[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الضحى ގެ ތަފްސީރު 5

﴿ وَوَجَدَكَ ضَالًّا فَهَدَىٰ﴾ 

އަދި ކަލޭގެފާނު މަގު ގެއްލިފައިވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ.

﴿ وَوَجَدَكَ ضَالًّا﴾

އެބަހީ: ޢިލްމެއް ނުދަންނަ ޙާލުގައެވެ. އެހެނީ ވަޙީ ބާއްވައިލެއްވުމުގެ ކުރިން ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމްއަކީ އެއްވެސް އެއްޗެއް އެނގިލައްވާ ބޭކަލެއް ނޫނެވެ.

﴿وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ﴾[سورة النساء: 113]

މާނައީ: “އަދި، ކަލޭގެފާނު އިހަށް ދެނެވަޑައިނުގަންނަވާ ކަންތައް ކަލޭގެފާނަށް އެކަލާނގެ އުނގަންނައި ދެއްވިއެވެ. “

އަދިވެސް ވަޙީކުރެއްވިއެވެ.

﴿وَمَا كُنتَ تَتْلُو مِن قَبْلِهِ مِن كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ ۖ إِذًا لَّارْتَابَ الْمُبْطِلُونَ﴾ [سورة العنكبوت: ٤٨]

މާނައީ: “އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ.”

އެއީ އޭގެ ކުރިން އެކަލޭގެފާނީ އެއްޗެއް އެނގިފައިނުވާ ބޭކަލެކެވެ. އަދި ކިއެއްތަ، ލިޔަންކިޔަންވެސް ނުދަންނަ ބޭކަލެކެވެ.

﴿هُوَ الَّذِي بَعَثَ فِي الْأُمِّيِّينَ رَسُولًا مِّنْهُمْ [سورة الجمعة: 2]  

މާނައީ:” ލިޔަންކިޔަން ނުދަންނަ ބައެއްގެ ތެރެޔަށް، އެއުރެންގެ ތެރެއިން ރަސޫލަކު ފޮނުއްވީ އެކަލާނގެއެވެ.”

ކިޔަން ނޭނގޭ އަދި ލިޔަންވެސް ނޭނގޭ ބޭކަލެކެވެ. އެހެނެއްކަމަކު މިމަތިވެރިވެގެންވާ ހިސާބަށް ވާޞިލްވެވަޑައިގެންނެވީ ﷲ އެކަލޭގެފާނަށް ބާއްވައިލެއްވެވި ވަޙީގެ ސަބަބުންނެވެ. ފަހެ ޢިލްމު ލިބިވަޑައިގަތެވެ، އަދި އުނގަންނަވައި ދެއްވިއެވެ. މިތަނުގައި ﷲ ވަޙީކުރެއްވިއެވެ

﴿ فَهَدَىٰ﴾ (އެބަހީ: ފަހެ ހިދާޔަތު ދެއްކެވިއެވެ.) ފަހެމިފަދައިން ވަޙީކުރެއްވިއިރު فَهَداك (އެބަހީ: ފަހެ ކަލޭގެފާނަށް ހިދާޔަތުދެއްކެވިއެވެ.) މިފަދައިން ވަޙީނުކުރައްވައެވެ. މިކަމުގެ ސަބަބު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ފަހަރުގައި ފުރަތަމަ ލަފްޒުގެ ޝާމިލުކަމާ ތަނަވަސްކަންބޮޑުވުމުންކަމުގައި ވެދާނެއެވެ. އެހެނީ އެކަލާނގެވަނީ އެކަލޭގެފާނަށް ހިދާޔަތު ދައްކަވާފައެވެ. އަދި އެކަލޭގެފާނު މެދުވެރިކޮށްވެސް ބަޔަކަށް ހިދާޔަތުދައްކަވާފައެވެ. ފަހެ އެކަލޭގެފާނަކީ ހިދާޔަތުލިބިވަޑައިގެންވާ އަދި ހިދާޔަތަށް މަދުދައްކަވާ ފަރާތެކެވެ. އެހެންކަމުން މިތަނުގައި ﴿ فَهَدَىٰ﴾ ގެ މާނައަކީ ކަލޭގެފާނަށާ އަދި ކަލޭގެފާނުގެ ސަބަބުންވެސް ހިދާޔަތުދެއްކެވިއެވ.ެ

= ނުނިމޭ =

މިސޫރަތުގެ އެހެނިހެން ބައިތައް