އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަކީ މީސްތަކުންގެ މަޞްލަޙަތުތައް ރައްކާތެރިކޮށް ދިނުމެވެ. އެހެނީ މިދީން އައުމުގެ ކުރީން މުލްޚިދުންވަނީ އެމީހުންގެ ކަންތައްތަކުގައި އެއްވެސް ގޮތެއްފޮތެއް ނެތިފައެވެ. އިމާމް ޢަޒާލީ ވިދާޅުވަނީ ޝަރީޢަތުގެ މަޤްސަދުތައް ފަސް ބަޔަކަށް ބެހިގެންވެއެވެ. މި ފަސް ކަމަކީ ސަމާވީ ހުރިހާ ދީންތައް ގޮވާލެއްވި ފަސްކަމެވެ. އަދި ހުރިހާ ނަބިއްޔުންނާއި ރަސޫލުން ( އާދަމް ޢަލައިހިއްސަލާމް އިން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާއިހަމައަށް ) އެ ފަސްކަން ރައްކާތެރިކުރުމަށް ގޮވާލައްވާފައިވެއެވެ. މި ފަސް މަޤްސަދަށް ރައްކާތެރިވުމަކީ މަޞްލަޙަތެވެ. މި ފަސް މަޤްސަދުން އެންމެ ކަމެއްވެސް އުނި ކުރުމަކީ ނުބައި ކަމެކެވެ. މީސްތަކުންގެ ދިރިއުޅުމުގެ އަޚްލާޤިއްޔާތު ރަނގަޅު ކުރަން ބޭނުން ޝަރީޢަތަކަށް އަދި މިއްލަތަކަށް މިއިން ކަމެއް ދޫކޮށްލައި އިޞްލާޙު ކުރުމަކީ މުސްތަޙީލު ކަމެކެވެ. އިސްލާމީ ޙުކުމްތައް ޝަރުޢު ކުރެއްވުމުގެ ޙިކުމަތަކީ މި ފަސް މަޤްސަދު ރައްކާތެރިކޮށްދިނުމެވެ.
ދުނިޔެއާއި ދީން ރައްކާތެރިކުރުމަށް މިފަސްކަން ކޮންމެހެން ބޭނުންވެއެވެ. މި ފަސް ކަމުން ކަމެއް އުނި ވެއްޖެނަމަ ދުނިޔޭގެ ކަންރައް ފާސިދުވެ އެބައެއްގެ އާޚިރަތް ކަނޑައެޅިގެންވާ ހަލާކާއި ގެއްލުމުގެ ތެރެއަށް ވެއްޓިދާނެއެވެ. މިފަސް މަޤްޞަދުގެ ތެރެއިން އެއްކަމަކީ ދީނެވެ.
ދީނަކީ މީސްތަކުން އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާއި ދޭތެރޭ ބަހައްޓަންޖެހޭ ގުޅުންތަކާއި އަދި އެބައިމީހުން ﷲ އާއި ބަހައްޓަންޖެހޭ ގުޅުންތައް ހަމަޖެހޭ ނިޒާމެއްގެ ދަށުން ގެންދިއުމަށް ﷲ ޝަރުޢު ކުރެއްވި ޙުކުމްތަކާއި އަޅުކަންތަކާއި ޢަޤީދާތަކެވެ. ޝަރުޢީ ޙުކުމްތައް ބާވައިލެއްވުމުގެ މަޤްސަދަކީ ދީން ޤާއިމް ކުރުމެވެ. އަދި މީސްތަކުންގެ ހިތްތަކުގައި ދީން އަށަގަންނެވުމެވެ. ﷲގެ ޝަރުޢީ ޙުކުމްތަކަށް ތަބާވުމާއި ނަހީ ކުރައްވާފައިވާ ބަސްތަކާއި ޢަމަލުތަކުން އެއްކިބާވުމެވެ. ދީނަށް ރައްކާތެރިވުމަށް މާތްﷲ ވަނީ އަމުރު މުރައްވާފައެވެ. އަދި އެދީނަށް ފުރަގަސްދީ ކާފިރު ވެއްޖެމީހަކަށް ގަދަފަވެގެންވާ ޢަޒާބުގެ އިންޒާރު ދެއްވާފައެވެ. މާތްﷲ ޥަޙީ ކުރައްވަނީ:
وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ ﴿٨٥﴾ سورة آل عمران
މާނައީ: ” دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. “
މާތްﷲ ފޮނުއްވި އެންމެހައި ރަސޫލުންނާއި ނަބިއްޔުން ފޮނުއްވީ ދީން މީސްތަކުންނަށް އުނގަންނައިދެއްވައި މީސްތަކުންގެ ދީނީ ދުނިޔަވީ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށެވެ. މާތްﷲ ވަޙީ ކުރައްވައެވެ.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ فَمِنْهُم مَّنْ هَدَى اللَّـهُ وَمِنْهُم مَّنْ حَقَّتْ عَلَيْهِ الضَّلَالَةُ ۚ فَسِيرُوا فِي الْأَرْضِ فَانظُرُوا كَيْفَ كَانَ عَاقِبَةُ الْمُكَذِّبِينَ ﴿٣٦﴾ سورة الأعراف
މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްމެ رسول އަކު ފޮނުއްވީމެވެ. އެއީ، اللَّه އަށް އަޅުކަންކުރުމަށާއި، ބުދުތަކާ ދުރުހެލިވުމަށް އެންގެވުމަށެވެ. ފަހެ، اللَّه ތެދުމަގު ދެއްކެވި މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި މަގުފުރެދުން އެބަޔެއްގެ މައްޗަށް حق ވެގެންވީ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ފަހެ، ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ. ފަހެ، ދޮގުކުޅަމީހުންގެ ނަތީޖާއޮތީ ކޮންފަދައަކުންކަން ތިޔަބައިމީހުން ދެކޭށެވެ! “
އަދިވެސް އެކަލާނގެ ވަޙީ ކުރައްވަނީ…
لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ ﴿٥٩﴾ سورة الأعراف
މާނައީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ نوح ގެފާނު، އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތަށް رسول ކަމާއިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ. “
وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۚ أَفَلَا تَتَّقُونَ ﴿٦٥﴾ سورة الأعراف
މާނައީ: ” އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ “
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٨٥﴾ سورة الأعراف
މާނައީ: ” އަދި مدين ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. “
وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً ۖ فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ ۖ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴿٧٣﴾ سورة الأعراف
މާނައީ: ” އަދި ތިމަންރަސްކަލާނގެ ثمود ބާގައިމީހުންގެ ގާތަށް އެއުރެންގެ أخ، صالح ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ބަޔާންވެގެންވާ معجزة އެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. معجزة އެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި اللَّه ފޮނުއްވި ޖަމަލެެވެ. ފަހެ، اللَّه ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި عذاب އެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ. “
ދީން އަދި ތައުޙީދުގެ ޢަޤީދާ ރައްކާތެރި ކުރެއްވުމަށްޓަކައި ﷲ ވަނީ ޖިހާދު ފަރުޟޫ ކުރައްވާފައެވެ. މާތްﷲ ވަޙީ ކުރައްވަނީ
وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّـهِ ۖ فَإِنِ انتَهَوْا فَلَا عُدْوَانَ إِلَّا عَلَى الظَّالِمِينَ ﴿١٩٣﴾ سورة البقرة
މާނައީ: ” އަދި (دين އާ ދެކޮޅަށް އުފައްދާ) فتنة ވެރިކަން ނެތިއްޖައުމަށް ދާނދެން އަދި دين، اللَّه އަށް خالص ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަ ކުރާށެވެ! ފަހެ، އެއުރެން އެކަން ހުއްޓާލައިފިނަމަ، އަނިޔާވެރިވާ ބަޔެއްގެ މައްޗަށް މެނުވީ عداوة ތެރި ވުމެއް ނެތެވެ. “
( ނުނިމޭ )
_____________________________________________
އަޞްލު: އިސްލާމިކް ސްޓަޑީޒް ފައުންޑޭޝަން ލެވެލް 2 ހޭންޑް އައުޓް / އައްޝެއިޚް ޙުސައިން ފަހުމީ