[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 33 –

އަދި މިދެ ސަބަބުގެ މިޘާލު ތިރީގައި އެވަނީއެވެ.

ފުރަތަމައީ: މުއައްމަލު ބިން އިސްމާޢީލް ވިދާޅުވިއެވެ.

“ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަމާ ބެހޭގޮތުން އުބައްޔު ބިން ކަޢުބުގެ އަރިހުން ރިވާކުރެވޭ ރިވާޔަތް ތިމަންކަލޭގެފާނަށް އިތުބާރުހުރި ބޭކަލަކު ކިޔާދެއްވިއެވެ. އެޝައިޚު އަރިހުގައި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ވިދާޅުވިއެވެ. މަދާއިނުގައިވާ ބޭކަލެކެވެ. އެބޭކަލަކު އަދި ދުނިޔޭގައި އެބަހުއްޓެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. އަދި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ފަހެ، ވިދާޅުވިއެވެ. ވާސިޠުގައިވާ ޝައިޚެކެވެ. އެބޭކަލަކު އަދި ދުނިޔޭގައި އެބަހުއްޓެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. އަދި ދެންނެވީމެވެ. ކަލޭގެފާނަށް ކިޔައިދެއްވީ ކޮން ބޭކަލެއް ހެއްޔެވެ. ފަހެ ވިދާޅުވިއެވެ. ބަޞަރާގައިވާ ޝައިޚެކެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. ވިދާޅުވިއެވެ. ޢައްބާދާނުގައިވާ ޝައިޚެކެވެ. ފަހެ، އެބޭކަލެއްގެ އަރިހަށް ހިނގައްޖައީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ އަތުގައި ހިފައިގެންގޮސް އެޝައިޚު ވެދެވަޑައިގަތީ ގެއަކަށެވެ. އެތަނުގައި ޞޫފީ ފިރުޤާގެ ބަޔަކު ތިއްބެވެ. އަދި އެމީހުންގެ ޝައިޚުވެސް އެތަނުގައި ހުއްޓެވެ. ފަހެ، ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ކިޔައިދެއްވީ މިޝައިޚެވެ. ފަހެ، ބުނީމެވެ. އޭ ޝައިޚެވެ. ތިބާއަށް މިޙަދީޘް ކިޔައިދިނީ ކާކު ހެއްޔެވެ. ބުންޏެވެ. އެއްވެސް މީހަކު ކިޔައި ނުދެއެވެ. ނަމަވެސް މީސްތަކުން ޤުރުއާނާ ދުރަށްދާތަން ފެނުމުން ފަހެ، ހަދަހަދައިގެން މިޙަދީޘް ކިޔައިދިނީއެވެ. އެއީ އެބައިމީހުން ޤުރުއާނާ ގާތްކުރުމަށެވެ.” [1]

= ނުނިމޭ =

______________________

އެހެނިހެން ބައިތައް

[1]  انظر: الكفاية للخطيب البغدادي ص: 401، والموضوعات لابن الجوزي ۱ / ۲٤۱ – ۲٤۲.