[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބާއްޖަވެރިކަން

ބާއްޖަވެރިކަމަކީ ހުވަފެނުގެ ބަގީޗާއެކެވެ. އަދި އުންމީދުތައް ކޮޅުންލާ ހިސާބެވެ. ކޮންމެ މީހަކުވެސް އެކަމަށް އެދެއެވެ. ނަމަވެސް އެކަން ޙާޞިލުވަނީ މަދު ބަޔަކަށެވެ. ތަފާތު ދިރިއުޅުން އުޅެމުންދާ ތަފާތުމީހުން އުޅެއެވެ. އަދި ތަފާތު ވަސީލަތްތައް ބޭނުންކުރަމުންދާ މަޤްޞަދު ތަފާތު މީހުންވެސް އުޅެއެވެ. އަދި ތަފާތު ބަސްބަހުން ވާހަކަދައްކަމުންދާ ތަފާތު ޤައުމުތަކުގެ މީހުންވެއެވެ. އަދި ތަފާތު ފިކުރާ އެދުންތަކުގެ މީހުންވެސް އުޅެއެވެ. މިއެންމެންވެސް ވަނީ ބާއްޖަވެރިކަން ހޯދުމަށް މަސައްކަތްކުރުމުގައި އެއްބަސްކިޔާފައެވެ. އެހެނީ މިއެންމެންވެސްވަނީ ދުނިޔޭގެ އުނދަގުލާއި ވޭނުގެ ރަހަ ދެކިފައެވެ. އަދި އެދެނީ އެއްވެސް ހިތާމައެއް ހާސްކަމެއްނެތް ބާއްޖަވެރި ދިރިއުޅުމަކަށެވެ. ފަހެ ބާއްޖަވެރިކަން ޙާޞިލުވުމަކީ ރަޙްމާނުވަންތަ އިލާހުގެ ޙަޟްރަތުން ލިބޭ ދެއްވުމެކެވެ. އެކަން ލިބޭނީ އެއިލާހު އިރާދަކުރެއްވި އަޅަކަށެވެ. އެކަމުގެ މޭވާ ޙާޞިލުވާ ބަޔަކުވެއެވެ. އަދި އެކަމުން މަޙްރޫމުވެފައިވާ ބަޔަކު އެކަން ލިބޭނެކަމުގެ އުންމީދުގައި އުޅެއެވެ. އެކަމަށް ތައުފީޤުދެއްވިގެންވާ މީހަކީ އެކަމުގެ މަގު ފެނި އެމަގުން ހިނގާ އަދި އެކަމަށްޓަކައި މަސައްކަތްކުރި މީހެކެވެ. އަދި އޭގެ އިދިކޮޅުކަމުގައިވާ އަބާއްޖަވެރިކަމާ ދުރުވެގެންފި މީހެކެވެ.

 

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް