[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކައިވެނިކުރުމަށް އަހަރެންގެ ބައްޕަ ހުރަސް އަޅަނީ

އެހެންބަޔަކު އުޅޭގޮތް ކޮޕީކުރުމަކީ ޢާންމުގޮތެއްގައި މުޖުތަމަޢުތަކުގައި ކަން ހިނގާގޮތެވެ. ނަމަވެސް މިއީ ގޯހެކެވެ. އިސްލާމްދީނުގައި ޘާބިތު އުޞޫލުތަކާއި ހަރުދަނާ ހަމަތަކެއްވެއެވެ. އެހެންކަމުން އެހެންބަޔަކު އުޅޭގޮތް ކޮޕީކުރާކަށް އަޅުގަނޑުމެން ނުޖެހެއެވެ.

އަޅުގަނޑުމެންގެ ދީނުގައިވަނީ ޒުވާން ފިރިހެން ކުދިންނާއި އަންހެންކުދިން ކައިވެނިކޮށްދިނުމަށް ބާރުއަޅާފައެވެ. އެކަމުގައި ފާޅުވެގެންވާ މަޞްލަޙަތުތަކެއްވެއެވެ. އަދި ހިނގަމުންދާ ނުބައިތަކެއްވެސް އޭގެ ސަބަބުން އެއްކިބާ ކުރެވޭނެއެވެ.

މަޚްލޫޤުންގެ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ޚާލިޤުވަންތަ އިލާހެވެ. އިސްލާމްދީނުގައި މިކަން އޮތްގޮތް ބަޔާންކޮށްދެއްވަމުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ الْبَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ))‏ [متفق عليه] 

މާނައީ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޮލުގެ ބެލުން ތިރިކޮށްދޭ (އެބަހީ: ރައްކާތެރިކޮށްދޭ) ކަމެކެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ.”

އެންމެ ޒުވާން އުމުރުފުރާގައި ކައިވެނިކުރުމުގެ ގެއްލުންތަކެއްވާނެނަމަ މިޠާހިރު ޝަރީޢަތުގައި އެކަމަށް ބާރުއެޅިފައި ނުވާނެއެވެ.

ޝަރުޢީ ޤަވާޢިދުގައި އައިސްފައިވެއެވެ.

މާނައީ: “ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ކޮންމެކަމަކީ އެއިލާހު ލޯބިވެވޮޑިގެންވާ އަދި ރުހިވޮޑިގެންވާ ކަންތައްތަކެވެ.”
ފަހެ ޒުވާނުން ކައިވެނިކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގެންވާކަމެއްކަމުގައި ވުމާއެކުވެސް އެކަމަށް ބައްޕައިން ހުރަސް އަޅަނީ ކީއްވެ ހެއްޔެވެ!

ކައިވެނިކުރުން ފަސްކުރާތީ މުޖުތަމަޢުތައި ކަރުނައަޅަންޖެހޭވަރުގެ ހިތާމަތަށް މެދުވެރިވެއެވެ. ކައިވެނިކުރުމަކީ ޢިތްފަތްތެރިކަމާއި ރައްކާތެރިކަމާ އަދި ހެޔޮކަން އެކުލެވިގެންވާ ކަމެކެވެ.

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް