[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 22 –

އެ ދޮރު ހަލާކުވެފައިވަނީ ޢުމަރުގެފާނު رضى الله عنه ޝަހީދުވުމުންނެވެ. އެކަން ހިނގީ މަޖޫސީންނާއި ނަޞާރާއިންގެ ރޭވުމަކުންނެވެ. އެއަށްފަހު ޢުމަރުގެފާނުގެ ސަބަބަން ބަންދުކުރެވިފައިހުރި ފިތުނައިގެ ދޮރު ހުޅުވިގެން ދިޔައެވެ. ޢުމަރުގެފާނުގެ ތާރީޚު ދިރާސާކޮށްފި ކޮންމެ މީހަކަށް ފެނިގެންދާނީ ޢުމަރުގެފާނުގެ ހުށިޔާރުކަމެވެ. ފަހެ ކޮންމެ ތަނަކުންވިޔަސް ފިތުނައެއް ނުވަތަ ބިދުޢައެއް ފާޅުވާން އުޅޭ ކޮންމެ ފަހަރަކު އޭގެ ޅަފަތުގައި ވަނިކޮށް އެކަމެއް ނައްތާލައްވައެވެ.

އެގޮތުން ޞަބީޣު ބިން ޢިސްލުގެ[1] ވާހަކައާއި ދާނިޔާލު [2] އޭ ކިޔުނު ނަބިއްޔާގެ ޞުޙުފު ނަގައިގެން މީސްތަކުންގެ މެދުގައި ފަތުރަމުން ދިޔަ މީހާއާ މެދު ޢުމަރުގެފާނު ޢަމަލުކުރައްވާފައިވާ ގޮތުގެ ވާހަކައަކީ މިކަމަށް ދަލީލުކޮށްދޭ ދެމިސާލެވެ.

ފަހެ، އެދެމީހުންގެ ކަންތައް ޢުމަރުގެފާނު ނިންމަވާފައިވަނީ އެދެމީހުންވެސް މަދީނާއަށް ގެނެއުމަށްފަހު ތައުބާވެ، އެތައުބާ އިޢުލާނު ކުރަންދެން ބަންދުގައި ބަހައްޓައިގެން ތަޅުއްވައިގެނެވެ. އެހިސާބުން އެދެމީހުންވެސް އަލުން އާއިލާކައިރިއަށް ފޮނުއްވިއެވެ. އަދި އެއްމަސްދުވަސް ވަންދެން އެދެމީހުންނާ މަޖްލިސްކޮށް ވާހަކަދެއްކުމަށް މީސްތަކުންނަށް މަނާކުރެއްވިއެވެ. އެކަން ރިވާކުރެއްވި ރާވީ ވިދާޅުވިއެވެ.

“ބަޞަރާގައި ބަލި ޖަމަލެއްހެން ޞަބީޣު ހިނގާބިނގާވެ އުޅޭތަން ތިމަން ދުށީމުއެވެ. އޭނާއާ އެކަކުވެސް ގާތް ނުވެއެވެ. އެއީ ޢުމަރުގެފާނު އޭނާއާ މެދު ޢަމަލުކުރައްވަން ބޭނުންފުޅުވި ގޮތެވެ.”

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  صبيغ – بوزن عظيم – آخره معجمة، بن عسل – بمهملتين الأولى مكسورة – انظر قصته مع عمر في تفسير ابن كثير في تفسير سورة الذاريات ٧ / ۳٩ والإصابة لابن حجر ٥ / ۳٨.وانظر سنن الدارمي ۱/٥۱/ح۱٤٦.

[2]  انظر: قصته مع عمر في تقييد العلم للخطيب ص: ٥۱.