ފާފަކުރާމީހާގެ ހިތުގެ ދޮރުފަތުގައި ތަކުރާރުކޮށް ޓަކިޖަހާށެވެ. ﷲ ތަޢާލާ، އޭނާގެ ހިތް ތިބާގެ އަތްމައްޗަށް ހުޅުވާދެއްވާނީ ކޮން އިރަކުކަމެއް ތިބާއަކަށް ނޭނގޭނެއެވެ. ފަހެ މާޔޫސްވުމެއް ނެތި، ނުވަ ސަތޭކަ ފަންސާސް އަހަރުވަންދެން، ނޫޙު ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދަޢުވަތު ދެއްވިއެވެ.
މީހަކު މުންކަރާތަކަށް އަރައިގަންނަ ތަން ތިބާއަށް ފެންނަ ކޮންމެ ހިނދެއްގައި ޙިކުމަތްތެރިކަމާ މަޑުމައިތިރިކަމާއެކު އޭނާއަށް ނަސޭޙަތް ދިނުމަށް އަވަސްވެ ގަންނާށެވެ. އަދި ނަސޭޙަތް ދިނުން ފަސްނުކުރާށެވެ. ފަހަރުގައި ފަރުވާކުޑަކުރަމުންދާމީހާ، ފާފަކުރާޙާލުވެސް (މިދުނިޔެ ދޫކޮށް) އޭނާގެ ވެރިރައްބާ ބައްދަލުކޮށްފާނެއެވެ. އެޙާލަތުގައި ތިބާ އޭނާއަށް ނަސޭޙަތް ދީފައިނުވާނަމަ އެކަމުގައި ފަރުވާކުޑަކޮށްފައިވާތީ އެކަމާ ތިބާ ހިތާމަކުރާނެއެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.