[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނާގެ އަގު

އިސްލާމްދީނުގައި އަންހެނުންނަކީ ވަރަށް ޤަދަރު ކުރެވިގެންވާ އަދި އެހާމެ އިޚްތިރާމް ލިބިގެންވާ ބައެކެވެ. އަންހެނުންނަކީ ވީހާވެސް ފޮރުވިގެން އުޅެން ޖެހޭ ބައެކެވެ. އަދި ވަކި ޙުދޫދެއްގެ ތެރެއިން މެނުވީ އެކަނބަލުންގެ ޒީނަތްތައް ފާޅުނުކުރުމަށް އެކަނބަލުންނަށް މާތްﷲ ވަނީ ޢަމުރު ކުރައްވާފައެވެ. ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِ‌هِنَّ وَيَحْفَظْنَ فُرُ‌وجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ‌ مِنْهَا ۖ وَلْيَضْرِ‌بْنَ بِخُمُرِ‌هِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ‌ أُولِي الْإِرْ‌بَةِ مِنَ الرِّ‌جَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُ‌وا عَلَىٰ عَوْرَ‌اتِ النِّسَاءِ ۖ وَلَا يَضْرِ‌بْنَ بِأَرْ‌جُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١

މާނައީ: ” އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ. “

ބައެއް ޣައިރު މުސްލިމުންދެކޭގޮތުގައި މުސްލިމް އަންހުނުން  އެކަނބަލުންގެ ހެދުންތަކުން ނިވާކުރުމަކީ އެ ކަނބަލުންގެ ޤަދަރު އެހެންމީހުންގެ ކުރިމަތީގައި ކުޑަވެ ހިނގައިދާނެކަމެކެވެ. އަދި އެ މީހުން ދެކޭގޮތުގައި މިގޮތަށް ކަންތައްކުރުމުން އެ ކަނބަލުންގެ މިނިވަންކަމަށްވެސް ބުރުއަރައެވެ. އެހެންނަމަވެސް. މިއީ މުޅީން ދޮގު ވާހަކައެކެވެ. ހެޔޮ ވިސްނުމަކުން ވިސްނާލައިފިކަމުގައިވަނީނަމަ ޣައިރު މުސްލިމުންގެ މި ދަޢުވާ އަކީ ބާޠިލް ދަޢުވާއެއްކަމަށް ވިސްނިގެންދެއެވެ. ފޮރުވެ ނިވައިވުމަކުން އެ ކަނބަލުންގެ ޙައްޤުން އުނިވެގެންދަނީ ކޮން ޙައްޤެއްތޯއެވެ؟ އެ ޙައްޤަކީ ނިވައިކަން ކުޑަ ގޮތުގައި އުޅުމުގެ ޙައްޤުކަމުގައިވާނަމަ ދަންނަވަމެވެ. ނިވައިކަން ކުޑަ ވުމަކީ އެހެންމީހުންގެ ކުރިމަތީގައި ތިމާގެ ހަށިގަނޑު ބޭޒާރުވެ އެހެންމީހުންގެ ޝިކާރައަކަށް ތިމާ ވެގެން ހިނގައިދާނޭކަމެކެވެ.

ނިކަން ވިސްނަވާ ބައްލަވާށެވެ. ދުވާލުދާ ހަތަރުދަމު ގަދަ ރަތްދަކަ އަވީގައި މަސައްކަތްކުރުމަށްފަހު ހޯދާ ފައިސާއަކީ ދުނިޔޭގައި އޭގެ ބޭނުން ނުހަނު ބޮޑު އަދި އެއާއި ނުލައި ދުނިޔޭގައި އެހެން އެއްވެސް ކަމެއް ނުކުރެވޭ ވަރުގެ އެއްޗެކެވެ. އެންމެ ފަޤީރުމީހާއިން ފެށިގެން އެންމެ މުއްސަނދި މީހާއާ ހަމައަށް ބަލައިލިކަމުގައިވިޔަސް ފައިސާގެ ބޭނުން ނުޖެހޭ ހަމަ އެކަކުވެސް ނުވެއެވެ. އޭގެ ބޭނުން އެހާމެ ބޮޑެވެ. ބައެއްމީހުން ބޭންކްތަކުގައި އެކައުންޓުތައްހަދާ ފައިސާ ރައްކާ ކުރަމުންދާއިރު، އަނެއްބައިމީހުން ގޭގައި ލޮކަރު ތައްހަދާ ފައިސާ ރައްކާކުރަމުންދެއެވެ. ފައިސާ ރައްކާކުރާއިރު ކޮންމެ މީހަކުވެސް ބަލަނީ އެހެން މީހަކަށް ނުފެންނަ ހިސާބުގައި އެ ފައިސާ ރައްކާކުރެވޭތޯއެވެ. ސަބަބަކީ ފައިސާ އަކީ އެންމެންނަށް ފެންނަ ހިސާބުގައި ހާމައަށް ބަހައްޓާފައި ހުރި އެއްޗެއްކަމުގައި ވެއްޖެއްޔާ އިސާހިތަކު އޭގެ ވަސް ވެސް ނެތި ހިނގައިދާނެތީއެވެ. މާނައަކީ މީސްތަކުން އަރައިގަނެ ނުވަތަ ވަގަށް ނަމަވެސް ގެންގޮސްދާނެތީއެވެ. އާދޭހެވެ! ފައިސާ ނޫން އަގު ބޮޑު ކޮންމެ އެއްޗެއްކަމުގައިވިޔަސް އެ އެއްޗެއް ރައްކާކުރުމަކީ އިންސާނުންގެ ޠަބިއްޔަތުގައި މާތްﷲ ލައްވާފައިވާ ކަމަކަށްވުމުގެ ސަބަބުން މުދަލާއި ފައިސާއަށް އިންސާނުންގެ ހިތުގައި ލޯބިޖެހި އެ ރައްކާކުރުމުގެ ރޫޙު އިންސާނުންގެ ހިތުގައި ގަދަވެގެންދަނީއެވެ.

އަންހެންކަނބަލުންނަށް ނިވައިވުމަށް މާތްﷲ ޢަމުރު ކުރައްވާފައިވަނީ މި މަތިވެރި މަޤްސަދަށްޓަކައެވެ. އެކަނބަލުންގެ އަގު ވަޒަން ކުރެވޭ އެކަކުވެސް މިކަމާއި މެދަކު ދެބަހެއް ނުވާނެއެވެ. ތަޤްވާވެރި ބިކުރުވެރި، ޤަދަރުވެރި، އަންހެނަކަށްވުރެ ވަކި އަގުބޮޑުއެއްޗަކީ ކޮބައިތޯއެވެ؟