[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 12

ދެންފަހެ ހިޖުރައިން ދުއިސައްތަ ތިރީސް ދެވަނައަހަރުގެ ޛުލް ޙައްޖު މަހުގައި މުޢުތަޞިމްގެ އަނިޔާވެރި ވެރިކަން ނިމި މުތަވައްކިލުގެ ވެރިކަމަށް ފެށުނެވެ. ދެންފަހެ ﷲގެ ރަޙުމަތުން މުތަވައްކިލުގެ ވެރިކަމުގައި އިމާމު އަޙްމަދު ރަޙިމަހުﷲ މިނިވަންވިއެވެ. އަދި މިވެރިކަމުގައި ﷲގެ ފަޟުލަވަންތަވެރިކަމުން ސުންނަތް ދިރިގެންދިޔައެވެ.

އެކަލޭގެފާނުގެ ޝައިޚުންނާއި ދަރިވަރުން.

އެކަލޭގެފާނުގެ ޝައިޚުންގެ ގޮތުގައި ޚަޠީބުލް ބަޣްދާދީ ފާހަގަކުރައްވާފައިވާ ބޭކަލުން މިތަނުގައި ލިސްޓުކޮށްލާނަމެވެ.[1]

إسماعيل بن علية

هشيم بن بشير

حماد بن خالد الخياط

منصور بن سلمة الخزاعي

المظفر بن مدرك

عثمان بن عمر بن فارس

أبو النضر هاشم بن القاسم

أبو سعيد مولى بنى هاشم

محمد بن يزيد

يزيد بن هارون الواسطيين

محمد بن أبى عدى

محمد بن جعفر غندر

يحيى بن سعيد القطان

عبد الرحمن بن مهدى

بشر بن المفضل

محمد بن بكر البرساني

أبو داود الطيالسي

روح بن عبادة

وكيع بن جراح

أبو معاوية الضرير

عبد الله بن نمير

أبو أسامة

سفيان بن عيينة

يحيى بن سليم الطائفي

محمد بن إدريس الشافعي

إبراهيم بن سعد الزهري

عبد الرزاق بن همام

أبو قرة موسى بن طارق

الوليد بن مسلم

އަދި މީނޫންވެސް އެތަކެއް ބޭކަލުންނެއް ޛިކުރު ކުރައްވާފައި ވެއެވެ.. އަދި المزي އެކަލޭގެފާނުގެ تهذيب الكمال ގައި ސަތޭކަ ހަތަރު ޝައިޚުން އެކަލޭގެފާނުގެ ޝައިޚުންގެ ގޮތުގައި ފާހަގަ ކުރައްވާފައިވެއެވެ.[2]

ޚަޠީބުލް ބަޣްދާދީ ވިދާޅުވިއެވެ.

އެކަލޭގެފާނުގެ ޝައިޚުންގެ ތެރެއިން އެކަކަށްވުރެ ގިނަ ބޭކަލުން އެކަލޭގެފާނުގެ އަރިހުން ޢިލްމު ޙާޞިލްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދެ ދަރިކަލުން ޢަބްދުﷲ އާއި ޞާލިޙު އާއި އަދި އެކަލޭގެފާނުގެ ބޮޑުބޭބެގެ ދަރި ޙަންބަލް ބުން އިސްޙާޤުވެސް އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަތެވެ.

އަދި މީގެ އިތުރުންވެސް ޚަޠީބުލް ބަޣްދާދީ އެކަލޭގެފާނުގެ ދަރިވަރުންގެ ގޮތުގައި ފާހަގަކުރައްވާފައިވާ ބޭކަލުން މިތަނުގައި ލިސްޓުކޮށްލާނަމެވެ.[3]

الحسن بن الصباح البزار

محمد بن إسحاق الصاغاني

عباس بن محمد الدوري

محمد بن عبيد الله المنادى

محمد بن إسماعيل البخاري ومسلم بن الحجاج النيسابوري

أبو زرعة وأبو حاتم الرازيان

أبو داود السجستاني

أبو بكر الأثرم

أبو بكر المروذي

يعقوب بن شيبة

أحمد بن أبى خيثمة

أبو زرعة الدمشقي

إبراهيم الحربي

موسى بن هارون

عبد الله بن محمد البغوي

المزي އެކަލޭގެފާނުގެ تهذيب الكمال ގައި އަށްޑިހަ އަށް ދަރިވަރުން ފާހަގަ ކުރައްވާފައިވެއެވެ.[4]

(ނުނިމޭ)

މިލިޔުމުގެ އެހެންބައިތައް


[1] تاريخ بغداد (4/421)

[2] تهذيب الكمال (1/437-440)

[3] تاريخ بغداد (4/421)

[4] تهذيب الكمال (1/444-440)