[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 2 ޖަވާބުތައް )

thauheedh 5

ފުރަތަމަ ފިލާވަޅު:  ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުން

  1. ފަހެ މިކަލިމައިން ޘާބިތުކުރަނީ ޙައްޤުވެގެން އަޅުކަންކުރެވޭ ހަމައެކަނި ފަރާތަކީ ﷲ ކަމެވެ. އަދި ނަފީކުރަނީ ﷲ ފިޔަވާ އަޅުކަންކުރެވޭ އެންމެހާ ފަރާތްތަކެވެ.
  2. މިކައުނު ޚަލްޤުކުރައްވާ އަދި ތަދުބީރުކުރައްވަނީ ﷲ ތަޢާލާއެވެ. އެކަމުގައި އެއިލާހަށް ބައިވެރިއަކު ޝަރީކަކު ނުވެއެވެ. އެހެންކަމުން ހަމައެކަނި އެއިލާހަށް ތިބާ އަޅުކަންކުރުން ވާޖިބުވެގެންވެއެވެ.
  3. (شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ) [آل عمران: ١٨]

މާނައީ: “ހަމަކަށަވަރުން، ﷲ، އެއިލާހު ފިޔަވައި (ޙައްޤުގޮތުގައި އަޅުކަންވެވޭ) އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. “

  1. މުސްލިމުންނަށް އެބައިމީހުންގެ ދީނާމެދު ޢަމަލުކުރުން ވާޖިބުވެގެންވަނީ އިސްލާމްދީނަށް ވަނުމަށް މީސްތަކުން އިންކާރުކުރިޔަސް، އޭގެ ސަބަބުން މުސްލިމުއަޅާ އޭނާގެ އިސްލާމްކަން އިޢުލާނުކުރުމާއި އެއަށް ދަޢުވަތުދިނުމުން އެއްކިބާނުވުމެވެ.

 – وَإِذْ قَالَ إِبْرَاهِيمُ لِأَبِيهِ وَقَوْمِهِ إِنَّنِي بَرَاءٌ مِّمَّا تَعْبُدُونَ ﴿٢٦﴾ إِلَّا الَّذِي فَطَرَنِي فَإِنَّهُ سَيَهْدِينِ ﴿٢٧﴾

މާނައީ: “އިބްރާހީމު (ޢަލައިހިއްސަލާމު) އެކަލޭގެފާނުގެ ބައްޕައަށާއި، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަޅުކަންކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވަމެވެ. [26] އިސްވެދިޔަ މިސާލަކާ ނުލައި ތިމަން ހެއްދެވި އިލާހު މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއިލާހު ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވާނެތެވެ. [27] “

–  ﴿وَإِلَىٰ عَادٍ أَخَاهُمْ هُودًا قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ … ﴾ [سورة الأعراف٦٥]

މާނައީ: “އަދި ތިމަންއިލާހު ޢާދުބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚާ، ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި، (ޙައްޤުގޮތުގައި އަޅަކަންވެވޭ) އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.

ދެވަނަ ފިލާވަޅު: މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުން

  1. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގައި ހިމެނެނީ:

 ﷲ ތަޢާލާ، އެކަލޭގެފާނު ފޮނުއްވީ އެންމެހާ މީސްތަކުންގެ ގާތަށް ޙައްޤު ދީނާއިގެންކަމަށް އީމާންވުން.

އެކަލޭގެފާނު ގެނެސްދެއްވި އެންމެހާ ޚަބަރެއް ތެދުކުރުން. އެއީ ﷲ ތަޢާލާއާއި މަލާއިކަތުންނާއި ނަބީބޭކަލުންނާއި އާޚިރަތްދުވަހާ އަދި މީނޫނަސް ޚަބަރުތައް ތެދުކުރުމެވެ.

 އެކަލޭގެފާނުގެ ޝަރީޢަތަށް ފުރިހަމައަށް ތަބާވުން.

 ދީނަށް އުނިއިތުރު ގެނެސް، ބިދުޢަތައް ހެދުމުން ދުރުހެލިވުން.

  1. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގައި ހިމެނިގެންވާ ކަންތައްތަކުގެ ތެރޭގައި: ﷲ ތަޢާލާ، އެކަލޭގެފާނު ފޮނުއްވީ އެންމެހާ މީސްތަކުންގެ ގާތަށް ޙައްޤުދީނާއިގެންކަމަށް އީމާންވުން ހިމެނެއެވެ. އަދި މިއީމާންކަމުން ލާޒިމުވަނީ އެކަލޭގެފާނު ގެނެސްދެއްވި އެންމެހާ ޚަބަރެއް ތެދުކުރުމެވެ . އެއީ ތަޢާލާއާއި މަލާއިކަތުންނާއި ނަބީބޭކަލުންނާއި އާޚިރަތްދުވަހާ ބެހޭގޮތުން އަދި މީނޫނަސް އެކަލޭގެފާނު ގެނެސްދެއްވި ޚަބަރުތަކެވެ.

 

ތިންވަނަ ފިލާވަޅު: އިސްލާމްކަމުގެ އެހެނިހެން ރުކުންތަކުގެ ދަލީލުތައް

 

  1. އިސްލާމްކަމުގެ ރުކުންތަކަކީ ޝަހާދަތުގެ ދެކަލިމައަށް ހެކިވުމާއި ނަމާދު ޤާއިމުކުރުމާއި ޒަކާތްދިނުމާއި ރަމަޟާންމަހު ރޯދަހިފުމާއި ކުޅަދާނަކަން ލިބިގެންވާމީހާ ކަޢުބަތުއްﷲ ގެފުޅަށް ޙައްޖުވުމެވެ.
  2. އިސްލާމްކަމުގެ ތަނބަކީ ނަމާދުކަމުގައިވީ ޝަހާދަތުގެ ދެކަލިމައަށް ފަހު ފުރިހަމައަށް ހެކިވެވޭނީ އެކަން އަދާކޮށްގެންނެވެ.
  3. މިއާޔަތުގައި މުޚާޠަބުކުރެވިގެންވަނީ އީމާންވިމީސްތަކުންނާއެވެ.

ans 3

  1. ޒަކާތާއި ރޯދައާ އަދި ޙައްޖުކުރުމުގެ ވާޖިބުކަން ބަޔާންކޮށްދޭ ދަލީލުތައް

﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ﴾ [البينة: ٥]

މާނައީ: “ކިޔަމަންތެރިކަން ﷲއަށް ޚާލިޞްކުރާޙާލު ޙުނަފާއިންގެ ގޮތުގައި (އެބަހީ: ތައުޙީދުގެ މަގަށް ލެނބިހުރެ) ﷲ އަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ އެބައިމީހުންނަށް އަމުރުވެވިގެންނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ﴾ [البقرة: ١٨٣]

މާނައީ: “އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީ މީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރެވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

﴿…وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَن كَفَرَ فَإِنَّ اللَّـهَ غَنِيٌّ عَنِ الْعَالَمِينَ﴾ [آل عمران: ٩٧]

މާނައީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެގެފުޅަށްގޮސް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާ) ދެކޮޅުހަދައިފި މީހާ، (ދަންނައެވެ.) ފަހެ، ހަމަކަށަވަރުން، ﷲއީ، އެންމެހާ ޢާލަމްތަކަށް (ބޭނުންވެވޮޑިގަތުމުން) ފުދިވޮޑިގެންވާ އިލާހެވެ.”

ހަތަރުވަނަ ފިލާވަޅު:  ދެވަނަ ހަރުފަތް – އީމާންކަން

 

  1. އީމާންކަމުގެ އެންމެ މަތީ ދަރަޖައަކީ لَا إِله إِلَّا الله ކިޔުމެވެ .އަދި އެންމެ ދަށުދަރަޖައަކީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށްލުމެވެ.
  2. އަންނަނިވި ހުސްތަންތަން ފުރާށެވެ.

ހިތުން ތެދުކުރުމާއި ދުލުން އިޤުރާރުވުމާއި ގުނަވަންތަކުންޢަމަލުކުރުން އީމާންކަމުގައި ހިމެނެއެވެ.

  1. އީމާންކަމުގައި ހިމެނެނީ:

(أ) ހިތުން ތެދުކުރުމާއި ގުނަވަންތަކުގެ ޢަމަލުތައް

(ب) ދުލުން އިޤުރާރުވުން

(ج) ހަމައެކަނި ޢަމަލުކުރުން

(د) (أ) އަދި (ب)

  1. އީމާންކަމުގެ ތިން ރުކުނެއް އޭގެ ދަލީލާއެކު ބަޔާންކުރާށެވެ.

﴿لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ  …﴾ [البقرة: ١٧٧]

މާނައީ: “ހެޔޮކަމަކީ (ނަމާދުގައި) އިރުމަތީފަރާތާއި ހުޅަނގުފަރާތަށް )ނުވަތަ ވަކިފަރާތަކަށް) ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރުމެއް ނޫނެވެ. އަދި ކިއެއް، (އަޞްލު، ޙަޤީޤީ) ހެޔޮކަމަކީ ﷲ އާއި، އާޚިރަތްދުވަހާއި، މަލާއިކަތުންނާއި، ފޮތްތަކާއި، ނަބީބޭކަލުންނަށް އީމާންވުމެވެ…”

  1. މިންވަރަށް އީމާންވުމުގެ ދަލީލު ބަޔާންކުރާށެވެ

﴿إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ﴾ [القمر: ٤٩]

މާނައީ: “ހަމަކަށަވަރުން ކޮންމެ އެއްޗެއް (އަދި ކޮންމެ ކަމެއް) ތިމަން އިލާހު ހެއްދެވީ ކަނޑައެޅިގެންވާ މިންވަރަކަށެވެ.”

ފަސްވަނަ ފިލާވަޅު: ތިންވަނަ ހަރުފަތް – އިޙްސާންކަން

 

  1. ދީނުގެ ތިންހަރުފަތަކީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމެވެ.
  2. އިޙްސާންކަމަކީ އެއީ ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަންކުރުމެވެ. އެގޮތަށް އަޅުކަން ނުކުރެވޭނަމަ އެ އިލާހު ތިބާ ދެކެވޮޑިގެންވާކަން އެނގިހުރެ އަޅުކަންކުރުމެވެ.
  3. އިޙްސާންކަން ހިމެނިގެންވަނީ:

 ނިޔަތް : އެއީ ދެއްކުންތެރިކަމާއި ނިފާޤުކަމުން އެ ސަލާމަތްކުރުމެވެ.

ޢަމަލު : އެއީ ޝަރީޢަތުގައި އައިސްފައިވާގޮތަށް، ވަރުގަދަ ޢަޒުމަކާއެކު އެކަން ކުރުމެވެ.

  1. ﴿إِنَّ اللَّـهَ مَعَ الَّذِينَ اتَّقَوا وَّالَّذِينَ هُم مُّحْسِنُونَ﴾[النحل: ١٢٨]

މާނައީ: “ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤުވާވެރިވި މީހުންނާ އަދި އެމީހުންނީ އިޙްސާންތެރިންކަމުގައިވީ މީހުންނާ އެކުގައެވެ.”

  1. ފަހެ ޖަވާބުގައި އޭނާއަށް ބުނާނީ ނަމަވެސް މީސްތަކުންގެ ވެރިއިލާހު ތިކަން މޮޅަށް ދެނެވޮޑިގެންވާނެއެވެ.

ހަވަނަ ފިލާވަޅު: ދީނުގެ ހަރުފަތްތަކަށް ސުންނަތުން ދަލީލު

 

  1. އިސްލާމްކަމުގެ ދަލީލު

((الإِسْلَامُ أَنْ تَشْهَدَ أَنْ لَا إلَهَ إلَّا اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ، وَتُقِيمَ الصَّلَاةَ، وَتُؤْتِيَ الزَّكَاةَ، وَتَصُومَ رَمَضَانَ، وَتَحُجَّ الْبَيْتَ إنْ اسْتَطَعْت إلَيْهِ سَبِيلًا.))

މާނައީ: ” އިސްލާމްކަމަކީ، ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އެއްވެސް އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ، އެކަލާނގެ ރަސޫލާ ކަމަށް ތިބާ ހެކިވުމެވެ. އަދި ތިބާ ނަމާދު ޤާއިމުކުރުމެވެ. އަދި ތިބާ ޒަކާތްދިނުމެވެ. އަދި ތިބާ ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ތިބާއަށް ޙައްޖުވުމުގެ ކުޅަދާނަކަން ލިބިއްޖެނަމަ، ކަޢުބަތު ﷲ ގެފުޅަށް ޙައްޖުވުމެވެ. “

އީމާންކަމުގެ ދަލީލު

((أَنْ تُؤْمِنَ بِاللهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ.))

މާނައީ: “އެއީ، ތިބާ، ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށާއި، އާޚިރަތްދުވަހަށް އީމާންވުމާއި، އަދި ތިބާ، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. “

އިޙްސާންކަމުގެ ދަލީލު

((أَنْ تَعْبُدَ اللهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ))

މާނައީ: ” އެއީ ތިބާ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަންކުރުމެވެ. އެގޮތަށް އަޅުކަން ނުކުރެވޭނަމަ އެ އިލާހު ތިބާ ދެކެވޮޑިގެންވާކަން އެނގިހުރެ އަޅުކަންކުރުމެވެ.”

  1. ޖިބްރީލުގެފާނުގެ ޙަދީޘުގައި އައިސްފައިވާ ޤިޔާމަތުގެ ޢަލާމާތްތައް

 “އެއީ، އަޅުއަންހެނާގެ ބަނޑުން އެކަނބުލޭގެ ސާހިބު ކަމަނާ ވިހެއުމެވެ. އަދި ފައިވާނަކަށް ނާރައި، ޢައުރަ ނިވާނުކޮށް އުޅޭ، ފަޤީރު، ހުއިހައްޕާ މީހުން، އުސް ޢިމާރާތްތައް ބިނާކޮށް އުސްކުރަމުން ގެންދިއުމެވެ.”

  1. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލުދެންނެވުމަށް ޖިބްރީލުގެފާނު ވަޑައިގެންނެވީ މީސްތަކުންނަށް އިސްލާމްދީން އުނގަންނަވައިދެއްވުމަށްޓަކައެވެ.
  2. ޞަޙާބީ ބޭކަލުން ހައިރާންވެވަޑައިގެންނެވީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވުމަށްފަހު ދެން ޖަވާބުދެއްވުމުން އެއީ ތެދެއްކަމަށް ވިދާޅުވާތީއެވެ.
  3. މި ޙަދީޘް މަތިވެރި ޙަދީޘްއަކަށްވީ ދީނުގެ އެންމެ މުހިންމު ކަންތައްތައްކަމުގައިވާ އިސްލާމްކަމުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކާ އަދި އިޙްސާންކަން މިޙަދީޘްގައި ބަޔާންކުރައްވާފައި ވާތީއެވެ.
  4. އެބަސްފުޅުގެ މުރާދަކީ އެއީ ﷲ ތަޢާލާ ފިޔަވާ އެއްވެސް ފަރާތަކަށް އެނގޭކަމެއް ނޫންކަމެވެ.

 

ހަތްވަނަ ފިލާވަޅު: ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެނެގަތުން

 

  1. އެކަލޭގެފާނަކީ ހާޝިމުގެ ދަރި ޢަބްދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲ ގެ ދަރި މުޙައްމަދެވެ. އަދި ހާޝިމުއަކީ ޤުރައިޝުވަންހައިގެ މީހެކެވެ. އަދި ގުރައިޝުވަންހައަކީ ޢަރަބިންގެ ތެރެއިންވާ ބައެކެވެ. އަދި ޢަރަބީންނަކީ އިބްރާހީމު ޢަލައިހިއްސަލާމުގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމުގެ ދަރިސްފަސްކޮޅުގެ ތެރެއިންވާ ބައެކެވެ.
  2. އަންނަނިވި ހުސްތަންތަން ފުރާށެވެ.

 – އެކަލޭގެފާނުގެ އުފަންވެވަޑައިގަތީ މައްކާގައެވެ. އަދި އެކަލޭގެފާނު މަދީނާ އަށް ހިޖުރަކުރެއްވިއެވެ.

