[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ – 46 –

ހަތަރުވަނައީ: އާޙާދު ޙަދީޘް ޤަބޫލުނުކުރުން ބޮޑަށް ފެތުރިފައިވަނީ ހިޖުރައިން ފަސްވަނަ ޤަރުނާއި އޭގެ ފަހުންނެވެ. އެއީ ޢިލްމުލް ކަލާމާއި ގްރީސްގެ މަންޠިގި އިސްލާމީ ޢިލްމުތަކުގެ ތެރެއަށް ވަދެގެން އައި ދުވަސްވަރެވެ. އެކަމުގެ އެންމެ ބޮޑު ދަލީލަކީ އެދުވަސްވަރަކީ އިސްލާމީ އުންމަތުގައި ފިކުރީ ގޮތުންނާއި ޢިލްމީ ގޮތުން ކުރި އެރުން މަޑުޖެހިފައިވާ ދުވަސްވަރެކެވެ. ހަތްވަނަ ޤަރުނު ނިމެންދެން އެކަން ދެމިގެން ގޮސްފައިވެއެވެ. އަދި އެދުވަސްވަރު ވެފައިވަނީ ބިދުޢަތަކާއި ބާޠިލުކަންކަންކަމާ އަދި އޭގެ އަހުލުވެރިންކަމުގައިވާ ބާޠިނީންނާއި ފަލްސަފާވެރިންނާއި ޞޫފީން ފެތުރިފައިވި ދުވަސްވަރަކަށެވެ. މިދަނޑިވަޅުގެ ބޭނުންކޮށްގެން ޞަލާބީންނާއި މަޣޫލުންވަނީ އިސްލާމީ އުންމަތަށާއި ޚިލާފަތަށް ހަމަލާ ދީފައެވެ.

މިމަޑުޖެހުމާއި ގަނޑުކަން ފިލައިގެން ގޮސް އުންމަތް ހޭލައި، ޢިލްމުލް ކަލާމާއި މަންޠިޤީ ޢިލްމު އެއްކިބާ ކުރީ އަހްލުއްސުންނާ ވަލްޖަމާޢަތުގެ މަދްރަސާއެއްކަމުގައި ސަލަފީ މަދްރަސާގެ މަސައްކަތުންނެވެ. އެއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާއި އެކަލޭގެފާނުގެ ދަރިވަރުންގެ މަދްރަސާއެވެ. އެކަން ހިނގާފައިވަނީ ހިޖުރައިން ހަތްވަނަ ޤަރުނުގެ ފަހުކޮޅާއި އަށްވަނަ ޤަރުނުގެ ކުރީ ކޮޅުގައެވެ.

މިގޮތުން ފަސްވަނަ ޤަރުނަށްފަހު އިސްލާމީ ޢިލްމުތަކުގެ ތެރެއިން ޢިލްމުލް ކަލާމުން އެންމެ ބޮޑަށް އަޘަރުކޮށްފައިވަނީ އުޞޫލުލް ފިޤުހާއި އުޞޫލުލް ޙަދީޘަށެވެ.

= ނުނިމޭ =

______________________

އެހެނިހެން ބައިތައް