ސުވާލު: ޚިތާނުކުރުމުގެ މުނާސަބަތުގައި ޙަފްލާއެއް ބޭއްވުމަކީ ހުއްދަކަމެއް ހެއްޔެވެ؟ މިއީ މަޣްރިބްކަރައިގެ އާދަކާދައިގެ ތެރެއިން ހިމެނޭކަމެކެވެ. މިއީ ސުންނަތުގެތެރޭގައި ހިމެނޭ ކަމެއް ހެއްޔެވެނުވަތަ ބިދުޢައެއް ހެއްޔެވެ؟
ޖަވާބު: ﷲ އަށް ޙަމްދު ހުއްޓެވެ.
ދަރިފުޅު ޚިތާނުކުރުމުގެ މުނާސަބަތުގައި، ﷲ ގެ ފަޟްލުވަންތަވެރިކަމާއި ﷲ ގެ ނިޢުމަތަށް އިޢުތިރާފުވެ، އުފާވެރިކަން ފާޅުކުރުމުގެ ގޮތުން ވަލީމާއެއް ބޭއްވުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
“ޚިތާނުކުރުމާ ގުޅިގެން ބާއްވާ ޙަފްލާތަކާ އަދި މިފަދަ އެހެނިހެން ޙަފުލާތަކަށް ދަޢުވަތު ދިނުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. އެއީ ވަލީމާ ފިޔަވައެވެ. އެއީ އެކަމުގައި ކާންދިނުން ހިމެނިގެންވާކަމަށްޓަކައެވެ. އަދި އެ ދަޢުވަތަށް އިޖާބަދިނުމަކީ މުސްތަޙައްބުކަމެކެވެ. ވާޖިބުކަމެއް ނޫނެވެ.
މިއީ މި މައްސަލާގައި މާލިކުގެފާނާއި ޝާފިޢީގެފާނާއި އަބޫޙަނީފާއާއި އަބޫޙަނީފާގެ ދަރިވަރުންގެ ބަސްފުޅެވެ.
ކޮންމެ ދަޢުވަތަކަށް އިޖާބަދިނުމަކީ މުސްތަޙައްބުކަމެކެވެ. އެއީ ދަޢުވަތުދޭ މީހާގެ ހިތް ލެނބޭނެ ކަމެކެވެ. އަދި އޭނާގެ ހިތްހަމަޖެހޭނެ ކަމެކެވެ. ޚިތާނު ޙަފްލާއަކަށް އިމާމު އަޙްމަދަށް ދަޢުވަތު ދެވުނެވެ. އަދި އެކަލޭގެފާނު އެ ޙަފްލާއިން ފަރިއްކުޅުއްވިއެވެ.
ދަޢުވަތުދޭމީހާއަށް ބަލާއިރު ޚިތާނު ޙަފްލާއަށް މީހުންނަށް ދަޢުވަތު ދިނުމަކީ އޭނާއަށް ވަކި ޚާއްޞަ ކަންތައްތަކެއް ލިބޭނެކަމެއް ނޫނެވެ. އެއީ ޝަރުޢުގައި އެކަން އެގޮތަށް ލިބޭނެކަމަށް އައިސްފައިނުވާތީއެވެ. އެއީ ވަކީ ޚާއްޞަ މަޤްޞަދެއްނެތި ދެވޭ ދަޢުވަތުގެ މަޤާމުގައި ހިމެނޭ ކަމެކެވެ. ﷲ ތަޢާލާ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުކުޅައުން އަދައިގެން، އޭނާގެ އަޚުންނަށް ކާއެއްޗެއް ދިނުން ހިތުއަޅައިގެން އެކަން ކުޅަނަމަ، އޭނާއަށް އެކަމުގެ އަޖުރު އިން ޝާ ﷲ ލިބޭނެއެވެ.” المغني لابن قدامة (7/ 286)
ލަޖުނާގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
“ޚިތާނުކުރުމުގެ އުފަލުގައި އުފާވެރިކަން ފާޅުކުރުމަކީ ޝަރުޢުގައިވާ ކަމެކެވެ. އެހެނީ ޚިތާނުކުރުމަކީ އެއީ ﷲ ތަޢާލާ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( قُلْ بِفَضْلِ اللهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ ) يونس 58- މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ގެ ފަޟްލުވަންތަ ކަމާއި، އެއިލާހުގެ ރަޙްމަތަށްޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ. އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.”
ޚިތާނުކުރުމަކީވެސް ﷲ ގެ ފަޟްލުވަންތަކަމުގެ ތެރެއިން ވާހަކަމެވެ. އެކަމުގެ މުނާސަބަތުގައި ﷲ އަށް ޝުކުރުކުރުމުގެ ގޮތުން ކާއެއްޗިހި ހެދުމަކީ އެއީ މައްސަލައެއް އޮތްކަމެއް ނޫނެވެ.”
ނޯޓް: މި ފަތުވާގައި ޚިތާނުކުރުމުގެ ޙަފްލާގައި ދީނާ ޚިލާފުކަންކަން ކުރާ ވާހަކައަށް އިޝާރާތްކުރެވިފައިނުވަނީ ސުވާލު ކުރެވުނު ޙަފްލާބޭއްވުމުގެ ޙުކުމާބެހޭގޮތުން ކަމުގައިވާތީއެވެ. މިފަދަ ޙަފްލާތަކުގައި ދީނާ ޚިލާފު ކަންކަން ކުރުން ހުއްދަވެގެން ނުވެއެވެ.
ފަތުވާގެ އަޞްލު މި ލިންކުން ބައްލަވާ!