[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަމަލުމަދުވިޔަސް ޢަމަލުގައި އިޚްލާޞްތެރިވުމުން ބަރަކާތްލެއްވޭނެ

އިޚްލާޞްތެރިކަމާއެކު ޞާލިޙު ޢަމަލެއް އަޅަކުކޮށްފިނަމަ އެއީ ކިތަންމެ ކުޑަކަމެއްކަމުގައިވިޔަސް ﷲ ތަޢާލާ އެކަމެއް ޤަބޫލުކުރައްވައި ގިނަގުނަކޮށްދެއްވާނެއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((لَقَدْ رَأَيْتُ رَجُلاً يَتَقَلَّبُ فِى الْجَنَّةِ فِى شَجَرَةٍ قَطَعَهَا مِنْ ظَهْرِ الطَّرِيقِ كَانَتْ تُؤْذِى النَّاسَ)) [رواه مسلم]

މާނައީ: “މީސްތަކުންނަށް އުނދަގޫވާނޭހެން މަގުމެދުގައިހުރި ގަހެއް ކަނޑާލިމީހަކު، ސުވަރުގޭގެ ނިޢުމަތްތަކުގައިވަނިކޮށް ތިމަންކަލޭގެފާނު ހަމަކަށަވަރުންވެސް ދެކެވަޑައިގަތީމުއެވެ.”

އަދި އެހެން ރިވާޔަތެއްގައިވެއެވެ.

((مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ. فَأُدْخِلَ الْجَنَّةَ)) [رواه مسلم]

މާނައީ: “މަގުމަތީގައި ހުރި ގޮފިގަނޑެއްގެ ކައިރިން މީހަކު ހުރަސްކޮށްފައިދިޔައެވެ. ފަހެ އެހިނދު އޭނާ ބުންޏެވެ. މުސްލިމުންނަށް އުނދަގޫނުވާނޭހެން މި އެއްފަރާތްކޮށްލާނަމެވެ. ދެންފަހެ އެކަމުގެ ސަބަބުން އޭނާ ސުވަރުގެއަށް ވެއްދެވުނެވެ.”

ފަހެ އިޚްލާޞްތެރިކަމާއެކު ކުޑަޢަމަލެއްކުރުމުން އޭނާއަށް ސުވަރުގެއަށް ވަދެވުނީއެވެ.

އަދި ޒިނޭކޮށް އުޅުނު (ބަނޫ އިސްރާއީލުގެ އަންހެންމީހާއާމެދު) ވިސްނާލާށެވެ. ހުތުރުކަން ބޮޑު ޢަމަލުތަކެއް ކުރަމަށްފަހު މީސްތަކުންނަށް ވަރަށް ކުޑަޢަމަލެއްހެން ހީވާކަހަލަ ޢަމަލެއް އޭނާކުރިއެވެ. އެއީ ކުއްތާއަކަށް ފެންދިނުމެވެ. އިންސާނަކަށްވެސް ނޫނެވެ. ފަހެ އޭނާގެ ނުބައި ޢަމަލުތަކެއް ވަނިކޮށްވެސް އެކުޑަ ޢަމަލުގެ ސަބަބުން ﷲ އޭނާގެ ފާފަފުއްސެވިއެވެ.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((بَيْنَمَا كَلْبٌ يُطِيفُ بِرَكِيَّةٍ قَدْ كَادَ يَقْتُلُهُ الْعَطَشُ إِذْ رَأَتْهُ بَغِىٌّ مِنْ بَغَايَا بَنِى إِسْرَائِيلَ فَنَزَعَتْ مُوقَهَا فَاسْتَقَتْ لَهُ بِهِ فَسَقَتْهُ إِيَّاهُ فَغُفِرَ لَهَا بِهِ)) [متفق عليه]

މާނައީ: “ފެން ބޮވައިގަނެގެން މަރުވާންކައިރުވެފައިވާ ކުއްތާއެއް، ވަޅެއްގެ ކައިރީގައި އެނބުރުނެވެ. ބަނޫ އިސްރާއީލުންގެ ތެރޭގައި އުޅުނު ޒިނޭކުރާ އަންހެނަކަށް އެކަން ފެނިގެން އޭނާގެ ޚުއްފު (އެބަހީ: ލެދަރުން ހަދާފައި ހުންނަ އިސްޓާކީނުފަދަ އެއްޗެއް) ބާލާފައި، ފެން ނަގައިގެން އެކުއްތާއަށް ދިނެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާ އެއަންހެނާގެ ފާފަ ފުއްސެވިއެވެ.”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް