[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޔައްމުމު ބާޠިލުކުރާ ކަންތައްތައް

އެއީތަޔައްމުމު ފާސިދުވާ ކަންކަމެވެ. ތަޔައްމުމު ބާޠިލުކުރާ ކަންތައްތައް ތިނެކެވެ. އެއީ
1- ތަޔައްމުމު(ވުޟޫ) ގެއްލޭކަމެއް މެދުވެރިވުން:
ކުޑަ ޙަދަޘްވެރިވުމުން، ވުޟޫ ގެއްލޭތީ ތަޔައްމުމުވެސް ބާޠިލުވާނެއެވެ. އަދި ބޮޑު ޙަދަޘްވެރިވުމުން، އެބަހީ ޖުނުބާއި، ޙައިޟާއި ނިފާސްވެރިވުމަކީވެސް ތަޔައްމުމު ބާޠިލުކުރާކަމެކެވެ. އެއީ ހިނައިގަންނަންޖެހޭތީއެވެ. ކުޑަ ޙަދަޘްވެރިވެ ހުރެ ތަޔައްމުމު ކޮށްފިނަމަ ކުޑަ ޙަދަޘްއިން އެރިގަނެވުނީއެވެ. އޭގެ ފަހުގައި ކުޑަކަމުގޮސްފިނަމަ ނުވަތަ ބޮޑުކަމު ގޮސްފިނަމަ ތަޔައްމުމު ބާޠިލުވީއެވެ. އެހެނީ ތަޔައްމުމަކީ ވުޟޫގެ ބަދަލުގައި ކުރާ ކަމެކެވެ. ބަދަލުގައި ކުރާ ކަމަކަށްވަނީ އޭގެ އަޞްލުގެ ޙުކުމެވެ. ބޮޑު ޙަދަޘްއިން އެރިގަތުމަށް ތަޔައްމުމު ކުރުންވެސް ހަމަ މިފަދައެވެ. ބޮޑު ޙަދަޘްއިން އެރިގަތުމަށް ތަޔައްމުމު ކުރުމަށްފަހު، ބޮޑު ޙަދަޘްވެރި ވެއްޖެނަމަ ތަޔައްމުމު ބާޠިލުވީއެވެ. އެބަހީ އަލުން ތަޔައްމުމު ކުރަން ޖެހުނީއެވެ.
2- ފެން ލިބުން: އެއީ ތަޔައްމުމު ކުރީ ފެން ނުލިބުމުގެ ސަބަބުން ކަމުގައިވާނަމައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘްގެ ސަބަބުންނެވެ. (( إِنَّ الصَّيْدَ الطَّيِّبَ طَهُورُ الْـمُسْلِمِ وَإِنْ لَمْ يَجِدِ الْـمَاءَ عَشَرَ سِنِيْنَ، فَإِذَا وَجَدَ الْـمَـاءَ فَلْيُمِسَّهُ بَشَرَتَهُ فَإِنَّ ذَلِكَ خَيْرٌ)) [رواه الترمذي وصححه برقم124 وصححه الألباني في الإرواء برقم 153 ] މާނައީ: “ހަމަކަށަވަރުން ޠާހިރު ވެއްޔަކީ މުސްލިމާގެ ޠާހިރުކަން ލިބިގަންނަ އެއްޗެކެވެ. އެއީ ދިހައަހަރުވަންދެން އޭނާއަށް ފެން ނުލިބުނުކަމުގައިވިޔަސްމެއެވެ. ދެން އޭނާއަށް ފެން ލިބުމުން ފަހެ އޭނާގެ ހަށިގަނޑުގައި އެފެން ޖައްސާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެކަން އޭނާއަށް ހެޔޮވެގެންވެއެވެ.”
3- ތަޔައްމުމު ކުރަން މެދުވެރިވި ސަބަބު، ބަލިމަޑުކަން ނުވަތަ އެފަދަ ކަންކަން ފިލައިދިޔުން.

(ނުނިމޭ)

الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد- المملكة العربية السعودية