[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނާސިޚް އަދި މަންސޫޚު އާޔަތްތަކުގެ ތާވަލު

ޢަރަބި ބަހުގައި ނަސްޚުގެ މާނައަކީ ފޮހެލުމެވެ. ނުވަތަ ބަދަލުކުރުމެވެ. [1]

އަދި ޝަރުޢީ އިޞްޠިލާޙުގައި ނަސްޚަކީ: ޝަރުޢީ ޚިޠާބަކުން ޝަރުޢީ ޙުކުމެއް އުފުއްލެވުމެވެ. [2]

ކީރިތި ޤުރުއާނުގެ އާޔަތްތައް މަންސޫޚުވުމުގައި އެކި ޙިކުމަތްތައް އޭގައި އެކުލެވިގެންވެއެވެ. އެގޮތުން އޭގެ އެއް ޙިކްމަތަކީ މީސްތަކުންނަށް ފަސޭޙަވާނޭ ގޮތަށް ޙުކުމްތައް ޝަރުޢުކުރެއްވުމެވެ. [3]

ތިރީގައިވާ ތާވަލުގައި އެވަނީ މި މައުޟޫޢުގައި ދިރާސާކުރައްވާފައިވާ ޢިލްމުވެރިންގެ ތެރެއިން އެ އާޔަތްތައް މަންސޫޚުވެފައިވާކަމަށް ވިދާޅުވެފައިވާ ޢިލްމުވެރިންނާއި އަދި މަންސޫޚު ނުވާކަމަށް ވިދާޅުވާ ޢިލްމުވެރިން އެނގޭނެ ގޮތަށް ޚުލާޞާ ގޮތަކަށް ބަޔާންކުރެވިފައެވެ. މިއީ ސުޢޫދީ ޢަރަބިއްޔާގެ مجمع الملك فهد އިން ތައްޔާރުކުރައްވާފައިވާ ޚުލާޞާ ތާވަލެކެވެ.

*****************************************

 

ތާވަލު ޑައުންލޯޑުކުރައްވާ

 

މިތާވަލުން އެނގިގެން ދަނީ މަންސޫޚުވެފައިކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަނީ ދެ އާޔަތާ މެދުއެވެ. އެއީ:

يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً  (12) من سورة المجادلة.

يَا أَيُّهَا الْمُزَّمِّلُ * قُمِ اللَّيْلَ إِلا قَلِيلا * نِصْفَهُ أَوِ انْقُصْ مِنْهُ قَلِيلا  (1-3) من سورة المزمل.

އެނޫން އާޔަތްތަކާ މެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. މި މަޢުލޫމާތުގެ ތަފްޞީލު ބައްލަވަން ބޭނުންނަމަ ޖެހޭނީ މިކަމުގެ މަޞްދަރުތަކަށް ރުޖޫޢަވާށެވެ.

وصلى الله وسلم على محمد الناطق بالصدق والصواب وعلى آله وصحبه أجمعين، والحمد لله رب العالمين.

_______________________________________

[1]  ބައްލަވާ: مباحث في علوم القرآن لمناع القطان / ص: 237 / طبعة: مكتبة المعارف

[2]  ބައްލަވާ: مباحث في علوم القرآن لمناع القطان / ص: 238 / طبعة: مكتبة المعارف

[3]  ބައްލަވާ: مباحث في علوم القرآن لمناع القطان / ص: 246 / طبعة: مكتبة المعارف

 

މަޞްދަރު