 – އެކަލޭގެފާނު އަވަހާރަވިއިރު ޢުމުރުފުޅަކީ ފަސްދޮޅަސް ތިން  އަހަރެވެ. އޭގެ ތެރެއިން ސާޅީސް  އަހަރަކީ ނަބީކަމުގެ ކުރިއެވެ. އަދި ތޭވީސް އަހަރު ނަބީކަމާއި ރަސޫލުކަމުގައި ދެމިހުންނެވިއެވެ. އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ: (اقْرَأْ)  މިބަސްފުޅާ އެކުގައެވެ. އަދި ރަސޫލުކަމައިގެން ފޮނުއްވުނީ: (الْمُدَّثِّرُ)  މިބަސްފުޅުންނެވެ.

  1. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ކަންތައްތައް ތަފްޞީލުކޮށް ދެނެގަތުމުގެ ފައިދާއަކީ އޭގެ ސަބަބުން އެކަލޭގެފާނުގެ ނަމޫނާގައި ހިފުމަށް މުޅި އުންމަތަށް ފަސޭހަވެގެންވެއެވެ.

އަށްވަނަ ފިލާވަޅު: ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތު

 

  1. މިފިލާވަޅުގައި އައިސްފައިވާ އާޔަތްތަކުގައި ރަސޫލާ صلى الله عليه وسلم އަށް އަމުކުރެވިގެންވަނީ ތައުޙީދުގެ މަގަށް ގޮވާލެއްވުމަށެވެ.
  2. ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތުގެ ޚުލާޞާއަކީ ޝިރުކުގެ ނުބައިކަމާއި އޭގެން ރައްކާތެރިވުމަށް ދަޢުވަތުދިނުމާއެކު ތައުޙީދުގެ މަތިވެރިކަމަށް ގޮވާލުމެވެ.
  3. ބުދުތައް ހަޖުރުކުރާނީ އެތަކެތި ދޫކޮށްލައިގެންނެވެ. އަދި އެތަކެއްޗާއި އެތަކެތީގެ އަހުލުވެރިން (ބުދަށް އަޅުކަންކުރާ މީހުން)ގެ ކިބައިން ބަރީއަވެގެންނެވެ.
  4. ރަސޫލާ صلى الله عليه وسلم އަށް އަމުރުކުރެއްވުނު ކަންތައްތަކަށް އެކަލޭގެފާނު ޢަމަލުކުރެއްވިއެވެ. އަދި އެކަން ކުރެއްވީ އެކަލޭގެފާނުގެ ހިތްޕުޅާއި ޢަމަލުފުޅުތައް ޝިރުކުގެ އެންމެހާ ބާވަތްތަކުން ދުރުކުރައްވާ ޠޯހިރުކުރެއްވުމުންނެވެ. އަދި ބުދުތަކާ ދެކޮޅަށް ހަނގުރާމަކުރައްވާ ހަމައެކަނި ﷲއަށް އަޅުކަން ޚާލިޞުކުރެއްވުމުންނެވެ.
  5. ފަރުޟުފަސްނަމާދު ފަރުޟުކުރެއްވުނީ އުޑުގައެވެ. އަދި އެކަމުން ދަލީލުކުރަނީ ފަރުޟުފަސްނަމާދުގެ މާތްކަމާއި އަހަންމިއްޔަތުގެ ބޮޑުކަމަށެވެ.

 

ނުވަވަނަ ފިލާވަޅު: ހިޖުރަކުރުން

 

  1. ހިޖުރައަކީ ޝިރުކުގެ ރަށް ދޫކޮށް އިސްލާމުންގެ ރަށަކަށް ބަދަލުވުމެވެ.
  2. އަންނަނިވި ޖަވާބުތަކުން ޞައްޙަ ޖަވާބު ޚިޔާރުކުރާށެވެ.

ans 9

  1. ((لاَ تَنْقَطِعُ الْهِجْرَةُ حَتَّى تَنْقَطِعَ التَّوْبَةُ، وَلا تَنْقَطِعُ التَّوْبَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا)) [رواه أبو داود (2479) وصححه الألباني في إرواء الغليل(1208)]

މާނައީ: “ތައުބާގެ ދޮރު ބަންދުވެއްޖައުމަށް ދާނދެން ހިޖުރަކުރުން ބަންދުނުވާ ހުށްޓެވެ. އަދި ހުޅަނގު ފަރާތުން އިރު އަރައިފުމަށް ދާނދެން ތައުބާ ބަންދުނުވާ ހުށްޓެވެ.”

  1. ހިޖުރަކުރުމުގެ ބޭނުމަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ގަތުމާއި އެއިލާހު ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ.

ދިހަވަނަ ފިލާވަޅު: ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތުގެ ފުރިހަމަކަމާއި ޢާންމުކަން

 

  1. ގިނަ ޢަމަލީ ޙުކުމްތައް ބާވާލެއްވުނީ ހިޖުރައަށްފަހު މަދީނާގައެވެ.
  1. ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އުންމަތަށް ދައްކަވާފައިވާ ހެޔޮކަންތައްތަކަކީ ތައުޙީދާއި ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުއްސަވާވޮޑިގަންނަވާ ހުރިހާކަމެކެވެ.
  1. ނަބިއްޔާ صلى الله عليه وسلم ފޮނުއްވުނީ ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ އެންމެހާ މީސްތަކުންގެ ގާތަށެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުން އެންމެހާ ޖިންނީންނަށާއި އިންސީންނަށް ފަރުޟުކުރެއްވިއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا… ﴾   [الأعراف : ١٥٨]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. އޭ އެންމެހާ މީސްތަކުންނޭވެ ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލާއެވެ.”

  1. ނަބިއްޔާ صلى الله عليه وسلم ގެ ރިސާލަތުގެ ފުރިހަމަކަން ބަޔާންކޮށްދޭ ބައެއްޢަލާމާތްތައް ލިޔާށެވެ.
  2. ދުނިޔެއާއި ދީނުގެ ހުރިހާ ކަމެއް އިޞްލާހުގެ މަގުން ކުރިއަށް ގެންދާނެގޮތް އޭގައި ހިމެނުން.
  3. އެ ދީނުގައި އުނިކަމެއް ނުތެމާއި އެއަށް އިތުރުކުރުމަށް ބޭނުން ޖެހިފައި ނުވުން.
  1. އެހެނިހެން އިންސާނުންވެސް މަރުވާފަދައިން ރަސޫލާ صلى الله عليه وسلم ވެސް އަވަހާރަވެއްޖެއެވެ. އެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ﴿٣٠﴾ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ عِندَ رَبِّكُمْ تَخْتَصِمُونَ ﴿٣١﴾ [الزمر]

މާނައީ: “ހަމަކަށަވަރުން ކަލޭގެފާނީ އަވަހާރަވާނޭ ބޭކަލެކެވެ. އަދި އެބައިމީހުންނީވެސް މަރުވާނޭ ބަޔެކެވެ.[30] ދެން އެއަށްފަހު ހަމަކަށަވަރުން ޤިޔާމަތްދުވަހު ތިޔަބައިމީހުންގެ ރައްބުގެ ޙަޟުރަތުގައި ތިޔަބައިމީހުން ދެބަސްވެ ވާހަކަދައްކާނެއެވެ.[31]”

އެގާރަވަނަ ފިލާވަޅު: މަރުވުމަށްފަހު އަލުން ދިރުއްވުން

 

  1. ޤިޔާމަތްދުވަހު މީސްތަކުން އަލުންދިރުއްވާނެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَىٰ﴾ [طه :٥٥]

މާނައީ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެބިމުންނެވެ. އަދި ތިމަންއިލާހު އެބިމަށް ތިޔަބައިމީހުން އިޢާދަކުރައްވާހުށީމެވެ. ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންއިލާހު ތިޔަބައިމީހުން ނެރުއްވާހުށީމެވެ.”

  1. ޤިޔާމަތްދުވަހު މީސްތަކުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެކަމުގެ އަންނަނިވި އާޔަތެވެ.

﴿لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى﴾ [النجم:٣١ ]

މާނައީ: “އެއީ ނުބައި ޢަމަލުކުރި މީހުންނަށް އެބައިމީހުން ކުރި ނުބައި ޢަމަލުގެ ޖަޒާދެއްވުމަށެވެ. އަދި ހެޔޮ ޢަމަލުކުރިމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.”

  1. މަރުވުމަށްފަހު އަލުން ދިރުއްވޭނެކަން އިންކާރުކޮށްފިމީހެއް ކާފިރުވެއްޖެއެވެ.
  1. އަލުން ދިރުއްވުމާ ބެހޭގޮތުން ކާފިރުން ދެކެނީ އެއީ ވާނޭ ކަމެއް ނޫންކަމުގައެވެ.

އެކަމުގައި އެބައިމީހުންނަށް އެތައް ޖަވާބެއް ދެވނިދާނެއެވެ.

  1.  އިންސާނާ ފުރަތަމަ ފަހަރަށް ޚަލްޤުކުރެއްވި އިލާހަށް ދެވަނަ ފަހަރަށް އޭނާ ޚަލްޤުކުރުމަކީ ދަތިކަމަކަށް ނުވާނެއެވެ.
  2. އުޑާއި ބިންފަދަ ބޮޑެތި މަޚްލޫޤުން ޚަލްޤުކުރެއްވި ފަރާތަކަށް އިންސާނާފަދަ މަޚްލޫޤެއް ޚަލްޤުކުރެއްވުމަކީ އުނދާކަމަކަށް ނުވާނެއެވެ.

 

ބާރަވަނަ ފިލާވަޅު: އެންމެ ފުރަތަމަ ފޮނުއްވުނު ރަސޫލާއި އެންމެ ފަހުން ފޮނުއްވުނު ރަސޫލު

 

  1. ރަސޫލުބޭކަލުންގެ މަސައްކަތަކީ އުފާވެރި ޚަބަރާއި ބިރުވެރި ޚަބަރު ދެއްވުމެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ވަޙީބަސްފުޅެވެ.

﴿رُسُلًا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى اللَّـهِ حُجَّةٌ بَعْدَ الرُّسُلِ ﴾ [ النساء ١٦٥] 

މާނައީ: “ތިމަންއިލާހު އެރަސޫލުބޭކަލުން ފޮނުއްވީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުގަންނަވާ ބޭކަލުންގެ ގޮތުންނެވެ. އެއީ ރަސޫލުން ފޮނުއްވުމަށްފަހު ﷲތަޢާލާގެ މައްޗަށް މީސްތަކުން ދައްކާނޭ އެއްވެސް ޙުއްޖަތެއް ނުއޮތުމަށްޓަކައެވެ.”

  1. އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުޢަލައިހިއްސަލާމެވެ. އެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿ إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا ﴾ [النساء ١٦٣] 

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ވަޙީ ބާވައިލެއްވީ ނޫޙު ޢަލައިހިއްސަލާމަށާއި އެކަލޭގެފާނުގެ ފަހުގެ ނަބީބޭކަލުންނަށްވެސް ވަޙީ ބާވާލެއްވިފަދައިންނެވެ.”

  1. އެންމެ ފަހުގެ ނަބިއްޔަކީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.

﴿مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا ﴾ [الأحزاب: ٤٠]

މާނައީ: “ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) ﷲގެ ރަސޫލާއެވެ. އަދި ނަބީކަންޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ.”

ނަބީކަމަށް ދަޢުވާކޮށްފި މީހަކަށް ތިބާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

  1. ނަބީކަމަށް ދަޢުވާކޮށްފި މީހަކަށް ބުނާނީ ނަބީކަން ޚަތިމުކުރެއްވީ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެކަލޭގެފާނަށްފަހު ނަބިއްޔެއް އަދި ރަސޫލެއްވެސް ނުވެއެވެ. އެކަލޭގެފާނަށްފަހު، އެމީހަކަށް ވަޙީ ބާވާލެއްވޭކަމަށް ބުނެ ނަބީކަން ނުވަތަ ރަސޫލުކަން ދަޢުވާކޮށްފިމީހަކީ ދޮގުވެރި މަގުފުރެއްދުންތެރިއެކެވެ.
  1. ރަސޫލުބޭކަލުން އެބޭކަލުންގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގަތީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް އަމުރުކުރައްވާ އަދި ތާޣޫތަށް އަޅުކަންކުރުން ނަހީކުރެއްވުމަށެވެ.

_____________________________

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް