[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އީމާންކަން – ދަލާއިލުއް ތައުޙީދި 3

7– އީމާންކަމަކީ ކޮބާ؟

ޖަވާބު: އެއީ ﷲ އަށް އީމާންވުމާއި އެއިލާހުގެ މަލާއިކަތުންނަށް އީމާންވުމާއި، އެއިލާހު ބާވައިލެއްވި ފޮތްތަކަށް އީމާންވުމާއި، އެއިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ. “آَمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آَمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ” البقرة: ٢٨٥  މާނައީ: ” ރަސޫލާ އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވި ތަކެއްޗަށް އީމާންވެވަޑައިގަންނަވައިފިއެވެ. އަދި މުއުމިނުންވެސް އީމާންވެއްޖެއެވެ. އެހުރިހާ ބޭކަލުން، ﷲ އަށާއި އެކަލާނގެ މަލާއިކަތްބޭކަލުންނަށާއި އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވެވަޑައިގެންފިއެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =