[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 19 –

އެ ހުރިހާކަމެއްވެސް ހިނގާފައިވަނީ ޢިލްމީ އަދި ޢަމަލީ މަންހަޖެއްގެ މަތީގައެވެ. އޭގެ އެންމެ މުހިންމު ކަންކަމަށް ބަލާލާއިރު އަންނަނިވި ކަންކަން ފާހަގަވެއެވެ.

ޞަޙާބީ ބޭކަލުންގެ ކޮނޑުފުޅުގައި އެޅިފައިވާ މަތިވެރި މަސްއޫލިއްޔަތު އެބޭކަލުންނަށް އިޙްސާސްކުރެވުނެވެ. އެއީ އިސްލާމީ ޝަރީޢަތް – ޤުރުއާނާއި ސުންނަތް – ރައްކާތެރިކުރުމާއި އެއަށް ޢަމަލުކުރުމާ އަދި އުންމަތަސް އެ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތެވެ. އެއީ ﷲ ގެ ރަސޫލާ صلى الله عليه وسلم އެބޭކަލުންނަށް ފޯރުކޮށްދެއްވި އަމާނާތްތެރިކަންމަތީ މީސްތަކުންނަށް އެ ފޯރުކޮށްދެއްވުމެވެ. އެގޮތުން އެބޭކަލުންވީ ނަބިއްޔާ صلى الله عليه وسلم އަށް ފަހު، މިއަމާނާތް އުފުއްލެވި އަދި ފޯރުކޮށްދެއްވި އެންމެ ހެޔޮ ބޭކަލުންނަށެވެ. އެކަން އައިސްފައިވަނީ ﷲ ގެ ރަސޫލާ صلى الله عليه وسلم އެބޭކަލުންނަށް ކުރައްވާފައިވާ ވަޢުދުފުޅު އިޙްސާސުވުމުންނެވެ. އެގޮތުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((بَلِّغُوا عَنِّي وَلَوْ آيَةً، وَحَدِّثُوا عَنْ بَنِي إِسْرَائِيلَ وَلاَ حَرَجَ)) [1]

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން އެންމެ އާޔަތެއްނަމަވެސް ފޯރުކޮށްދޭށެވެ. އަދި ބަނޫ އިސްރީއީލުންގެ ވާހަކަތައް ކިޔައިދީ އުޅުމަކީ މައްސަލައެއް ނޫނެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

 ((نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا شَيْئًا فَبَلَّغَهُ كَمَا سَمِعَ، فَرُبَّ مُبَلِّغٍ أَوْعَى مِنْ سَامِعٍ))[2]

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ޙަދީޘެއް އިވުމުން ފަހެ އެޙަދީޘް އެއިވުނު ގޮތަށް ފޯރުކޮށްދިން މީހެއް އުޖާލާ ކުރައްވާނދޭވެ. ފަހަރުގައި އަޑު އިވުނު މީހާއަށްވުރެ އެފޯރުކޮށްދެވުނު މީހާއަށް، ބޮޑަށް އެވިސްނުން އެކަށީގެންވެއެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

 ((مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنِ النَّارِ))[3]

މާނައީ: “ޤަޞްދުގައި ތިމަންކަލޭގެފާނާ ބެހޭ ގޮތުން ދޮގެއް ހަދައިފިމީހަކު ދަންނައެވެ. ފަހެ، އެމީހެއްގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ. “

އަދިވެސް ޙަދީޘްކުރެއްވިއެވެ.

 ((كَفَى بِالْمَرْءِ كَذِبًا أَنْ يُحَدِّثَ بِكُلِّ مَا سَمِعَ)) [4]

މާނައީ: “މީހަކަށް އިވޭ ކޮންމެ އެއްޗެއްގެ ވާހަކަ ދެއްކުން އެއީ ދޮގެއްކަމުގައި އެމީހަކަށް ފުދެއެވެ.”

އަދިވެސް ޙަދީޘްކުރެއްވިއެވެ.

((مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ، فَهُوَ أَحَدُ الْكَاذِبِينَ)) [5]

މާނައީ: “ތިމަންކަލޭގެފާނަށް ނިސްބަތްކޮށް ޙަދީޘެއް ނަޤުލުކުރާއިރު، އެއީ ދޮގެއްކަމުގައި ހީވާ ޙާލުވެސް އެ ނަޤުލުކުރާމީހާ ދަންނައެވެ. އޭނާ ވާހުށީ ދޮގުވެރިންކުރެ އެކަކަށެވެ.”

އަދި މިނޫން އެހެން ޙަދީޘްތައްވެސް ވެއެވެ.

އެހެންކަމުން ޞަޙާބީ ބޭކަލުންވީ ދީން ފޯރުކޮށްދެއްވުމުގައި ނުހަނު ސަމާލުކަން ދެއްވި ބޭކަލުންނަށް ވީ ހިނދުވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން ގެންނަ ރިވާޔަތްތަކުގައި ރައްކާތެރިވި ޘާބިތުކުރެއްވި ބޭކަލުންކަމުގައެވެ. އެގޮތުން އެބޭކަލުންނަށް ޔަޤީންވާ އެއްޗެއް މެނުވީ ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކޮށް އެބޭކަލުން ރިވާކުރައްވާފައި ނުވެއެވެ. އަދި ޚަބަރެއް ލިބުމުންވެސް އޭގެ ތެދުކަން ނުބަލާ އެ ޤަބޫލު ނުކުރައްވައެވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1] رواه البخاري في صحيحه – كتاب أحاديث الأنبياء – باب ما ذكر عن بني إسرائيل الفتح ٦ / ٤٩٦ ح: ۳٤٦۱

[2]  رواه أبو داود في سننه – كتاب العلم – باب فضل نشر العلم ٤ / ٦٨ ح ۳٦٦٠، ورواه أيضاً الترمذي في سننه – كتاب العلم – باب ما جاء في الحث على تبليغ السماع 5 / 33 ح ٥٦٥٧ – ٥٦٥٨ وقال بعده: هذا حديث حسن صحيح.

[3]  رواه البخاري في صحيحه – كتاب العلم – باب إثم من كذب على النبي صلى الله عليه وسلم الفتح ۱ / ۱٩٩ -۱۲٠٠ح: ۱٠٧.

[4]  رواه الإمام مسلم في مقدمة صحيحه ۱/ ۱٠ ح: ٥.

[5]  رواه الإمام مسلم في مقدمة صحيحه ۱/ ٨ – ٩ ح: ۱.