8- ޒަކަރިއްޔާ ބިން ޢަދިއްޔު ވިދާޅުވިއެވެ. އަބޫ އިސްޙާޤު އަލްފަޒާޒީ ތިމަންކަލޭގެފާނަށް ވިދާޅުވިއެވެ.
“އެންމެން ދަންނަ މީހުންގެ ކިބައިން ބަޤިއްޔާ ޙަދީޘް ރިވާކޮށްފިނަމަ އޭނާގެ ޙަދީޘް ލިޔާށެވެ. އަދި ނުދަންނަ ބައެއްގެ ކިބައިން ރިވާކޮށްފިނަނަ އޭނާގެ ޙަދީޘްތައް ނުލިޔާށެވެ. އަދި އިސްމާޢީލް ބިން ޢައްޔާޝް ކޮންމެ މީހެއްގެ ފުށުން ރިވާކުރިއަސް އޭނާގެ ކިބައިން ޙަދީޘް ނުލިޔާށެވެ.” [1]
9- …
10- ޢުބައިދު ﷲ ބިން ޢަމްރު ވިދާޅުވިއެވެ. ޒައިދު ބިން އަބީ އުނައިސާ ވިދާޅުވިއެވެ.
“އަހަރެންގެ އަޚާގެ ކިބައިން ޙަދީޘް ނުނަގާށެވެ.”
ޢަބްދުﷲ ބިން ޢަމްރު ވިދާޅުވިއެވެ.
“އޭނާގެ އަޚާއަކީ ޔަޙްޔާ ބިން އުނައިސާއެވެ. އެއީ ދޮގުވެރިއެކެވެ.” [2] [3]
= ނުނިމޭ =
______________________
[1] المصدر نفسه ۱ / ۲٥
ފަހަރުގައި މިތަނުގައި ޝައިޚުގެ މުރާދަކީ ޝާމުގެ އެހުލުވެރިން ނޫން މީހުންގެ ކިބައިން އޭނާ (އެބަހީ: އިސްމާޢީލް ޢައްޔާޝް ރިވާކުރާ ރިވާޔަތްތަކެވެ. ޝާމް ކަރައިގައިވާ އޭނާގެ ޝައިޚުންގެ ފުށުން ރިވާކުރާ ރިވާޔަތްތަކާމެދު ދަންނައެވެ. އޭނާގެ އެ ރިވާޔަތްތަކުގައި އޭނާ ބެލެވެނީ ޞަދޫޤެއްގެ ދަރަޖައިގައެވެ. ބައްލަވާ: އިސްމާޢީލް ޢައްޔާޝްގެ ވަނަވަރު: تهذيب التهذيب لابن حجر وتقريبه.
[2] مقدمة صحيح مسلم ۱ / ۲٧
[3] ޢިލްމީ އަމާނާތްތެރިކަންވަނީ މިފަދައިންނެވެ. ސަލަފުންގެ ބޭކަލުންނަކީ މިދީނަށް ޙައްޤުގޮތުގައި އަމާނާތްތެރިވި ބަޔަކުކަމުގައިވެފައިވަނީ އެހެންވެއެވެ. އެބޭކަލުންނަކީ ދީނުގެ ކަންކަމުގައި ބަދުބަސްބުނާ ބަޔަކަށް ބައްލަވާ ބައެއް ނޫނެވެ. އެބޭކަލުންނީ ފުރާނައިން ޤުރުބާނަކުރަން ޖެހުނަސް ޙައްޤުބަސް ވިދާޅުވި ބޭކަލުންނެވެ. އެހެންކަމުން ﷲ ތަޢާލާވަނީ އެބޭކަލުންނާމެދު ރުހިވޮޑިގެންނެވެ. ފަހެ، … ޢަލީ ބިން މަދީނީއާ އެކަލޭގެފާނުގެ ބައްޕައާމެދު ސުވާލުވެވުމުން ވިދާޅުވަނީ ބައްޕާފުޅަކީ ޙަދީޘް ޢިލްމުގައި ޟަޢީފު ބޭކަލެއްކަމުގައެވެ. ހަމައެފަދައިން ޒައިދު ބިން އުނައިސާވެސް އޭނާގެ އަޚާގެ ޙާލު ބަޔާންކޮށްދިނުމަށްފަހު އެވަރުން ފުއްދާލީއެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. އޭނާގެ ކިބައިން ޙަދީޘް ނެގުމުން ރައްކާތެރިވުމަށްވެސް ވިދާޅުވިއެވެ. މިފަދަ މިޘާލުތައް ވަރަށް ގިނައެވެ.