[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބާއްޖަވެރިކަމުގެ މަގު

ﷲ އަށް ކިޔަމަން ނުވެ ބާއްޖަވެރިކަން ޙާޞިލުކުރެވޭނެ އެއްވެސް މަގެއް ނުވެއެވެ. ގިނައިން ހެޔޮޢަމަލުކޮށް، ފާފަތަކާއި ކުށްތަކުން ދުރުހެލިވެއްޖެމީހަކު އުޅޭނީ ބާއްޖަވެރި ދިރިއުޅުމެކެވެ. އަދި އޭނާ ވާހުށީ އޭނާގެ ރައްބާ ކުއްތަންވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً﴾ [سورة النحل ٩٧]

މާނައީ: “މުއުމިނަކުކަމުގައިވާ ޙާލު ، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، އެޞާލިޙު ޢަމަލުކޮށްފިމީހާ (ދަންނައެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. “

އިބްނު ކަޘީރު ވިދާޅުވިއެވެ.

” ކޮންމެ ގޮތަކުން ވިޔަސް ހަމަޖެހުން ލިބުމަކީ ބާއްޖަވެރިކަމުގައި ހިމެނިގެންދާނޭ ކަމެކެވެ.” [نفسير ابن كثير / ( 2 / 908 )

ﷲއަށް އެއެއްކައުވަންތަކުރުމާ، ހިތްއެއިލާހާ ގުޅިފައިވުމާ އަދި އެމީހެއްގެ ހުރިހާކަމެއް ﷲ އާ ހަވާލުކުރުމީ ބާއްޖަވެރިކަން އުތުރި އަރައިގެންދާކަމެކެވެ.

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

” ތައުޙީދުގެ ސަބަބުން ހެޔޮކަމާއި އުފާވެރިކަމާއި ލައްޛަތާ އަދި އުޖާލާކަމުގެ ދޮރު އަޅާއަށް ހުޅުވިގެންދެއެވެ.” [ زاد المعاد / ( 4 / 202 ) ]

ބާއްޖަވެރިކަމުގެ ބޮޅުތައް ފުރިހަމަވެގެންދަނީ ﷲ އަށް ކިޔަމަންގަތުމުގައި ދާއިމުވެގެންވާ ޙާލު އަޅުތަކުންނަށް އިޙްސާންތެރިވުމުންނެވެ.

ޝައިޚުލް އިސްލާމް ވިދާޅުވިއެވެ.

” އަޅުތަކުންނާ މުޢާމަލާތުކުރުމުގައި ބާއްޖަވެރިކަންވަނީ ﷲ އަށްޓަކައި އެބައިމީހުންނާ މުޢާމަލާތުކުރުމުންނެވެ. އަދި އެބައިމީހުންގެ ކަންކަމުގައި ﷲ ގެ ޙަޟްރަތުން އުންމީދުކުރުމެވެ. އަދި ﷲ އާ ގުޅުންހުރިކަމެއްގައި އެބައިމީހުންގެ ކިބައިން އުންމީދުނުކުރުމެވެ. އަދި އެބައިމީހުންގެ ކަންކަމުގައި ﷲ އަށް ބިރުވެތިވުމެވެ. އަދި ﷲ އާ ގުޅުންހުރިކަމެއްގައި އެބައިމީހުންދެކެ ބިރުނުގަތުމެވެ. އަދި ތިބާ އެބައިމީހުންނަށް އިޙްސާންތެރިވާނީ ﷲ ގެ ޘާވާބަށް އެދިގެންނެވެ. އެބައިމީހުން ދޭ ޖަޒާއަކަށް ބަލައިގެނެއް ނޫނެވެ. އަދި އެބައިމީހުންނަށް އަނިޔާވެރިވުމުން ތިބާ ދުރުހެލިވާނީ ﷲ ދެކެ ބިރުވެރިވެގެންނެވެ. އެބައިމީހުންދެކެ ބިރުންނެއް ނޫނެވެ.” [ فتاوى شيخ الإسلام / ( 1 / 51 )

އީމާންކަމުގެ ރަހަ ލިބިއްޖެމީހަކަށް ބާއްޖަވެރިކަމުގެ ރަހާ ލިބޭނެއެވެ. އަދި އޭނާ ދިރިއުޅޭއިރު މޭ ތަނަވަސްވެ ހިތްހަމަޖެހި އަދި ހިމޭން ވާނެއެވެ.

އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

“ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވާތީ ތިމަން އަޑުއެހީމެވެ. ހަމަކަށަވަރުން ދުނިޔޭގައިވެސް ސުވަރުގެއެއް ވެއެވެ. އެތަނަށް ނުވަދެވިއްޖެމީހަކަށް އާޚިރަތުގައި ސުވަރުގެ ނުވަދެވޭނެއެވެ. އަދިވެސް ތިމަން ގާތު އެއްފަހަރު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ޢަދުއްވުންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ތިމަންކަލޭގެފާނުގެ ސުވަރުގެއާއި ބަގީޗާވަނީ ތިމަންކަލޭގެފާނުގެ މޭތެރޭގައެވެ. ތިމަންކަލޭގެފާނު ދިޔަ ކޮންމެ ތަނަކަށް އެދާނެއެވެ. އެ ވަކިވެގެން ނުދާނެއެވެ.” [ الوابل الصيب / ص: 60]

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް