[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިންނީން (27)

ޞަޙީޙް މުސްލިމުގައި ޖާބިރުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ރުޤްޔާކުރުމާބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

((مَنْ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَفْعَلْ))

މާނައީ: “ތިޔަބައިމީހުންކުރެ، އޭނާގެ އަޚާއަށް ފައިދާއެއް ކޮށްދިނުމަށް ކުޅަދާނަވެއްޖެމީހަކު ދަންނައެވެ. ފަހެ އޭނާ އެކަމެއްކޮށްދޭށެވެ.”

ނަމަވެސް ޖިންނީންގެ އުނދަގޫ ޖެހިފައިވާ މީހުންނަށް އެހީތެރިވާންވާނީ ﷲ އާއި އެއިލާހުގެ ރަސޫލާ އަމުރުކުރައްވާފައިވާ ފަދައިންނެވެ. އެއީ ޝަރުޢުކުރައްވާފައިވާ ދުޢާތަކާއި ޛިކުރުތަކުންނެވެ. ނުވަތަ އިންސާނުންނަށް އަމުރުކޮށް ނަހީކުރާފަދައިން ޖިންނީންނަށް އަމުރުކޮށް ނަހީކޮށްގެންނެވެ. އެފަދައިން ކަންތައްކުރުމުގައި އިންސާނުންގެ ޙައްޤުގައި ހުއްދަ ނުވާ ބައެއްކަންކަން އެސޮރުމެންގެ މައްޗަށް ކުރުން ހުއްދަވެގެންވެއެވެ. މިޘާލަކަށް އެސޮރުމެންނަށް އެއްޗެހި ކިޔާ ލަޢުނަތްދީ ހެދުމެވެ. އެއީ އެފަދަ ކަމަކަށް ބޭނުން ޖެހިއްޖެ ހިނދެވެ.

ޞަޙީޙް މުސްލިމުގައި އަބޫ ދަރްދާއުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

قَامَ رَسُولُ اللَّهِ -صلى الله عليه وسلم- فَسَمِعْنَاهُ يَقُولُ ((أَعُوذُ بِاللَّهِ مِنْكَ)) ثُمَّ قَالَ ((أَلْعَنُكَ بِلَعْنَةِ اللَّهِ)). ثَلاَثًا. وَبَسَطَ يَدَهُ كَأَنَّهُ يَتَنَاوَلُ شَيْئًا فَلَمَّا فَرَغَ مِنَ الصَّلاَةِ قُلْنَا يَا رَسُولَ اللَّهِ قَدْ سَمِعْنَاكَ تَقُولُ فِى الصَّلاَةِ شَيْئًا لَمْ نَسْمَعْكَ تَقُولُهُ قَبْلَ ذَلِكَ وَرَأَيْنَاكَ بَسَطْتَ يَدَكَ. قَالَ ((إِنَّ عَدُوَّ اللَّهِ إِبْلِيسَ جَاءَ بِشِهَابٍ مِنْ نَارٍ لِيَجْعَلَهُ فِى وَجْهِى فَقُلْتُ أَعُوذُ بِاللَّهِ مِنْكَ. ثَلاَثَ مَرَّاتٍ ثُمَّ قُلْتُ أَلْعَنُكَ بِلَعْنَةِ اللَّهِ التَّامَّةِ فَلَمْ يَسْتَأْخِرْ ثَلاَثَ مَرَّاتٍ ثُمَّ أَرَدْتُ أَخْذَهُ وَاللَّهِ لَوْلاَ دَعْوَةُ أَخِينَا سُلَيْمَانَ لأَصْبَحَ مُوثَقًا يَلْعَبُ بِهِ وِلْدَانُ أَهْلِ الْمَدِينَةِ))

