- ހުޅެވިހަނދު ބޮޑުވުން.
އަބްދުﷲ ބްން މަސްޢޫދު رضي الله عنه ގެ އަރިހުން [ރިވާވެގެން] ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مِنْ اقْتِرَابِ السَّاعَةِ انتفاخُ الْأَهِلَّةِ))[1] “ޤިޔާމަތް ކައިރި ވެއްޖެކަމުގެ [ޢަލާމާތްތަކުގެ] ތެރޭގައި ހުޅެވި ހަނދު ބޮޑުވުން ހިމެނެއެވެ.”
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((مِنِ اقْتِرَابِ السَّاعَةِ انتفاخُ الْأَهِلَّةِ، وَأَنْ يُرَى الْهِلَالُ لِلَيْلَةٍ، فَيُقَالُ: لِلَيْلَتَيْنِ))[2] މާނައީ: “ޤިޔާމަތް ކުޑަތަންވުމުގެ [ޢަލާމާތްތަކުގެ] ތެރޭގައި ހުޅެވިހަނދު ބޮޑުވުން ހިމެނެއެވެ. އަދި ފުރަތަމަރޭގެ ހުޅެވިހަނދު ފެނުމުން ބުނެއެވެ. ދެވަނަރޭގެ (ހަނދެވެ).”
އަދި އަނަސް ބްން މާލިކު رضي الله عنه ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތް ކުރައްވައި ވިދާޅުވިއެވެ. ((إِنَّ مِنْ أَمَارَاتِ السَّاعَةِ أَنْ يُرَى الْهِلَالُ لِلَيْلَةٍ، فَيُقَالُ: لِلَيْلَتَيْنِ))[3] “ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި، ފުރަތަމަރޭގެ ހުޅެވި ހަނދު ފެނުމުން ބުނެވުން ވެއެވެ. ދެވަނަރޭގެ (ހަނދެވެ).”
މިދެރިވާޔަތުގައި ވާގޮތުން ހުޅެވިހަނދު ބޮޑުވުމަކީ އެއީ އާންމުކޮށް މަސް ފެށުމުން ހަނދު އެރުމުގައި އެ އަރާހިނދު ބޮޑުކޮށް ފެންނަން ހުރުމަށް ކިޔޭ ކިޔުމެކެވެ. ފަހެ ފުރަތަމަ ރޭގައި ފެންނަ ހަނދު އެއީ ދެވަނަ ރޭގެ ހަނދު ކަމުގައި ހީވެއެވެ. وَاللهُ أَعْلَم.
=ނުނިމޭ=
___________________________
[1] رواه الطبراني في ((الكبير)).
قال الهيثمي: ((فيه عبد الرحمن بن يوسف، ذكر له في الميزان هذا الحديث، وقال: إنه مجهول)). ((مجمع الزوائد)) (3 146).
وانظر: ((ميزان الاعتدال)) (2 / 600) للذهبي.
وقال الألباني: ((صحيح)).
[2] رواه الطبراني في ((الصغير)).
قال الهيثمي: ((وفيه عبد الرحمن بن الأزرق الأنطالي، ولم أجد من ترجمه)). ((مجمع الزوائد)) (3 / 146).
[3] ((صحيح مسلم))، المقدمة، باب النهي عن الرواية عن الضعفاء، (1 / 78 – مع شرح النووي).