَضِيَ اَللَّهُ عَنْهَا، عَنِ اَلنَّبِيِّ صَلَى اللَّهُ عَلَيْه وَسَلَّمَ قَالَ: (( مَنْ لَمْ يُبَيِّتِ اَلصِّيَامَ قَبْلَ اَلْفَجْرِ فَلَا صِيَامَ لَهُ ))  رَوَاهُ اَلْخَمْسَةُ، وَمَالَ التِّرْمِذِيُّ وَ النَّسَائِيُّ إِلَى تَرْجِيحِ وَقْفِهِ, وَصَحَّحَهُ مَرْفُوعًا اِبْنُ خُزَيْمَةَ، وَابْنُ حِبَّانَ.

وَلِلدَّارَقُطْنِيِّ: (( لَا صِيَامَ لِمَنْ لَمْ يَفْرِضْهُ مِنَ اَللَّيْلِ )) .

أُمُّ اَلْمُؤْمِنِينَ حَفْصَةُ رَضِيَ اَللَّهُ عَنْهَا ގެ ކިބައިން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. { ފަޖުރުވުމުގެ ކުރިން ރޯދައަށް ހުރުމަށް ނިޔަތްނުގަންނަ މީހާއަށް ރޯދައެއް ނުވެއެވެ.}

މިޙަދީޘް ފަސްބޭފުޅުން ރިވާކުރެއްވިވެއެވެ. (އެބަހީ: الإِمَامُ أَحْمَدُ، الإِمَامُ أَبُو دَاوُدَ ، الإِمَامُ التِّرْمِذِي، الإِمَامُ النَّسَائِي، الإِمَامُ اِبْنُ مَاجَهْ. މި ފަސް ބޭފުޅުންނެވެ.) އަދި މިޙަދީޘް ރާޖިޙް ވަނީ މައުޤޫފް ހަދީޘެއްކަމަށް النَّسَائِيُّ އާއި اَلتِّرْمِذِيُّ ބުރަވެވަޑައިގަންނަވައެވެ. އަދި الإِمَامُ اِبْنُ خُزَيْمَةَ އަދި الإِمَامُ ابْنُ حِبَّانَ  މިއީ މަރުފޫޢު ހަދީޘެއްގެގޮތުގައި ޞައްޙަ ކުރައްވާފައިވެއެވެ.

އަދި الدَّارَقُطْنِيّ ރިވާކުރައްވާފައި ވެއެވެ. { ރޭން ފެށިގެން ރޯދަހުރުމަށް ލާޒިމްވެ ނުގަންނަ މީހާއަށް ރޯދައެއް ނުވެއެވެ.}

(ނޯޓް: މައުޤޫފު ޙަދީޘްއޭ ބުނެވޭ ބަހުގެ މުރާދަކީ އެހަދީޘްގައި އެވާ ބަސްފުޅު އެ ޙަދީޘް ރިވާކުރިޞަޙާބީއަށް ނިސްބަތްކުރުމެވެ. އެފަދަ ޙާލަތެއްގައި ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ގެ އަރިހުން ގެންނެވި ޙަދީޘަކަށްވާނެތޯ ކުރެވޭ ސުވާލުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޤިޔާމަތް ދުވަހާއި އަދި މުސްތަޤުބަލުގެ ކަންކަން ފަދަ އަމިއްލަ އިޖުތިހާދުން ބަޔާން ކޮށްނުދެވޭނެ ފަދަ މަޢުލޫމާތު ހިމެނޭ އެފަދަ ޙަދީޘްތަކަކީ ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ގެ އަރިހުން ނަންގަވާފައިވާ ހަދީޘެކެވެ. އެޔާޚިލާފަށް އަމިއްލަ އިޖުތިހާދުން ބަޔާންކުރެވޭ ފަދަ ކަންކަން ހިމެނޭނަމަ އެ ހަދީޘް ނިސްބަތް ކުރާނީ އެ ސަޙަބީއަކަށެވެ.

މަރުފޫޢު ޙަދީޘް އަކީ ރިވާކުރެއްވި ޞަޙާބީ ސީދާ ނަބިއްޔާ صَلَى اللَّهُ عَلَيْه وَسَلَّمَ ގެ އަރިހުން ނެންގެވިކަމަށް ސާބިތުވާ ޙަދީޘްފުޅުތަކެވެ.

މަތީގައިވާ حَفْصَةُ رَضِيَ اَللَّهُ عَنْهَا ގެ ޙަދީޘްގެ ޞައްޙަކަމާއިމެދު ޙަދީޘް ޢިލްމުވެރިންގެ މެދުގައި ރައުޔު ތަފާތު ވެފައިވެއެވެ. ރާޖިޙް ގޮތަކީ މި ޙަދީޘް މީ ޞައްޙަ އޭގެން ހުއްޖަތް ނެގޭ ހަދީޘެކެވެ.

މަސްދަރު:

  • خُلَاصَةُ الْكَلَاِم فِي تَخْرِيْجِ أَحَادِيْثِ بُلُوْغِ الْمَرَام؛ ލިޔުއްވިالشَيْخُ خَالِدُ بْنُ ضَيْفِ الله الشَلَاحِي
  • تَوْضِيْحُ الْأَحْكَامِ مِنْ بُلُوْغِ الْمَرَامِ؛ ލިޔުއްވީ اَلشَّيْخُ عَبْدُالله بْنُ عَبْدُالرَّحْمن البَسَّام
  • فَتْحُ ذِيْ الْجَلَالِ وَالْإِكْرَامِ بِشَرْحِ بُلُوْغِ الْمَرَامِ؛ ލިޔުއްވީ اَلشَّيْخُ مُحَمَّد بْنُ صَالِح الْعُثَيْمِيْن)

-ނުނިމޭ-

ކުރީގެ ބައިތައް ބެއްލެވުމަށް މިލިންކަށް ޒިޔާރަތްކޮށްލައްވާ