މާނައީ: ރަސޫލުﷲ صلى الله عليه وسلم ނަމާދަށް ތެދުވެވަޑައިގެންނެވިއެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރައްވަނިކޮށް ތިމަންބޭކަލުންނަށް އިވިވަޑައިގަތެވެ. “ތިބާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި އެދެމެވެ.” ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ. “ﷲގެ ލަޢުނަތުން ކަލެއަށް ލަޢުނަތްދެމެވެ.” ތިން ފަހަރު އެފަދައިން ޙަދީޘްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅު އެއްޗެއްގައި ހިފަންދަމާލައްވާ ފަދައިން ދަމާލެއްވިއެވެ. ފަހެ، އެކަލޭގެފާނު ނަމާދުން ނިމިވަޑައިގަތުމުން ތިމަންބޭކަލުން ދެންނެވީމެވެ، “އޭ ﷲގެ ރަސޫލާއެވެ. މީގެ ކުރިން ކަލޭގެފާނު ޙަދީޘް ނުކުރައްވާ އެއްޗެއް ނަމާދުގައި ޙަދީޘްކުރެއްވި އަޑު ތިމަންބޭކަލުންނަށް އިވިވަޑައިގަތެވެ. އަދި ކަލޭގެފާނުގެ އަތްޕުޅު ދަންމަވާލެއްވިތަންވެސް ފެނުނެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ﷲގެ ޢަދުއްވު، އިބިލީސް އައިސް އަލިފާންގަނޑެއް ތިމަންކަލޭގެފާނުގެ މޫނުގައި ޖައްސަން އުޅުނެވެ. ފަހެ ތިމަންކަލޭގެފާނު ތިންފަހަރު ޙަދީޘްކުރެއްވީމެވެ. “ތިބާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި އެދެމެވެ.” ދެން އެއަށްފަހު ތިންފަހަރު ޙަދީޘްކުރެއްވީމެވެ. “ﷲގެ ފުރިހަމަ ލަޢުނަތުން ކަލެއަށް ލަޢުނަތްދެމެވެ. ފަހެ، ދެންވެސް ފަހަތަށް ނުޖެހުނެވެ.” ދެން އެސޮރުގެ ގައިގައި ހިފަން އުޅުއްވީމެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންބޭކަލުންގެ އަޚާ ސުލައިމާނުގެފާނުގެ ދުޢާފުޅު ނުވިނަމަ މަދީނާގެ ކުޑަކުދިން ކުޅުމަށް އޭނާ ބަނދެވުނީހެވެ.”   

ފަހެ، މިޙަދީޘްގައި އެވަނީ އިބިލީހުގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އެދިވަޑައިގަނެ އަދި ﷲ ތަޢާލާގެ ލަޢުނަތް ވެސް ލެއްވުން އެދިވަޑައިގެންފައެވެ. އަދި އެގޮތުންވެސް ފަހަތަށް ނުޖެހުމުން އެކަލޭގެފާނުގެ އަތްޕުޅު ދައްމަވާލެއްވީއެވެ.

އަދި ޞަޙީޙް ބުޚާރީގައި، ނަބިއްޔާ صلى الله عليه وسلم އަބޫހުރައިރާގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

((إِنَّ الشَّيْطَانَ عَرَضَ لِى ، فَشَدَّ عَلَىَّ لِيَقْطَعَ الصَّلاَةَ عَلَىَّ ، فَأَمْكَنَنِى اللَّهُ مِنْهُ ، فَذَعَتُّهُ ، وَلَقَدْ هَمَمْتُ أَنْ أُوثِقَهُ إِلَى سَارِيَةٍ حَتَّى تُصْبِحُوا فَتَنْظُرُوا إِلَيْهِ فَذَكَرْتُ قَوْلَ سُلَيْمَانَ – عَلَيْهِ السَّلاَمُ – رَبِّ اغْفِرْ لِي وَهَبْ لِى مُلْكًا لاَ يَنْبَغِى لأَحَدٍ مِنْ بَعْدِى . فَرَدَّهُ اللَّهُ خَاسِيًا))

މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނަށް ޝައިޠާނާ ފާޅުވިއެވެ. އަދި ތިމަންކަލޭގެފާނު ނަމާދު މެދުކަނޑުވާލުމަށް އުނދަގޫ ކުރިއެވެ. ފަހެ އޭނާގެ މައްޗަށް ތިމަންކަލޭގެފާނަށް ﷲ ގަދަކަން ދެއްވުމުން، އޭނާގެ ކަރުގައި ހިފީމެވެ. އަދި ހަމަކަށަވަރުން ހެނދުނު ވަންދެން އޭނާ ތަނބެއްގައި ބަނދެފައި ބެހެއްޓުމަށް ތިމަންކަލޭގެފާނު ޢަޒުމުކުރެއްވީމުއެވެ. އެއީ ތިޔަބޭކަލުންނަށް ދެއްކުމަށްޓަކައެވެ. އެހިނދު ސުލައިމާނު عَلَيْهِ السَّلاَمُ ގެ ބަސްފުޅު ތިމަންކަލޭގެފާނު ހަނދުމަވިއެވެ. ﴿رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي﴾ [މާނައީ: “އަޅުގެ ވެރި ރައްބު! މިއަޅާޔަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާގެ ފަހުން އެކަކަށްވެސް އެކަށީގެންނުވާފަދަ ރަސްކަމެއް މިއަޅާޔަށް ދެއްވާނދޭވެ!”] ދެންފަހެ ﷲ ތަޢާލާ، އޭނާ ނިކަމެތިކުރައްވާ ފޮނުވާލެއްވިއެވެ.” …

=ނުނިމޭ=

މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -رحمه الله- ގެ މަޖްމޫޢުލްފަތާވާގެ ފަތުވާއެއްގެ ތަރުޖަމާއެވެ.

މިލިޔުމުގެ އެހެން ބައިތައް