[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الضحى ގެ ތަފްސީރު 2

﴿وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴾

މާނައީ: ” އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ. “

މިއާޔަތުގައި މިވާ ލާމުން (ލާމުން އިބްތިދާއު އިން)، ޖުމުލައިގައި ބަޔާންކުރާ ޚަބަރު އިތުރަށް ޔަޤީންކޮށް ކަށަވަރުކޮށްދެއެވެ.

﴿الْآخِرَةُ ﴾ އެއީ މީސްތަކުން އަލުން ދިރުއްވާ ދުވަހެވެ. އަދި އެންމެފަހުން ތިބޭނެ ތަން ނަރަކަ ނުވަތަ ސުވަރުގެއަށް އެއްކުރެއްވޭނެތެވެ.  ﷲ ތަޢާލާ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަށް ވަޙީކުރެއްވިއެވެ.

﴿وَلَلْآخِرَةُ خَيْرٌ لَّكَ مِنَ الْأُولَىٰ ﴾ އެއީ: ދުނިޔެއަށް ވުރެ އާޚިރަތް ހެޔޮކަން ބޮޑުވެގެންވާކަމެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާ ފަދައިން  އާޚިރަތް ދުވަހަކީ ލޯތަކަށް ފެނިފައިނުވާ އަދި ކަންފަތަކަށް އިވިފައިނުވާ އަދި އިންސާނެއްގެ ހިތަށް ގެނެސްނުގަނެވޭނެފަދަ ކަންތައްތަކެއް ވާ ދުވަހެކެވެ. އަދި މިފަދައިން ﷲ  ނަބިއްޔާ ﷺ އަށް އެކަލޭގެފާނުގެ މަރުގެ އާލާސްކަންފުޅުގައި އޮންނަވަނިކޮށް ދުނިޔޭގެ ދިރިއުޅުން ނުވަތަ ﷲ ގެ ޙަޟްރަތުގައިވާ ކަންކަމާއި ދެގޮތުން ކުރެން ގޮތެއް އިޚްތިޔާރުކުރުމަށް ދެންނެވުނެވެ. ފަހެ އެކަލޭގެފާނު އިޚްތިޔާރުކުރެއްވެވީ ﷲ ގެ ޙަޟްރަތުގައިވާ ކަންކަމެވެ. އެހެނީ މިކަން ވަނީ ރަސޫލުﷲ އެކަލޭގެފާނު ޚުޠަބާ ވިދާޅުވުމަށްޓަކައި މިމްބަރުގައި ހުންނަވައި ބަޔާންކުރެއްވެވިފަދައިންނެވެ. ޙަދީޘްކުރެއްވިއެވެ:

((إِنَّ عَبْدًا خَيَّرَهُ اللَّهُ بَيْنَ أَنْ يُؤْتِيَهُ مِنْ زَهْرَةِ الدُّنْيَا مَا شَاءَ ، وَبَيْنَ مَا عِنْدَهُ ، فَاخْتَارَ مَا عِنْدَه )) [رواه البخاري]

މާނައީ:” މިދުނިޔޭގައިވާ ޒީނަތުން ބޭނުން މިންވަރެއް އިޚްތިޔާރުކުރުމަށް ނުވަތަ ﷲ ގެ ޙަޟްރަތުގައިވާ ކަންކަން ޙާޞިލުކުރުމުގެ އިޚްތިޔާރު، ހަމަކަށަވަރުން ﷲ ގެ އަޅުންކުރެ އަޅަކަށް އެއިލާހު ދެއްވިއެވެ. ފަހެ ބޭކަލަކު އިޚްތިޔާރު ކުރެއްވީ އެކަލާނގެ ޙަޟުރަތުގައިވާ ކަންކަމެވެ.”

އެހިނދު އަބޫ ބަކުރު ރަޟިޔަﷲ ޢަންހު ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނު މިކަމާ އެހާބޮޑަށް ކީރިތިކުރެއްވުމުން މީސްތަކުން ޢަޖައިބުވިއެވެ. އަދި އެހެނެއްކަމަކު މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ދަންނާނެ ބޭކަލަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަށް އެނގިވަޑައިގަތީ އެ އިޚްތިޔާރު ދެވުނު މީހަކީ ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަކަމެވެ. އަދި އެކަލޭގެފާނު އިޚްތިޔާރުކުރެއްވީ ﷲ ގެ ޙަޟުރަތުގައިވާ ކަންކަން ކަމާއި އަދި އެއީ އާޚިރަތްކަން އެކަލޭގެފާނަށް ވިސްނިވަޑައިގަތެވެ. އަދި ހަމަކަށަވަރުން މިއީ އެކަލޭގެފާނުގެ ޢަޖަލު ކައިރިވެއްޖެކަމުގެ ޢަލާމާތެކެވެ.[1]

= ނުނިމޭ =

މިސޫރަތުގެ އެހެނިހެން ބައިތައް

[1] – أخرجه البخاري، كتاب مناقب الأنصار، باب هجرة النبي ﷺ وأصحابه إلى المدينة (3904)