[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (24)

އަދި މިތަނުގައި މަޤްޞަދަކީ ކިޔެވެލިތައް ކިޔަވާ މީހުންގެ އެ ކިޔެވެލިތަކުގައި ޝިރުކާއި ކުފުރު ހިމެނޭކަމެވެ. އެފަދަ ކިޔެވެލިތައް ހުއްދަވެގެންނުވެއެވެ. ޖިންނީންގެ ކިބައިން ދިފާޢުކޮށްދިނުމަށް އެތަކެތިވަނީ ގިނަ ފަހަރު ނުކުޅެދިފައެވެ. އިންސާނެއްގެ ގަޔަށް ވަދެފައިވާ ޖިންނިއެއް މަރާލުމަށް ނުވަތަ ހައްޔަރުކޮށްދިނުމަށް އެސޮރުމެންގެ ކިބައިން އެދުމުން ގިނަފަހަރު އެކަމަށް އެސޮރުމެއް ފުރައްސާރަކުރެއެވެ. އަދި އެ ޖިންނި މަރާލައިފިކަމަށް ނުވަތަ ހައްޔަރުކޮށްފިކަމަށް ދައްކައެވެ. ނަމަވެސް އެއީ އެސޮރުމެން ދައްކާލާ ދަޅައެކެވެ. އަދި ދޮގެކެވެ. މިފަދައިން ކަންތައް ކުރަނީ އެސޮރުމެން ދައްކާ ދަޅަތައް ތެދުކުރާތީއެވެ. ފަހެ، ޢާންމުކޮށް އެސޮރުމެން މުއާމަލާތްކޮށްހަދަނީ ވާހަކަ ދައްކައިގެން ނުވަތަ ދައްކާ މަންޒަރުތަކަކުންނެވެ. އެއީ މުޝްރިކުން ނުވަތަ އަހުލު ކިތާބީން ނުވަތަ ޖިންނީންނާއި ޝައިޠާނުންގެ ސަބަބުން މަގުގެއްލިފައިވާ މުސްލިމުންނާ ކަމުގައި ވިޔަސްމެއެވެ. އަދި ކިޔެވެލިތައް ކިޔަވާމީހުންނަށް އެމީހުން އެނގެން ބޭނުންވާ ކަންކަމާ އެއްގޮތަށް ޖިންނީން އެބައިމީހުންނަށް ދައްކައިދެއެވެ. ދެން އެބައިމީހުން އެފެނުނު ކަންކަމުގެ ޚަބަރު އެމީހުންގެ ގާތަށް އަންނަ މީހުންނަށް ދެއެވެ. ބައެއްމީހުން އެފަދައިން ޚަބަރުދެނީ އެއީ ޙަޤީޤަތެއް ނޫންކަމާ، ޖިންނީން ދެއްކި މަންޒަރެއްކަން އެނގޭ ޙާލުވެސްމެއެވެ. އަނެއް ބަޔަކު އެއީ ޙަޤީޤަތްކަމަށް ޤަބޫލުކޮށްގެނެވެ. އަދި ދުރު ހިސާބެއްގައިވާ ފަރާތަކަށް ގޮވާލުމުން އެފަރާތެއްގެ އަޑު އިވުމަށް އެދޭ މީހުންނަށް ޖިންނީން އެފަދައިން އަޑު އިއްވައެވެ. އެއީ މިޘާލަކަށް މުޝްރިކުންނާއި އަހުލުކިތާބީންގެ ތެރެއިން މަގުފުރެދިފައިވާ ބައެއްމީހުނާއި މުސްލިމުންގެ ތެރެއިން ޖާހިލުން އެބައިމީހުން މާތްކުރާ ފަރާތްތަކުގެ ކިބައިން ކަންކަމަށް އެދި އެބައިމީހުން ގޮވާލާ ހިނދެވެ. “އޭ ތިމަންގެ ސާހިބާއެވެ.”  ފަހެ، އެހިނދު ޖިންނި އެބައިމީހުން އެގޮވި މީހެއްގެ އަޑުން އެމީހުންނާ މުޚާޠަބު ކުރެއެވެ. އެމީހުންގެ ގޮވާލުމަށް އެޝައިޚު އިޖާބަދިނުމުން އެމީހުން އަނެއްކާވެސް އެ ޝައިޚުގެ ކިބައިން ކަންކަމަށް އެދެއެވެ. އަދި އެމީހާގެ އަޑުން ޖިންނި އިޖާބަދެއެވެ. މިގޮތަށް މިކަން އެތައް ފަހަރަކު ތަކުރާރުވެއެވެ. މިފަދައިން ވަރަށް ގިނަމީހުންނަށް ކަން ހިނގާފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުން ތިމަންކަލޭގެފާނަށް އެނގެއެވެ.

 

=ނުނިމޭ=

 

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް