[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 1

ޤަވާޢިދު: لَا مَسَاغَ لِلاِجْتِهَادِ فِي مَوَارِدِ النَّصِّ

މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞު އޮތް ހާލު އިޖުތިހާދުކުރުން ހުއްދައެއް ނޫން}

މި ޤަވާޢިދުގެ މުރާދު: އިޖުތިހާދުކުރުމަކީ، އިސްތިންބާޠުގެ މަގު (އެބަހީ، ޝަރުޢީ ދަލީލުތަކުން ޙުކުމް ނެރުމުގެ މަގު) ބޭނުންކޮށްގެން، ޝަރުޢީ ޙުކުމެއް ދެނެގަތުމުގައި ގަދައަޅައި މަސައްކަތްކުރުމެވެ. ނައްޞުގެ މުރާދަކީ، ޝާރިޢު (ޝަރުޢުކުރައްވާ ފަރާތް) ގެ ޚިޠާބު ނުވަތަ އެންގެވުމެވެ. އެއީ، ޤުރުއާނުގެ ނައްޞެއް (އާޔަތެއް) ކަމުގައި ވިޔަސް، ނުވަތަ ސާބިތު ނަބަވީ ނައްޞެއް (ޞައްޙަ ޙަދީޘެއް) ކަމުގައި ވިޔަސް މެއެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، ވަކި ކަމަކާ ގުޅޭ ގޮތުން އެ ކަމުގެ ޙުކުމް ބަޔާންކޮށް، ޤުރުއާނުގައި ނުވަތަ ސުންނަތުގައި ނައްޞެއް ވާރިދުވެގެންވާނަމަ، އެ ކަމަކާ ގުޅޭ ގޮތުން އިޖުތިހާދުކޮށް، އެ މައްސަލައިގައި އަމިއްލަ ރައުޔެއް އީޖާދުކޮށް ފާޅުކުރުމުގެ ފުރުޞަތު ނެތްކަމުގައެވެ. އެހެނީ، ނައްޞެއް އޮތް ހާލު އިޖުތިހާދުކުރުމެއް ނެތެވެ. އިޖުތިހާދުކުރެވޭނީ، ނައްޞެއް ނެތްނަމައެވެ. މަނާވެގެންވާ އިޖުތިހާދާއި ތައުވީލަކީ، ސާފުސީދާކޮށް އެއްވެސް ތައުވީލަކަށް (މާނަކުރުމަކަށް) ޖާގަ ނެތް ގޮތަށް އޮންނަ ނައްޞުތަކުންކުރެ ނައްޞަކާ ފުށުއަރާހެން އިޖުތިހާދާއި ތައުވީލުކުރުމެވެ. މިއާޚިލާފަށް، ޡައްނީ ނައްޞެއް ފަހުމްކުރުމުގައި އިޖުތިހާދުކުރުމީ، ހުއްދަ އަދި އެދެވިގެންވާ ކަމެކެވެ.

މިސާލަކަށް، ރިބަވީ (ރިބާ އެކުލެވޭ) މުޢާމަލާތްތަކެވެ. ޙަރާމްކަން ސާބިތުވެފައިވާ ރިބަވީ މުޢާމަލާތްތަކުގައި އިޖުތިހާދުކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން އެ މުޢާމަލާތްތައް ހުއްދަކަމަށް ބުނެފިނަމަ، އެ އިޖުތިހާދު ޞައްޙަވެގެން ނުވެއެވެ. އެހެނީ، ޝަރުޢީ ނައްޞުތަކުގައި ރިބާގެ ޙަރާމްކަން ވާރިދުވެފައިވެއެވެ. އެހެންކަމުން، ނައްޞެއް އޮތް ކަމެއްގައި އިޖުތިހާދުކުރުމުގެ ފުރުޞަތެއް ނެތެވެ.

= ނުނިމޭ =

_____________________

މަޞްދަރު: معلمة زايد للقواعد الفقهية والأصولية

މިލިޔުމުގެ އެހެނިހެން ބައިތައް